Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026 | އަންގާރަ 08:05

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ދެ މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މި ދެ މީހުންގެ ތެރެއިން ދެވަނަ މީހާގެ ބަންދުގެ މުއްދަތު އިތުރުނުކޮށް، ކޯޓުން މިހާރު ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފަ. މަސްތުވާތަކެއްޗާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިންގި މި އޮޕަރޭޝަނުގައި 66 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ޖޫން 2026 | އަންގާރަ 08:05
ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހުން

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހުން | ޕޮލިސް

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.  

މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނެވެ.  އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 2026 މެއި 28 ވަނަ ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 4 ގެއެއް ބަލައިފާސްކޮށް، ވަގުތީ ބަރުދަނުގައި ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ އެތެންސް / ގއ. ވިލިނގިލި، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޢަޠޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި މުޙައްމަދު ރާއިފް ޙުސައިން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލައިގައި ޝާމިލުވާ އަތޫފްގެ ބަންދަށް ދިން 15 ދުވަސް ހަމަވުމާއެކު އޭނާ ކޯޓަށް ހާޒިރުު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. ނަމަވެސް މައްސަލައިގައި ޝާމިލުވާ ރާއިފްގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފަ އެވެ. 

މި އޮޕަރޭޝަން ހިންގާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިންނެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގއ. ވިލިނގިލިކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްކްރިމިނަލް ކޯޓްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
14 ޖޫން 2026

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

14 ޖޫން 2026
އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ
13 ޖޫން 2026

ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!

13 ޖޫން 2026
ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
11 ޖޫން 2026

ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން

11 ޖޫން 2026
ޝުހާދު މަރާލި މައްސަލަ: އޭނާގެ މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން
10 ޖޫން 2026

ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!

10 ޖޫން 2026
ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!
10 ޖޫން 2026

ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ

10 ޖޫން 2026
 ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން އެއަރޕޯޓަށް ދިޔަ، މިފްކޯގެ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފީ
10 ޖޫން 2026

ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!

10 ޖޫން 2026
ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
07 ޖޫން 2026

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

07 ޖޫން 2026
ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް