Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ

އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައަށް ބަދަލުކުރީ ޚިދުމަތްތައް "އެފިޝަންޓް" ކުރަން: މުންދު

އެންސްޕާއިން ދެމުންދިޔަ ސިއްހީ އެހީތެރިކަމުގެ ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކުރީ، އެހީގެ ނިޒާމު ހަރުދަނާކޮށް އެންމެ ހައްގުވެރި ފަރާތްތަކަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުން ބުނޭ. ނަމަވެސް، އާސަންދަ އާއި އެންސްޕާގެ އެހީ ހޯދުމުގައި މިހާރު ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށާއި، ޚިދުމަތް ލިބުން ލަސްވާކަމުގެ ޝަކުވާ އާންމު ރައްޔިތުން ދަނީ ކުރަމުން. އަދި އެހީގެ ނިޒާމަށް ގެނައި މި ބަދަލާއެކު އިސްރާފު ކުޑަވެ، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2026 | އާދީއްތަ 08:17
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ގިނަ ޚިދުމަތްތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރީ ޚިދުމަތްތައް  "އެފިޝަންޓް" ކުރުމަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.އެންޓް"

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސިއްހީ ޚިދުމަތާ ގުޅޭ ކަންކަން ކުރަމުންދަނީ އާސަންދައިން ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން އާސަންދައިގެ ބެލުމުގެ ދަށަށް އެންސްޕާއިން ދެމުންދާ  އެފަދަ ސިއްހީ ޚިދުމަތްތައް ބަދަލު ކުރުމުން ޚިދުމަތް އެފެޝިއެންޓްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އެހީތެރިކަން ފޯރުކޮށްދެވެނީ ހައްގު މީހުންނަށްކަން ވެސް ކަށަވަރު ކުރެވޭނެ ކަމަށެވެ. 

މީގެ އިތުރުން މުންދު ވިދާޅުވީ، ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި، ބައެއް ފަހަރު އާސަންދަ އަށް އަދި އެންސްޕާއިން އަށް އެހީތެރިކަމަށް ހުށަހަޅާ ކަމަށާއި، ދެ ފަރާތުން ވެސް އެހީ ހޯދާ ކަމަށެވެ. 

އެއީ ހަމަ ސީދާ މެޑިކަލް ކަންތައްތައް ބަލަހައްޓަވަނީ އާސަންދައިން ކަމަށްވަންޏާ އާސަންދައިގެ ބެލުމުގެ ދަށަށް ގެނައީމަ ޚިދުމަތް އެފެޝިއެންޓްވެ އަވަސްވެ ތިވިދާޅުވިހެން އެންމެ ހައްގު ބޭނުފުޅުންނަށްކަން ޔަގީން ކުރަން އިތުރަށް އަޅުގަނޑުމެންނަށް އެ ޔަގީންކަން މިލިބެނީ. އެހެންވީމަ އެބަދަލު ގެނައީމަ ކުރިން ވެސް ދޭ ޚިދުމަތެއް މިހާރު ވެސް މިދެނީ އެކަމަކު އާސަންދައިން ދިނީމަ އެފިޝަންޓް ވަނީ ތި ވިދާޅުވިހެން އޭގެ ވޭސްޓްސްޓޭޖެއް ނެތި. ހަމަ ހައްގު ފަރާތަށްތޯ ދަނީ ޔަގީން ކުރަން ވެސް އެބަ އިތުރަށް ފުރުސަތު ލިބޭ. 
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް އަދި ބަލިމީހާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ބެލުމަށް ފަހު އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ވެސް ފޮނުވާ ކަމަށެވެ.  އަދި އިތުރަށް މި ނިޒާމު  ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުންދު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މިސަރުކާރުގައި އާސަންދައިން ޚިދުމަތް ހޯދުމަށް ވަރަށް ދަތި ކަމަށް ގިނަ ރައްޔިތުން ބުނެ އެވެ. ރާއްޖެއިން ބޭރަށް ފަރުވާ އަށް ދިއުމަށްޓަކައި އެހީ ނުލިބޭ މައްސަލައާއި، އެހީ ހަމަނުޖެހި ވަރަށް ގިނަ ދުވަސްވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އަދި އާސަންދައިން އެހީ ނުދިން ނަމަވެސް އެންސްޕާއިން 500 ނުވަތަ 1000 ޑޮލަރުގެ އެހީތެރިކަމެއް ދޭ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. 

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާސަންދަމުހައްމަދު ހުސައިން ޝަރީފު (މުންދު)

އިތުރަށް ކިޔާލަން

06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
02 ޖޫން 2026

ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

02 ޖޫން 2026
ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި
02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
01 ޖޫން 2026

އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

01 ޖޫން 2026
އެންސްޕާގެ ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފި
01 ޖޫން 2026

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026
ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު