Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ބައިޑަން ހެއްދެވި ވަރަށް ބޮޑު ގޯހެއް: ހިލަރީ ކްލިންޓަން

18 ޖޫން 2026 | ބުރާސްފަތި 09:34

ކްލިންޓަން ވިދާޅެފައި ވަނީ، އެއް ދައުރުގައި ވެރިކަން ކުރައްވައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ފަހު، އަންނަ ޖީލަށް ބާރުތައް ދޭން ބައިޑަން ނިންމެވި ނަމަ މާ ރަނގަޅުވީސް ކަމަށް. އަދި މާ ބޮޑު ވާދަވެރިކަމެއް އެ ޙާލަތުގައި އުފެދުނީސް ކަމަށް ވެސް ކްލިންޓަން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2026 | ބުރާސްފަތި 09:34
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން.

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން. | ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން، 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ ހެއްދެވި ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ. 

ނިއު ޔޯކް ސިޓީގައި ނިއު ޔޯކާ މަޖައްލާގެ އެޑިޓަރު ޑޭވިޑް ރެމްނިކްއާ ވާހަކަ ދައްކަވަމުން ކްލިންޓަން ދެއްކެވި މި ވާހަކަ ތަކަކީ ބައިޑަންގެ ނިންމުމާ ބެހޭ ގޮތުން އޭނާ ހާމަ ކުރެއްވި އެންމެ ބާރު ގަދަ ފާޑު ކިޔުމެވެ.

2024 ގެ ރިޔާސީ އިންތިޚާބަށް ބައިޑަން ނުކުމެ ވަޑައިގަތުމަކީ ބޮޑު ގޯހެއް ކަމަށް ރެމްނިކް ސުވާލު ކުރުމުން ކްލިންޓަން ވިދާޅުވީ، އެއީ ބޮޑު ގޯހެއް ކަމަށާއި އެއީ އޭނާގެ ނަފްސަށާއި އޭނާގެ އާއިލާ އަދި ޤައުމަށް ވެސް ބޮޑު ގޯހެއް ކަމަށެވެ.

މީގެ އިތުރުން ކްލިންޓަން ވިދާޅެފައި ވަނީ، އެއް ދައުރުގައި ވެރިކަން ކުރައްވައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ފަހު، އަންނަ ޖީލށް ބާރުތައް ދޭން ބައިޑަން ނިންމެވި ނަމަ މާ ރަނގަޅުވީސް ކަމަށެވެ. އަދި މާ ބޮޑު ވާދަވެރިކަމެއް އެ ޙާލަތުގައި އުފެދުނީސް ކަމަށް ވެސް ކްލިންޓަން ވިދާޅުވި އެވެ. 

އެއާ އެކު ކްލިންޓަން ވިދާޅުވީ، އެފަދަ ޙާލަތެއްގައި ނައިބު ރައީސް ނުވަތަ ގަވަރުނަރެއް ނުވަތަ ސެނެޓަރެއް ނުވަތަ އެހެން މީހަކު ކުރިއަށް ނެރުއްވި ނަމަވެސް، އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ބަލި ކުރައްވަން ފަސޭހަވީސް ކަމަށެވެ. އެހެންވެ، އެއީ ބައިޑަންގެ ފަރާތުން ހިނގި ވަރަށް ބޮޑު ގޯހެއް ކަމަށް ކްލިންޓަން ވަނީ ވިދާޅުވެފައި އެވެ. 

ކްލިންޓަންގެ ވާހަކަތަކާ ގުޅިގެން، އެކަމަށް ރައްދު ދެއްވުމަށް ބައިޑަންގެ ތަރުޖަމާނު ޓީޖޭ ޑަކްލޯ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އެންމެ ފުރަތަމަ ބައިޑަން ވަނީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވައިފަ އެވެ. ނަމަވެސް، ރިޔާސީ ބަހުސްގައި ޓްރަމްޕްއާ ދެކޮޅަށް، ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމަންސްގެ ސަބަބުން އެތައް ފާޑު ކިޔުން ތަކެއް އަމާޒުވެ، އެންމެ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފައި އެވެ. 

ރިޔާސީ ރޭހުން ބައިޑަން ވަކިވެ ވަޑައިގެންނެވިއިރު، އޭނާގެ އުމުރާއި، ޞިއްޙީ ޙާލަތާ ގުޅޭ ގޮތުން އޮތީ ގިނަ ބަހުސް ތަކެއް އުފެދިފައި އެވެ. އެކަމުގެ ސަބަބުން ބައިޑަން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވެސް ބައިޑަން އަށް އެތައް ޕްރެޝަރެއް ކުރިމަތިވި އެވެ. ރިޔާސީ ރޭހުން ބައިޑަން ވަކިވެ ވަޑައިގެންނެވުމާ އެކު، އިންތިޚާބުގައި ވާދަ ކުރެއްވި އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ. ނަމަވެސް، އިންތިޚާބުގައި ޓްރަމްޕްއާ ވާދަ ކުރައްވައި ކަމަލާ އަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި އެވެ.

މަސްދަރު: ސީބީއެސް

އެމެރިކާޑިމޮކްރެޓިކް ޕާޓީ - އެމެރިކާޖޯ ބައިޑަންހިލަރީ ކްލިންޓަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖޫން 2026

ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ކޮންގްރެސް އިން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބު ކޮށްލައިފި

17 ޖޫން 2026
ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ކޮންގްރެސް އިން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބު ކޮށްލައިފި
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

15 ޖޫން 2026
ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް
15 ޖޫން 2026

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް
14 ޖޫން 2026

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

14 ޖޫން 2026
80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް
14 ޖޫން 2026

ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް

14 ޖޫން 2026
ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް
14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
11 ޖޫން 2026

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް

11 ޖޫން 2026
ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް
11 ޖޫން 2026

އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް

11 ޖޫން 2026
އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް