Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން

10 ޖޫން 2026 | ބުދަ 07:25

ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މުދައްރިސުން ނެތިގެން ކިޔަވައިނުދެވޭ މައްސަލަ ބޮޑުވެފައިވަނީ، ބޭރުގެ މުދައްރިސުންނަށް ފައިސާ ފޮނުވުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ގިނަ މުދައްރިސުންތަކެއް އިސްތިއުފާ ދީފައިވާތީ ކަމަށް. މި މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވީ ނަމަވެސް، މުދައްރިސުންނަށް ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ނުލިބޭތީ ދަރިވަރުންގެ އުނގެނުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، ބޭރުގެ ފަންނީ މީހުން ރާއްޖޭގައި މަޑުކުރުވުމަށްޓަކައި އެ މީހުންގެ އާއިލާތަކަށް ފައިސާ ފޮނުވޭނެ ފަސޭހަ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖޫން 2026 | ބުދަ 07:25
ފަލަސުރުހީ ޕްރޮގްރާމްގައި ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ.

ފަލަސުރުހީ ޕްރޮގްރާމްގައި ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ރާއްޖޭގެ ބައެއް ސްކޫލުތަކުގައި މުދައްރިސުން ނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ، ރާއްޖެއަށް ބޭރުގެ މުދައްރިއްސުން އަންނަނީ ވަރަށް ރަނގަޅަށް ޚިދުމަތް ކުރަން ބޭނުންވާތީ ކަމަށާއި، މިސަރަހައްދުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ގާބިލު މުދައްރިސުން އެބަތިބި ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިސަރުކާރުން ރެމިޓެންސްއަށް ކުއްލިއަކަށް ގެނައި ބޮޑު ބަދަލާއެކު އެ މުދައްރިސުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަަމަށާއި، އެމައްސަލަ ހައްލު ކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަދި މިނިސްޓަރު ގެ އަރިހުން އެދުނު ނަމަވެސް މިއަދާ ހަމައަށް ހެއްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަންކަމުގެ ސަބަބުންނާއި އަދި މިދޭތެރެއިން މިފަހުން ބެންކް އޮފް މޯލްޑިވްސްއިން މިކުރިމަތިވި ހުރަސްތަކާ ގުޅިގެން މިގައުމުގައި މަސައްކަތް ކުރާ ބިދޭސީ މުދައްރިސުންނާއި ފަންނީ ބޭބޭފުޅުންނާއި އެބޭފުޅުންގެ މަސައްކަތުގެ މައިގަނޑު މަސައްކަތުގެ މަގުސަދު ހާސިލްނުވާނަމަ ކިހިނެއްތޯ މިތާގައި ތިބޭނީ. އެބޭފުޅުން އެބޭފުޅުންގެ އާއިލާ އެބޭފުޅުންގެ ގައުމުގައި ބައިތިއްބާފައި މިތަނުގައި މަސައްކަތް ކުރަނީ އާއިލާއަށް އެއްޗެއް ހޯދައިދޭން. އަނބިދަރީންނަށް ކާންދޭން. ބޯން ދޭން. އެމީހުންގެ ގޯތި ގެދޮރަށް ފައިސާ ދައްކައިދޭން. ގޯތިގެދޮރު އިމާރާތް ކުރަން. އެކަންކަމަށް ބޭނުންވާ ފައިސާ އެމީހުންނާ ހަމައަށް ދުވަހުން ދުވަހަށް އެމީހުން ބޭނުންވާ މުއްދަތަށް ނުފޮނުވޭ ކަމަށްވަންޏާ ކީއްކުރަން މަސައްކަތް ކުރަނީ މިތާގައި. 
ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

ރާއްޖޭގެ ސްކޫލުތަކުގައި މުދައްރިސުން ހަމަނުވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ މިއީ ބެލެނިވެރިންނާއި، ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ބައެއް ސްކޫލުތަކުގައި ބައެއް މާއްދާތައް މުދައްރިސުން ނެތިގެން ކިޔަވައި ނުދޭ މައްސަލަ ބޮޑު ކަމަށާއި، މިފަހުން ރާއްޖޭގެ ސިޓީއަކުން ވަކިވަކި މާއްދާތައް ކިޔަވައިދިނުމަށް ބޭނުންވާ ވަގުތީ މުދައްރިސުން ހޯދުމަށް އިއުލާން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑަށް ޕާސަނަލީ ވަރަށް ގިނަ ސްކޫލުތަކުން މައުލޫމާތު ލިބޭ ބައެއް ކުދިކުދި ސްކޫލުތަކުން މިއަހަރުގެ ތެރޭގައި އެކަނި ވެސް އެތައް ދުވަހެއް ވަންދެން އެސްކޫލުތަކުގައި މަސައްކަތް ކުރާ ހަތަރުފަސް މުދައްރިސުން ރާއްޖެ ދޫކޮށްފައި ހިގައްޖެ. އިސްތިއުފާ ދީފައި ހިގައްޖެ. ކުއްލި އަކަށް މިގެންނަނީ އަނެއްކާ ވެސް އައު މުދައްރިސުން. ހަމަ އަވަސް އަރުވާލާފައި އައު މުދައްރިސުން އެބަ ގެނޭ. މީހުން ހަމަވެއްޖޭ ދަންނަވަން ވެގެން. އެހެން ނަމަވެސް މިއަދު ވެސް ރާއްޖޭގައި ބައިވަރު އެތައް ސްކޫލުތަކެއްގައި އެބަހުރި މުދައްރިސުން ނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ. އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ.
ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ދިވެހި ދަރިވަރުންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށްޓަކައި ބޭރުގެ މުދައްރިސުންނަށް މިދިމާވާ ދަތިތައް ހައްލު ކޮށްދިނުމަކީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެހެން ގައުމުތަކުން ވެސް ބޭރުގެ މުދައްރިސުންނަށް ރަނގަޅު ފުރުސަތުތައް ހުށަހަޅާ ކަމަށާއި، ރާއްޖޭގައި އެމީހުންނަށް ދަތި އުދަނގޫތައް ކުރިމަތިވާނަމަ މިގައުމުގައި ޚިދުމަތް ކުރުމަށް މަޑު ނުކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީފަލަސުރުހީ ޕްރޮގްރާމްމުޙައްމަދު އިހުސާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި
12 ފެބުރުއަރީ 2026

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!

12 ފެބުރުއަރީ 2026
އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!
11 ފެބުރުއަރީ 2026

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

11 ފެބުރުއަރީ 2026
ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ
28 ޖެނުއަރީ 2026

8218 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

28 ޖެނުއަރީ 2026
8218 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި
27 ޖެނުއަރީ 2026

ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ

27 ޖެނުއަރީ 2026
ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ
27 ޖެނުއަރީ 2026

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

27 ޖެނުއަރީ 2026
ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ
25 ޖެނުއަރީ 2026

ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

25 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން
22 ޖެނުއަރީ 2026

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

22 ޖެނުއަރީ 2026
ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި
21 ޖެނުއަރީ 2026

އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

21 ޖެނުއަރީ 2026
އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ
25 ޑިސެމްބަރު 2025

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

25 ޑިސެމްބަރު 2025
މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް