Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގަމުގެ ސިއްޙީ ނިޒާމު

ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް: ކައުންސިލު ރައީސް

ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް އެ ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައި. އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތްއިރު ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް އަވަހަށް ފުއްދައިދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖޫން 2026 | ބުދަ 06:22
ގަމު ކައުންސިލުގެ ރައީސް އަފްސަލް ޖައުފަރު

ގަމު ކައުންސިލުގެ ރައީސް އަފްސަލް ޖައުފަރު | ރާއްޖެ އެމްވީ

 ލ. ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ރަށުގެ ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް ކަމަށް ގަމު ކައުންސިލުގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވެއްޖެއެވެ.

 ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަފްސަލް ވިދާޅުވީ ގަމުގައި ރީޖަނަލް ހޮސްޕިޓަލެއް ހުރި ނަމަވެސް، އެތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހަގީގަތުގައި ވަރަށް ދަށް ކަމަށެވެ.

އަފްސަލް ވިދާޅުވީ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅުގެ ރަށްތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށާއި ސިއްޙީ އެކި ޚިދުމަތްތައް ހޯދުމަށް ގަމަށް ޒިޔާރަތް ކުރާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ މިހާރުގެ ހާލަތު ހުރި ގޮތުން ޚިދުމަތްތައް ބޮޑުތަނުން ހަރުދަނާ ކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލަކީ ނަމެއްގައި ހުރި ތަނެއްގެ ގޮތުގައި އަފްސަލް ވަނީ ސިފަކުރައްވާފައެވެ.

ގަމުގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފްސަލް ވިދާޅުވީ، ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުން ފިޔަވައި އަމަލީ ގޮތުން އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށެވެ. މި މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުންގެ މެދުގައި ސުވާލުތަކެއް އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ނުވަތަ ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ކުރިން ދެއްކި ވާހަކަތަކަށް ވެސް އަފްސަލް ވަނީ އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ އެ ހޮސްޕިޓަލު ގަމުގައި އެޅުމަށް ވާހަކަ ދެއްކުމަށްފަހު، މިހާރު އަނެއްކާވެސް އެތަން މާލޭގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފަހުން ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލ. ގަމަކީ އާބާދީގެ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ބޮޑު ސަރަހައްދަކަށް ޚިދުމަތް ދޭންޖެހޭ ރަށަކަށް ވާއިރު، ސިއްޙީ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެން ދިއުމަކީ މުޅި ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް މަޝްރޫއުތައް މަޑުޖެހިފައި އޮތުމަކީ ކައުންސިލުންނާއި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އަފްސަލް ފާހަގަކުރެއްވިއެވެ.

ގަންއަފްސަލް ޖައުފަރުގަމު ރީޖަނަލް ހޮސްޕިޓަލްފަށާއިރުތ އަތޮޅުމާލެ

އިތުރަށް ކިޔާލަން

17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
16 ޖޫން 2026

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

16 ޖޫން 2026
އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި
15 ޖޫން 2026

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

15 ޖޫން 2026
ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި
14 ޖޫން 2026

އެމެރިކާގެ އެހީގައި ކުއްތާ ޓްރެއިނިންގތަކެއް ކުރިއަށް ގެންގޮސްފި

14 ޖޫން 2026
އެމެރިކާގެ އެހީގައި ކުއްތާ ޓްރެއިނިންގތަކެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު