Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ހެޓްރިކްގެ ރެކޯޑާ އެކު، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ ވެސް މެސީ ހަމަކޮށްފި

17 ޖޫން 2026 | ބުދަ 03:00

އެއާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ ހަމަ ކޮށްފައި. ކްލޯސް އާއި މެސީ ވެސް ވަނީ ވޯލްޑް ކަޕްގައި 16 ލަނޑު ޖަހާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2026 | ބުދަ 03:00
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖޭގައި އަލްޖީރިއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

އެމެރިކާާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ. 

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އަލްޖީރިއާ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު، އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގެންފައި ނުވެ އެވެ. 

އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އާޖެންޓީނާ އަށް ޖަހައިދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އަލްޖީރިއާގެ ހާފު ތެރެއިން ރޮޑްރީގޯ ޑި ޕޯލް ދިން ބޯޅަ، މެސީ ވަނީ ގޯލުގެ މަތީ ކަނަށްވާ ގޮތަށް ފޮނުވާލައިފަ އެވެ.

އާޖެންޓީނާ އިން މެޗުގައި ރަނގަޅަށް ކުޅުނުއިރު، އެ ޓީމުން ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތު ހޯދައިފަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި މެސީ ވަނީ އާޖެންޓީނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އޭގެ 16 މިނެޓު ފަހުން މެސީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފައި އެވެ. މިއީ ވޯލްޑް ކަޕެއްގައި މެސީ ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

އެއާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ ރެކޯޑާ ހަމަ ކޮށްފައި އެވެ. ކްލޯސާ އާއި މެސީ ވެސް ވަނީ ވޯލްޑް ކަޕްގައި 16 ލަނޑު ޖަހައިފަ އެވެ. މި ރެކޯޑު މުގުރާލުމަށް މެސީ އަށް ދެން ބޭނުން ވަނީ އެންމެ ލަނޑެކެވެ. ދެ ވަނައިގައި 15 ލަނޑާ އެކު ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އޮތްއިރު، ތިން ވަނައިގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ޖަރުމަނުގެ ތޯމަސް މުލާ އޮތީ 14 ލަނޑާ އެކު އެވެ.

މީގެ އިތުރުން މި މެޗުގައި ހެދި ހެޓްރިކާ އެކު، އުމުރުން 38 އަހަރުގެ މެސީ ވެގެން ގޮސްފައި ވަނީ ވޯލްޑް ކަޕްގައި ހެޓްރިކް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައި އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް އޭނާ ހެދި ހެޓްރިކާ އެކު އެވެ.

މި މެޗަކީ އާޖެންޓީނާގެ ޤައުމީ ޓީމަށް މެސީ ކުޅެދިން 200 ވަނަ މެޗެވެ. މެސީ އަކީ އާޖެންޓީނާ ޤައުމީ ޓީމަަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އަށްވާއިރު، އޭނާ އަކީ އާޖެންޓީނާ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ވެސް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

އާޖެންޓީނާ އަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް އާާޖެންޓީނާ އިން ކާމިޔާބު ކުރީ ފައިނަލްގައި ފްރާންސް ބަލި ކުރުމަށް ފަހު އެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން، އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު އަހަރެވެ. އާޖެންޓީނާ އިން ވަނީ 1978 ވަނަ އަހަރާއި، 1986 ވަނަ އަހަރު އަދި 2022 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ.

ފީފާ ވާރލްޑް ކަޕް 2026އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުއަލްޖީރިއާ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް

17 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، އިރާޤު ބަލިކޮށް ނޯވޭ އަށް ރަނގަޅު ފެށުމެއް
17 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

17 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް
16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
16 ޖޫން 2026

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

16 ޖޫން 2026
އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި
16 ޖޫން 2026

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

16 ޖޫން 2026
އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި
16 ޖޫން 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް
16 ޖޫން 2026

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް
15 ޖޫން 2026

ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި

15 ޖޫން 2026
ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް