Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ސިއްޙީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަސަން ޒަރީރު އައްޔަނުކުރައްވާފަ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަރީރު ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ. ޒަރީރަކީ އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖޫން 2026 | ހޯމަ 08:07
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: ޒަރީރަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ވަނީ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވާފައި

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: ޒަރީރަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ވަނީ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވާފައި | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އައްޔަނު ކުރެއްވި ހަސަން ޒަރީރަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ. 

ޖޫން މަހުގެ 8 ވަނަ ދުވަހު އެ މަގާމަށް ޒަރީރު އައްޔަނު ކުރައްވާފައިވާއިރު ފިނޭންސް މިިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި  މޫސާ ޒަމީރު ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންގެންނެވެ. 

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޒަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި އޮތީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބަކާހެދި "ހޮސްޕިޓަލައިޒްވާން" ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ.

އެހެންކަމުން ވަޒީރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު ޒިންމާއެއްކަމަށްވަތީ، ސިއްޙީ ޙާލަތު ތަން ނުދޭކަމަށް ޒަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފިނޭންސް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައިވާ ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވާފައިވާއިރު އެ މަގާމާ ހަވާލުވުމާއި ހަމައަށް އޭނާ ހުންނެވީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީރާގެ އިސްވެރިޔާގެ ގޮތުގަ އެވެ. ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓަކަށް ވުމުގެ އިތުރުން އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރައްވާފައިވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމޫސާ ޒަމީރުރައްޔިތުންގެ މަޖިލިސްހަސަން ޒަރީރު

އިތުރަށް ކިޔާލަން

15 ޖޫން 2026

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު
15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
15 ޖޫން 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް

15 ޖޫން 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
14 ޖޫން 2026

ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!

14 ޖޫން 2026
ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު