Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޓި ސްކޭމް ސެންޓަރ

އޮންލައިން ސްކޭމްތައް ދަނީ އިތުރުވަމުން، ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވޭ!

ފޭސްބުކް މާކެޓްޕްލޭސްގައި ވިއްކާލާފައިވާ ތަކެއްޗަކީ އެމީހުން މަރާމާތުކުރި އެއްޗެއްކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދާ އާ ސްކޭމެއް ފުލުހުން ވަނީ ފާހަގަކޮށްފައި. މިފަދަ ކަންކަމުން ސަލާމަތްވުމަށް ނުދަންނަ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށާއި، މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ރަނގަޅަށް ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރޭ. ފާއިތުވި އެއް އަހަރު ތެރޭގައި ސްކޭމްތަކުގެ ސަބަބުން 27 މިލިއަނަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2026 | ހޯމަ 07:36
ސްކޭމް ކޯލެއް. ނުދައްނަ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި.

ސްކޭމް ކޯލެއް. ނުދައްނަ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި. | ޝަޓާ ސްޓޮކް

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ އާ "ރިޕެއާ" ސްކޭމަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސް ކޮށްފި އެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އާ އުކުޅެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

ސްކޭމް ހިންގާ ގޮތާ ގުޅޭގޮތުން ފުލުހުން ބުނީ، ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި ސޯލްޑް ނުވަތަ ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗެއް ކަމަށާއި، މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތު ކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދާ ކަމަށެވެ. އަދި މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއަރ ފީ ދެއްކުމަށް އެދޭ ކަމަށާއި، ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކާ ކަމަށް ފުލުހުން ބުނެ އެވެ. 

މިފަދަ ކަންކަމުން ސަލާމަތްވުމަށް އިތުރަށް ސަމާލުވާން ޖެހޭކަން ފާހަގަކޮށް ފުލުހުން ބުނީ، ކުރިން ނުދަންނަ ފަރާތްތަކަށް ފައިސާ ފޮނުވައިގެން ނުވާނެ ކަމަށެވެ. އަދި މުދަލެއް މަރާމާތުކުރަން ތިމާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާ ނުފޮނުވުމަށް އެދިފައިވެ އެވެ. 

ފުލުހުން ބުނީ މިފަދަ މުއާމަލާތް ހިންގާއިރު މައުލޫމާތު ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ބޭންކް އެކައުންޓް ނަންބަރު ޗެކް ކުރަން ޖެހޭ ކަމަށާއި، ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބަލަން ޖެހޭ ކަމަށެވެ. 

ސްކޭމަރުން އާ އުކުޅުތައް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާއިރު، ރާއްޖޭގައި އޮންލައިން ސްކޭމްތަކުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

ތަފާސްހިސާބުތައް ދައްކާ ގޮތުން އެންޓި ސްކޭމް ސެންޓަރަށް 17 މާރިޗު 2025 އިން 17 މާރިޗު 2026 އާ ހަމައަށް ޖުމުލަ 2,259 މައްސަލަ ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން 50 އިންސައްތަ އަކީ، އީ-ކޮމާރސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ، ކަރެންސީ އެކްސްޗޭންޖު ނުވަތަ ރުފިޔާ މާރުކުރުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. 

ފާއިތުވި އެއް އަހަރު ތެރޭގައި ސްކޭމްތަކުގެ ސަބަބުން ޖުމުލަ 27,564,410 ރުފިޔާ ގެއްލިފައިވާއިރު، މީގެތެރެއިން 10,190,879 ރުފިޔާ އަނބުރާ ހޯދާފައިވެ އެވެ. 

އެންޓި ސްކޭމް ސެންޓަރއޮންލައިން ފޮރުވުންއީ-ކޮމާސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ

ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ

03 އެޕްރީލު 2026
ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

03 އެޕްރީލު 2026
 ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

ސަރޖަންޓް އާދަމް ހަލީމްގެ މަރު: މައްސަލަ އަލުން ބެލުމުން ވެސް ހުކުމް ކުރީ ސަމާހު މަރަން

02 އެޕްރީލު 2026
އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ނިޔާވެއްޖެ

އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ނިޔާވެއްޖެ

01 އެޕްރީލު 2026
 އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

އިންތިހާބުތަކަށް ތިން ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވީ އިއްތިފާގަކުން: ފުލުހުން

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު