Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން

17 ޖޫން 2026 | ބުދަ 05:58

ބިއެލްސާ ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ދޭން އޭނާ ބޭނުން ނުވާ ކަމަށް. އޭނާ އަށް ފޮޓޯ ނެގުނީ އެ ގޮތަށް ކަމަށް ފާހަގަކޮށް ބިއެލްސާ ބުނީ، އޭނާ އަކީ މޮޑެލް ކުރާ މީހެއް ނޫން ކަމަށް. އެއާ އެކު އޭނާ ބުނީ ކޮންމެ ކަމެއް ވެސް އޮޅުން ފިލުވައި ދޭން ވަކި މިންވަރެއް އޮންނާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2026 | ބުދަ 05:58
އުރުގުއޭގެ ކޯޗު ބިއެލްސާ.

އުރުގުއޭގެ ކޯޗު ބިއެލްސާ. | ސޯޝަލް މީޑިއާ

ފީފާ ވޯލްޑް ކަޕްގެ ރަސްމީ ފޮޓޯ ޝޫޓުގައި އުރުގުއޭގެ ކޯޗު، މާސެލޯ ބިއެލްސާ އިސް ޖަހައިގެން ހުރުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ލިބިއްޖެ އެވެ. 

ވޯލްޑް ކަޕްގައި ބައިވެރިވާ ހުރިހާ ޓީމު ތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ ފޮޓޯ ނެގުމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ފީފާ އިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެ ފޮޓޯ ޝޫޓުގައި ގިނަ ކުޅުންތެރިންނާއި ކޯޗުން ބައިވެރިވާއިރު، ކެމެރާގެ ކުރިމަތީގައި އެ މީހުން ތަފާތު ޙަރަކާތްތައް ދައްކަ އެވެ. 

ނަމަވެސް، އުރުގުއޭގެ ކޯޗު ބިއެލްސާ ކެމެރާ އަށް ހުއްޓުނީ ތަފާތު ގޮތަކަށެވެ. އުމުރުން 70 އަހަރުގެ ބިއެލްސާ ކެމެރާ ކުރިމަތީގައި ހުރީ އިސް ޖަހައިގެންނެވެ. އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ސޯޝަލް މީޑިއާގައި ވެސް ބިއެލްސާގެ އެ ފޮޓޯ އަންނަނީ ދައުރު ކުރަމުންނެވެ. 

މުބާރާތުގައި އުރުގުއޭ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސައުދީ އަރަބިއްޔާއާ 1-1 އިން އެއްވަރުވެފައި އެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ބިއެލްސާއާ އެ ސުވާލު ކޮށްފައި އެވެ. އެގޮތުން އެއީ ވަކި ކަމަކަށް ދެކޮޅު ހެދުމުގެ ގޮތުން ކުރި ކަމެއްތޯ، ނުވަތަ އިހުތިޖާޖު ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފައި އެވެ. 

އެ ސުވާލަކަށް ޖަވާބު ދެމުން ބިއެލްސާ ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ދޭން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާ އަށް ފޮޓޯ ނެގުނީ އެ ގޮތަށް ކަމަށް ފާހަގަކޮށް ބިއެލްސާ ބުނީ، އޭނާ އަކީ މޮޑެލް ކުރާ މީހެއް ނޫން ކަމަށެވެ. އެއާ އެކު އޭނާ ބުނީ ކޮންމެ ކަމެއް ވެސް އޮޅުން ފިލުވައި ދޭން ވަކި މިންވަރެއް އޮންނާނެ ކަމަށެވެ. 

މީގެ އިތުރުން ނޫސްވެރިންނަށް އަމާޒުކޮސް ބިއެލްސާ ބުނެފައި ވަނީ، އައިނު އަޅައިގެން ހުންނަނީ ކީއްވެގެންތޯ، ނުވަތަ މީހެއްގެ ލޮލަށް ބަލަނީ ކީއްވެގެންތޯ ސުވާލު ކުރުމަަކީ ހަމަޖެހޭ ކަމެއް ނޫނެވެ. 

ބިއެލްސާ އަކީ އެތައް ބައެއްގެ އިޙުތިރާމް ހޯދާފައިވާ ކޯޗެކެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ޤައުމީ ޓީމަކަށް އިރުޝާދު ދޭ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ބިއެލްސާ ވަނީ އޭނާގެ އަމިއްލަ ޤައުމު ކަމަށްވާ އާޖެންޓީނާގެ އިތުރުން، ޗިލީ އަށް ވެސް ވޯލްޑް ކަޕްގައި އިރުޝާދު ދީފައި އެވެ. ބިއެލްސާ އަކީ އޭނާގެ އަމިއްލަ އުސޫލު ތަކެއް ގެން ގުޅޭ، އަދި ކަންކަމުގައި އުސޫލަށް ވަރަށް ބޮޑަށް ތަބާވާ މީހެއްގެ ގޮތުގައި ފާހަގަވެފައިވާ މީހެކެވެ.

ފީފާ ވާރލްޑް ކަޕް 2026އުރުގުއޭ ޤައުމީ ފުޓުބޯޅަ ޓީމުމާސެލޯ ބިއެލްސާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖޫން 2026

ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ

17 ޖޫން 2026
ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ
17 ޖޫން 2026

ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި

17 ޖޫން 2026
ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި
17 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

17 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް
16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
16 ޖޫން 2026

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

16 ޖޫން 2026
އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި
16 ޖޫން 2026

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

16 ޖޫން 2026
އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި
16 ޖޫން 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް
16 ޖޫން 2026

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް