Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ އިންޒާރެއް ނަތަންޔާހޫ އަށް، އިޒްރޭލް އެކަނިވެރި ވެދާނެ!

އެގޮތުން ޓްރަމްޕް ވިދާޅުވީ، ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ނަތަންޔާހޫ އަށް އަންގަވާފައިވާ ކަމަށް. އެހެން ނޫން ނަމަ، އިޒްރޭލް އާއި ނަތަންޔާހޫ ހުންނަން ޖެހޭނީ އެކަނިވެރި ކަމެއްގެ ތެރޭގައި ކަމަށާއި، އެ ޙާލަތުގައި އެމެރިކާގެ އެއްވެސް އެހީތެރި ކަމެއް ނޯންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2026 | އަންގާރަ 06:16
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އިރާންްއާ އެކު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑު ނުކުރުމަށް އަންގަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ހޯމަ ދުވަހު ޓްރަމްޕް ދެއްވި މި އިންޒާރުގައި، މަސްލަހަތު ގޯސްވާ ނަމަ އިޒްރޭލް އިން އަމިއްލަ އަށް ކަންކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައި އެވެ.

އެގޮތުން ޓްރަމްޕް ވިދާޅުވީ، ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ނަތަންޔާހޫ އަށް އަންގަވާފައިވާ ކަމަށެވެ. އެހެން ނޫން ނަމަ، އިޒްރޭލް އާއި ނަތަންޔާހޫ ހުންނަން ޖެހޭނީ އެކަނިވެރި ކަމެއްގެ ތެރޭގައި ކަމަށާއި، އެ ޙާލަތުގައި އެމެރިކާގެ އެއްވެސް އެހީތެރި ކަމެއް ނޯންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

ނަތަންޔާހޫގެ ސިޔާސަތު ތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވަމުން ޓްރަމްޕް ވަނީ، އިރާން އާއި އިޒްރޭލް އިން ވެސް ހަމަލާ ބަދަލު ކުރުން ހުއްޓާލައި، މަސްލަހަތު އިސްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ސަރަހައްދީ ސުލްހައަށްޓަކައި ކުރެވޭ "ފަހުގެ މަޝްވަރާތައް" ކުރިއަށް ދާނީ، އެކަމަށް ހުރަސްއަޅާ ޖާހިލު ކަމެއް، ނުވަތަ މޮޔަ އަމަލެއް ކުރިމަތި ނުވާ ނަމަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ޓީވީ މެދުވެރިކޮށް ބަޔާނެއް ދެއްވާފައި އެވެ. ނަތަންޔާހޫ ވިދާޅުވީ، އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ފުރިހަމަ ހައްގު އިޒްރޭލް އަށް ލިބިގެންވާ ކަމަށާއި، ބޭނުންވާ ހާލަތް ތަކުގައި އެ ހައްގުގެ ބޭނުން ހިފަމުންދާނެ ކަމަށް ޓްރަމްޕް އަރިހުގައި ދަންނަވާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން، ފާއިތުވި ހަފުތާގައި "ޕޮޑް ފޯސް ވަން" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ނަތަންޔާހޫ އަކީ "މޮޔައެއް" ކަމަށް ސިފަ ކުރައްވައި، އޭނާގެ ކިބައިގައި އެއްވެސް ޝުކުރުވެރި ކަމެއް ނެތް ކަމަށް ތުހުމަތު ކުރައްވާފައި އެވެ. އެ ޕޮޑްކާސްޓުގައި ޓްރަމްޕް ވިދާޅުވީ އޭނާ ހުންނެވީ ކޮންމެހެން ރުޅި އައިސްފައި ނޫން ކަމަށާއި، ނަމަވެސް ލުބުނާންއާ ދެކޮޅަށް މެދު ކެނޑުމެއް ނެތި ނަތަންޔާހޫ ކުރަމުން އަންނަ ހަނގުރާާމައާ މެދު ކަންބޮޑުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ޓްރަމްޕް އާއި ނަތަންޔާހޫގެ ގުޅުން ގޯސް ވެފައިވާކަން ހާމަވެފައި މިވަނީ، މެދު އިރުމަތީގެ މަސްލަހަތު ގޯސްވެ، ހަނގުރާމައިގެ ނުރައްކާ ބޮޑު ވެފައިވާ ދަނޑިވަޅެއްގައި އެވެ. ޓްރަމްޕްގެ މި އިންޒާރަކީ ކުރިއަށް އޮތް ތަނުގައި އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީތެރިކަމަށް ބަދަލު ތަކެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ދެކެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

09 ޖޫން 2026

މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް

09 ޖޫން 2026
މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް
08 ޖޫން 2026

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

08 ޖޫން 2026
އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި
08 ޖޫން 2026

ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި

08 ޖޫން 2026
ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި
08 ޖޫން 2026

އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

08 ޖޫން 2026
އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި
08 ޖޫން 2026

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު