Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ އައި.އާރު.ޖީ.ސީ އިން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި. އެމެރިކާއާއި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ، މިއީ ދެވުނު އިންޒާރެއް ކަމަށާއި އުދުވާނުތައް ކުރިއަށްދާނަމަ މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ވަނީ ބުނެފައި. ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3,600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ހަތިޔާރުވެސް އިޒްރޭލުން ދަނީ ބޭނުންކުރަމުން.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 09:36
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލަށް ފެންނަ ގޮތަށް، 2026 ޖޫން 7 ވަނަ ދުވަހު އީރާނުގެ މިސައިލެއް އިޒްރޭލުގެ އުޑުމަތިން ދަތުރުކުރަނީ.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް-ޚަލީލަށް ފެންނަ ގޮތަށް، 2026 ޖޫން 7 ވަނަ ދުވަހު އީރާނުގެ މިސައިލެއް އިޒްރޭލުގެ އުޑުމަތިން ދަތުރުކުރަނީ. | ރޮއިޓާސް

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ މައި މަރުކަޒު ކަމަށްވާ ރާމަތު ޑޭވިޑް އެއާބޭސްއަށް ބެލިސްޓިކް މިސައިލުން ހަމަލާދީފި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ. އައި.އާރު.ޖީ.ސީގެ އެއަރޯސްޕޭސް ފޯސްއިން މި ހަމަލާ ދީފައިވަނީ، އެ މަރުކަޒަކީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކާއި، ތަޔަރާއި، ނަބާތިއާގެ އިތުރުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތައް ފޮނުވާލާ މަރުކަޒު ކަމަށްވާތީ ކަމަށް އެ ފަރާތުން ބުނެއެވެ.

އާދީއްތަ ދުވަހުގެ ރޭ އީރާން ގަޑިން ދަންވަރު އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަނަކީ ޒަޔަނިސްޓް އިޒްރޭލުން ލުބުނާނުގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި، އާންމުން މަރައި، އެތައް ބަޔަކު ގެދޮރުން މަހުރޫމްކޮށް ރެފިއުޖީންނަށް ހަދަމުންދާތީ އެކަމަށް ދިން ސީދާ ރައްދެއް ކަމަށެވެ.

"ފޭރިގަނެގެން އުޅޭ ޒަޔަނިސްޓް ރެޖީމުން ލުބުނާނުގެ ދެކުނުގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި، ތަޔަރާއި ނަބާތިއާގެ އިތުރުން ބެއިރޫތުގެ ދާހިޔާ ފަދަ ސަރަހައްދުތަކުގެ ނިކަމެތި ރައްޔިތުން މަރައި، މަގުމަތިކުރަމުންދާ ދިއުމަށް ރައްދު ދިނުމުގެ ގޮތުން، މި އުދުވާނުތަކުގެ އަސްލު ކަމުގައިވާ ރާމަތު ޑޭވިޑް އެއާބޭސްއަށް އައި.އާރު.ޖީ.ސީގެ އެއަރޯސްޕޭސް ފޯސްގެ ބެލިސްޓިކް މިސައިލްތަކުން ވަނީ ހަމަލާދީފައި،" އެ ބަޔާނުގައިވެއެވެ.

އައި.އާރު.ޖީ.ސީ އިން އިތުރަށް ބުނެފައިވަނީ، އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އީރާނުން އެއްބަސްވީ، ހުރިހާ ފަރާތްތަކަކުންވެސް ހަމަލާތައް ހުއްޓާލުމަށް ޝަރުތުކޮށްފައި ކަމަށެވެ.

"ނަމަވެސް އަބަދުވެސް ކަންތައް ކުރާ އުސޫލުން، އެމެރިކާއާއި ޒަޔަނިސްޓް ރެޖީމުން ވަނީ އެމީހުންގެ ވައުދުތަކާ ޚިލާފުވެފައި. އެމީހުން ލުބުނާނުގައި އުދުވާނުތަކާއި ޖަރީމާތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅިއާއި، އޮމާން ކަނޑާއި، އިންޑިއާ ކަނޑުގައިވާ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށާއި އުޅަނދުފަހަރަށް ހަމަލާދީ، ތަކުރާރުކޮށް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައި،" އައި.އާރު.ޖީ.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރޭގެ ވަގުތެއްގައި ދިން މި މިސައިލް ހަމަލާއަކީ އިޒްރޭލަށް ދެވުނު "އިންޒާރެއް" ކަމަށް އައި.އާރު.ޖީ.ސީ އިން ސިފަކޮށްފައިވެއެވެ.

"މިފަދަ އުދުވާނުތައް ތަކުރާރުކޮށްފިނަމަ، މިއަށްވުރެ ފުޅާދާއިރާއެއްގައި ރައްދުދޭނެ ކަމަށާއި، މި ސަރަހައްދުގައި ހުރި އެމެރިކާއާއި ޒަޔަނިސްޓުންގެ ހުރިހާ އަމާޒުފަތްތަކަކަށް ހަމަލާދޭނެ،" ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕާކިސްތާނު މެދުވެރިވެގެން އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލުން ލުބުނާނަށް ހަމަލާދީ އެއްބަސްވުމާ ޚިލާފުވަމުންދާތީ، ތެހެރާނުން މިވަނީ އަމަލީ ފިޔަވަޅު އަޅަން ފަށާފައެވެ.

އާދީއްތަ ދުވަހު އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކުގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮން އެޅުމުގެ ސަބަބުން މަދުވެގެން ދެ މީހުން މަރުވެ، 20 މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން، އިޒްރޭލުން ވަނީ ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ފޮސްފަރަސް ހަތިޔާރު ލުބުނާނުގެ ދެކުނުގައި ބޭނުންކޮށްފައެވެ. މީގެ ސަބަބުން އާންމުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ލުބުނާނުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހުގެ ކުރީކޮޅުން ފެށިގެން މިހާތަނަށް 3,610 އަށްވުރެ ގިނަ މީހުން މަރުވެ، 11,070 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 1.6 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހުރިހާ ދިމާލަކުންވެސް ހަމަލާތައް ހުއްޓާލާ، އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުން ހިމެނޭ ފުރިހަމަ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށެވެ.

އީރާން-އިޒްރޭލްލުބުނާންއައިއާރުޖީސީރާމަތު ޑޭވިޑް އެއާބޭސްބެއިރޫތުއެމެރިކާ-އިޒްރޭލް-އިރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

08 ޖޫން 2026
އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި

އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި

08 ޖޫން 2026
ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

08 ޖޫން 2026
ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

08 ޖޫން 2026
އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

08 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު