Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ކެފޭ

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށް ކޯޓުން ނެރޭ އަމުރުތަކުގެ ދަށުން ބަންދުކުރާ ތަންތަނަށް ހުއްދަނެތި ވަނުމަކީ ކުށެއް ކަމަށާއި، އެފަދަ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭކަން ފާހަގަކުރަމުން، މިފަދަ އިތުރު ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. މި އަމަލަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ބޭނުން ހިފައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް.

މަޚްތޫމް
މަޚްތޫމް | 16 ޖޫން 2026 | އަންގާރަ 16:38
އައްޑޫ ސިޓީ މަރަދޫފޭދޫ.

އައްޑޫ ސިޓީ މަރަދޫފޭދޫ. | ގޫގްލް މެޕްސް

އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫފޭދޫ /  އުއްމީދުގެ ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފި އެވެ.

މި އަމުރު ނެރެފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ.

މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުނެ އެވެ. އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެކަމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފަ އެވެ.  

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ. 

އައްްޑޫ ސިޓީމަރަދޫފޭދޫމަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުމަސްތުވާތަކެއްޗާ ބެހޭ ގާނޫނުއުއްމީދު

އިތުރަށް ކިޔާލަން

16 ޖޫން 2026

އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ

16 ޖޫން 2026
އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
08 ޖޫން 2026

ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު

08 ޖޫން 2026
ބަރުލަމާނީ ނިޒާމްގެ ވޯޓު ނެގުމަށާއި، ބައެއް ވަޒީރުން ވަކިކުރުމަށް ވެރިކަމުގައި ހުންނެވި އިރު އެމްޑީޕީ ތެރެއިން ޕްރެޝަރ އައި: ރައީސް ސޯލިހު
07 ޖޫން 2026

އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

07 ޖޫން 2026
އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު