Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނުން ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލުމުން، އިޒްރޭލުގެ ގިނަ ސިޓީތަކެއްގައި ނުރައްކަލުގެ ސައިރަން އަޅައި ސުކޫލުތައް ބަންދުކޮށްފި. އީރާނުގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް މަނާ ހަތިޔާރު ބޭނުންކޮށްގެން ލުބުނާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޒާރު ދީފައި. މި ހަމަލާތައް ކުރިއަށް ގެންދާނަމަ މިއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ހަމަލާތަކެއް ދޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 05:49
އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގެ ސަބަބުން އުޑުމަތި އަލިވެގެންދިޔަ މަންޒަރު.

އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގެ ސަބަބުން އުޑުމަތި އަލިވެގެންދިޔަ މަންޒަރު. | ރޮއިޓާސް

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށް ބުނެ، އޭގެ ރައްދުގައި އީރާނުގެ ސިފައިން އާދީއްތަ ދުވަހު އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލައިފިއެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް، ޓައިބީރިއަސް، ސަފޭދު، ނާޒަރެތު، ހައިފާ އަދި އެ ނޫންވެސް ގިނަ ސިޓީތަކެއްގައި ވަނީ ނުރައްކަލުގެ ސައިރަން އަޅާފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ވައިގެ ދިފާއީ ނިޒާމުތައް އޮތީ ވަރަށް މަތީ އެލާޓެއްގައި ކަމަށެވެ. އަދި ސަލާމަތީ ހާލަތަށް ރިއާޔަތްކޮށް، ކުރިއަށް އޮތް ދުވަހު ހުރިހާ ސުކޫލުތަކާއި ތައުލީމީ މަރުކަޒުތައް ބަންދުކުރުމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އީރާނުން މި އަސްކަރީ ހަރަކާތް ހިންގާފައިވަނީ ޒަޔަނިސްޓް އިޒްރޭލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ފޮސްފަރަސް ބޮން ބޭނުންކުރުމާއި، ބެއިރޫތުގެ ދެކުނު ސަރަހައްދެއް ކަމަށްވާ ދާހިޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހިމެނެއެވެ.

މި ރައްދު ހަމަލާތަކަށް ފަހު، އީރާނުގެ ސިފައިންގެ މަރުކަޒީ ކޮމާންޑް ކަމަށްވާ ޚާތަމުލް އަންބިޔާ ހެޑްކުއާޓާޒްއިން ވަނީ، އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނަމަ، މިއަށްވުރެ ވަރުގަދަ އަދި ހިތާމަކުރަންޖެހޭ ފަދަ "ފަނާކުރަނިވި ހަމަލާތަކެއް" ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި، އެމެރިކާގެ ސީދާ އެހީތެރިކަމާއެކު އަދި ބައިނަލްއަގުވާމީ މުޖުތަމައު ހަނު އޮތް އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުންދާ ދިއުމާއި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ވަނީ ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދަނީ މަނާ ހަތިޔާރުތައް ކަމަށްވާ ފޮސްފަރަސް ބޮން ބޭނުންކޮށްގެން ލުބުނާނުގެ ދެކުނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގަމުންނެވެ.

"މުޖުރިމް އެމެރިކާގެ ފުރިހަމަ ތާއީދާއި ފަހިކޮށްދޭ ފުރުސަތާއެކު، އަދި ބައިނަލްއަގުވާމީ އިދާރާތަކުން ހަނު ތިބޭ ތިބުމުގެ ތެރެއިން، އަނިޔާވެރި ޒަޔަނިސްޓް ސަރުކާރުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ، ލުބުނާނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުކުރަމުން،" އެ ބަޔާނުގައި ވެއެވެ.

ޚާތަމުލް އަންބިޔާ ހެޑްކުއާޓާޒްގެ ކޮމާންޑަރު ވިދާޅުވީ، އީރާނުން ތަކުރާރުކޮށް އިންޒާރު ދީފައިވަނިކޮށް، "ކުޑަކުދިން މަރާ ޒަޔަނިސްޓް ސަރުކާރުން" މިހާރު ވަނީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށްފައި ކަމަށެވެ. އެގޮތުން ލުބުނާނުގެ ދެކުނުން ފެށިގެން ބެއިރޫތުގެ ދާހިޔާ ސަރަހައްދާ ހަމައަށް ހަމަލާތައް ފުޅާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިޒްރޭލުގެ ޖަރީމާތައް ދާހިޔާ ސަރަހައްދަށް ފުޅާކޮށްފިނަމަ، އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގެ އެތެރެއަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ ސިފައިން މީގެ ކުރިންވެސް ވަނީ ދީފައެވެ.

"ބެއިރޫތުގެ ދާހިޔާ ސަރަހައްދުގައި ހިންގާ ޖަރީމާތައް ފުޅާކޮށްފިނަމަ، ހިފާފައިވާ ސަރަހައްދުތަކުގެ އެތެރޭގައިވާ އަމާޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އަހަރެމެން ކުރިންވެސް ވާނީ ދީފައި،" ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުގެ އަސްކަރީ ކޮމާންޑުން ވަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އެންމެ ފަހުގެ އިންޒާރު ދީ، ލުބުނާނުގެ ދެކުނަށާއި ދާހިޔާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ސަރަހައްދުތަކަށް ދޭ ހަމަލާތައް އިތުރަށް ފުޅާކޮށްފިނަމަ، ނުވަތަ އީރާނުގެ ރައްދު ހަމަލާތަކަށް އިޒްރޭލުން އަސްކަރީ ގޮތުން ރައްދު ދީފިނަމަ، ވަރުގަދަ ހަމަލާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

"އެ ސަރަހައްދަށް ދޭ ހަމަލާތައް ފުޅާކޮށްފިނަމަ ނުވަތަ އީރާނުގެ ފިޔަވަޅުތަކަށް ރައްދު ދީފިނަމަ، މިއަށްވުރެ ވަރުގަދަ އަދި ހިތާމަކުރަންޖެހޭ ފަދަ ހަމަލާތަކަކާ އެ ސަރުކާރުން ކުރިމަތިލާން ޖެހޭނެ. އަދި އެ ސަރުކާރާއި އެ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާ ދެކޮޅަށް ފަނާކުރަނިވި ހަމަލާތައް ފަށާނަން،" ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

އީރާން-އިޒްރޭލްލުބުނާންދާހިޔާޚާތަމް އަލް-އަންބިޔާއެމެރިކާ-އިޒްރޭލް-އިރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ލުބުނާނުގައި ހިޒްބުﷲގެ 150 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފި

އިޒްރޭލުން ލުބުނާނުގައި ހިޒްބުﷲގެ 150 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފި

07 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ދެ ޑްރޯންއެއް އެމެރިކާ އިން ވައްޓާލައިފި

ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ދެ ޑްރޯންއެއް އެމެރިކާ އިން ވައްޓާލައިފި

07 ޖޫން 2026
ލުބުނާންގެ ސިފައިންގެ އިސްވެރިޔާ ޕާކިސްތާން އަށް

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ ޕާކިސްތާން އަށް

07 ޖޫން 2026
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ސިފައިންގެ ބަޔަކު މަރުވެއްޖެ

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ސިފައިންގެ ބަޔަކު މަރުވެއްޖެ

06 ޖޫން 2026
އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި

އީރާނުން ފޮނުވާލި ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، ރޭޑާ ސައިޓްތަކަށް ހަމަލާދީފި

06 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު