Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭހަދިޔާ ކުރުން

ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!

ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ލޭ ހަދިޔާކުރާ ފަރާތްތަކުން ދައްކުވައިދޭ އޯގާތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއީ އެހެން އެއްޗަކުން ބަދަލުނުކުރެވޭނެ މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވާފައި. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި. މީގެ އިތުރުން، ތެލެސީމިއާ ސެންޓަރުގެ ބައެއް މައްސަލަތައް ފެންމަތިވެފައިވާއިރު، ލޭ ހަދިޔާކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2026 | އާދީއްތަ 03:58
ރައީސް މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުން

ރައީސް މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވުން | ރައީސް އޮފީސް

ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.  

ލޭހަދިޔާ ކުރުމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ލޭ ހަދިޔާކުރާ ފަރާތްތަކުން ދައްކުވައިދޭ އޯގާތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުން، ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް، އެންމެ ބޭނުންޖެހޭ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމަށެވެ.

އަދި ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް މިއަދު ހޯދާފައިވީ ނަމަވެސް، ލެޔަކީ އަދިވެސް އެހެން އެއްޗަކުން ބަދަލުނުކުރެވޭފަދަ މުހިންމު ވަސީލަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ސިއްހީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން، ގައުމީ ފެންވަރުގައި ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި، އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއްގައި، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ، ލޭ ހަދިޔާކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

ތެލެސީމިއާ ސެންޓަރުން ތިން ކުއްޖެއްގެ ގަޔަށް ކުނި ލޭ  އެޅި މައްސަލައަކާއި، ލޭ ނުލިބުމުގެ ސަބަބުން އާންމުން އިހުތިޖާޖުކުރި މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ތެލަސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިނުގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

 

 

ޑރ. މުޙައްމަދު މުޢިއްޒުލޭ ހަދިޔާކުރުންތެލަސީމިއާ ސެންޓަރުޑަބްލިއު މޯލްޑިވްސް

އިތުރަށް ކިޔާލަން

14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު

13 ޖޫން 2026
އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު
13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
12 ޖޫން 2026

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

12 ޖޫން 2026
ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު
12 ޖޫން 2026

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު

12 ޖޫން 2026
އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު