Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ކޮންގޯ އިން ޕޯޗުގަލް ހުއްޓުވައިފި

18 ޖޫން 2026 | ބުރާސްފަތި 01:00

މެޗު އެއްވަރުވީއިރު، މިއީ ކޮންގޯ އިން 52 އަހަރު ފަހުން ވޯލްޑް ކަޕްގައި ކުަޅުނު ފުރަތަމަ ފަހަރު. އަނެއްކޮޅުން މިއީ، ކޮންގޯގެ ނަމަށް ނަން ބަދަލު ކުރި ފަހުން، އެ ޤައުމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 01:00
ޕޯޗުގަލް އާއި ކޮންގޯ ކުޅުނު މެޗުގެ ތެރެއިން.

ޕޯޗުގަލް އާއި ކޮންގޯ ކުޅުނު މެޗުގެ ތެރެއިން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު ކޮންގޯ އިން އެއްވަރު ކޮށްފި އެވެ

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޕޯޗުގަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކޮންގޯ އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. 

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޕޯޗުގަލް އަށް ޖަހައިދިނީ ޔާއޯ ނެވެސް އެވެ. އެއީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ކޮންގޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. އެ ލަނޑު ކޮންގޯ އަށް ޖަހައިދިނީ ޖޮއާން ވިއްސާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަަވަސްކޮށްދިނީ އާތޫރް މަސުއާކޫ އެވެ.

މެޗު އެއްވަރުވީއިރު، މިއީ ކޮންގޯ އިން 52 އަހަރު ފަހުން ވޯލްޑް ކަޕްގައި ކުަޅުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ، ކޮންގޯގެ ނަމަށް ނަން ބަދަލު ކުރި ފަހުން، އެ ޤައުމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް އެވެ.

މި މެޗާ އެކު، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެފައި ވަނީ ހަ ވޯލްޑް ކަޕްގައި ކުޅުނު ޔޫރަޕުގެ ފުރަތަމަ ކުޅުންތެރިޔާ އަަށް ވެފައި އެވެ. 

ފީފާ ވާރލްޑް ކަޕް 2026ޕޯޗުގަލް ގައުމީ ފުޓުބޯޅަ ޓީމުކޮންގޯ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖޫން 2026

ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ޖޯޑަން ބަލިކޮށް، އޮސްޓްރިއާ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން

17 ޖޫން 2026
މޮޑެލް ކުރާ މީހެއް ނޫން ކަމަށް ބުނެ، އުރުގުއޭގެ ކޯޗު ރަސްމީ ފޮޓޯ ޝޫޓުގައި ހުރީ އިސް ޖަހައިގެން
17 ޖޫން 2026

ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ

17 ޖޫން 2026
ވޯލްޑް ކަޕްގައި ސްޕެއިން ވަރަށް ކުރިއަށް ދާނެ، މި ހުރީ ހަމަޖެހިގެން: ފުއެންޓޭ
17 ޖޫން 2026

ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި

17 ޖޫން 2026
ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި
17 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

17 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް
16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
16 ޖޫން 2026

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

16 ޖޫން 2026
އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި
16 ޖޫން 2026

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

16 ޖޫން 2026
އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި
16 ޖޫން 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް