Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޙައްޖުވެރިން

ހޯމަ ދުވަހުގެރޭ ރާއްޖެ އައި ޙައްޖުވެރިންގެ ފޮށިތައް ނުގެނެވުނީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކުން: ޙައްޖު ކޯޕަރޭޝަން

ސައުދީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރާއްޖެއަށް އައި ގިނަ ޙައްޖުވެރިންގެ ފޮށިތައް ނާންނަ މައްސަލައެއް ފެންމަތިވެފައިވާއިރު، މި ފޮށިތައް އަންގާރަ ދުވަހުގެރޭ ލިބޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައި. މިކަމުގެ ސަބަބުން ބައެއް ޙައްޖުވެރިންނަށް ރަށަށް ނުދެވި މާލޭގައި މަޑުކުރަން ޖެހުމުންނާއި، މަޢުލޫމާތު ދިނުން ލަސްވުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖޫން 2026 | އަންގާރަ 06:16
‏ދިވެހި ޙައްޖުވެރިން ޢަރަފާތައް ދިޔުން

‏ދިވެހި ޙައްޖުވެރިން ޢަރަފާތައް ދިޔުން | ހައްޖު ކޯޕަރޭޝަން

ހޯމަ ދުވަހުގެރޭ ރާއްޖެއަށް 200 އެއްހާ ޙައްޖުވެރިން އައިއިރު، އޭގެ ތެރެއިން ގިނަ ޙައްޖުވެރިންގެ ފޮށިތައް ރާއްޖެއަށް ނުގެނެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކަމާ ގުޅިގެން މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީން ޙައްޖު ކޯޕަރޭޝަނަށް ގުޅާލުމުން އެ އިދާރާއިން ބުނީ، ހައްޖުވެރިންގެ ފޮށިތައް ނުލިބުނީ ސައުދީ އެއާލައިންގެ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އަދި އެކަން ދިމާވީ އެއާލައިންގެ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ގިނަ އަދަދެއްގެ ފޮށިތައް ލޯޑު ނުކުރެވިގެން ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ސައުދީ އެއާލައިންއިން މައުލޫމާތު ހޯދާލުމުން، އަންގާރާ ދުވަހުގެރޭ އަންނަ ފްލައިޓުން ފޮށިތައް ލިބޭނެ ކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންނަށް އެ މައުލޫމާތު ނުދިނީ އޭރު އެކަން ނޭނގޭތީ ކަމަށާއި، ހައްޖުވެރިންނަށް ގަސްތުގައި މައުލޫމާތު ސިއްރު ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ފަހުން ގިނަ އަދަދެއްގެ ލަގޭޖު ނާންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ކޯޕަރޭޝަނުން ބުންޏެވެ.

ފޮށިތައް ނުލިބުމުގެ ސަބަބުން ބައެއް މީހުންނަށް އެނބުރި ރަށަށް ނުދެވި މާލޭގައި ތިބެން ޖެހުނެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދިނުމުގައި ލަސްވުމަކީ ހައްޖުވެރިންގެ ކަންބޮޑުވުން އިތުރުވި ސަބަބަކަށް ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މި ފަދަ ހާލަތްތަކުގައި ވީހާވެސް އަވަހަކަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޑަބްލިއު މޯލްޑިވްސްހައްޖު ކޯޕަރޭޝަންސައުދީ އެއަރލައިންސްމާލެ

އިތުރަށް ކިޔާލަން

08 ޖޫން 2026

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް

08 ޖޫން 2026
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް
06 ޖޫން 2026

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

06 ޖޫން 2026
ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
06 ޖޫން 2026

އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

06 ޖޫން 2026
އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
05 ޖޫން 2026

އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

05 ޖޫން 2026
އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"
04 ޖޫން 2026

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

04 ޖޫން 2026
ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު