Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

ޒިންމާދާރު އޮޕޮޒިޝަނެއް އޮތްކަން ރެފަރެންޑަމް ވޯޓުން ފެނިގެން ދިޔަ، އެއީ ޖަޒުބާތުގައި ޖެހިގެން ރައީސް ދައްކަވާ ވާހަކަ: މެމްބަރު ދީދީ

ރާއްޖޭގައި ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތްކަން އިންތިޚާބުތަކުގެ ނަތީޖާއިން ސާފުވާކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ސަރުކާރަށް ފާޑުވިދާޅުވެއްޖެ. ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ރައްޔިތުން މާޔޫސްވެފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު އޮތް އިދިކޮޅު ހަރަކާތް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖޫން 2026 | ބުދަ 04:14
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދީދީ ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ދީދީ ރާއްޖެޓީވީ އަށް ދެއްވި އިންޓަރވިއުގެ ތެރެއިން | ރާއްޖެ އެމްވީ

ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށާއި، މިވަގުތު ރާއްޖޭގައި ވަރުގަދަ އިދިކޮޅު ފަރާތްތަކެއް އެބައޮތްކަން ރައީސަށްވެސް އެނގިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްނަމަ، ދާދިފަހުން ބޭއްވި ރެފަރެންޑަމް ވޯޓުގައި ސަރުކާރު 30 އިންސައްތައަށް ބަލިކޮށް ނުލެވުނީސް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުތަކުގައި ރާއްޖޭގެ ހުރިހާ ސިޓީއަކުން އިދިކޮޅު ފަރާތްތަކަށް އެވަރުގެ ބޮޑު ތާއީދެއް ލިބިގެން ނުދިޔައީސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސަށް އިދިކޮޅު ފަރާތްތައް ނުފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މިހާރު އޮތް ވަރުގަދަ އިދިކޮޅު ހަރަކާތްކަން ރައީސަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ. އަދި ދޮގު ހެދުމާ ގުޅޭގޮތުން ރައީސް ވާހަކަ ދައްކަވާއިރު، ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރައީސަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބޮޑަށް ބެލެވެނީ އެއީ ޖަޒުބާތުގައި ޖެހިގެން ދައްކާ ވާހަކަ ކަމަށް، ސަބަބަކީ ރައީސަށްވެސް އެނގިލައްވާ މިވަގުތު ވަރުގަދަ އޮޕޮޒިޝަނެއް ރާއްޖޭގައި އެބަ އޮތްކަން، އަދި އެމަނިކުފާނުގެ ސަރުކާރަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީވެސް މި އޮޕޮޒިޝަންކަން ރައީސަށް އެނގިލައްވާ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މީގެ އިތުރުން، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ރައްޔިތުން ތިބީ ނުހަނު ބޮޑަށް މާޔޫސްވެފައި ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަމުން ނުދާކަން ރަށްރަށުން ފެންނަން އޮތް ކަމަށްވެސް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތެރޭގެ 60 އަށްވުރެ ގިނަ ރަށަށް އޭނާ ކުރެއްވި ދަތުރުފުޅުތަކުން ފެނިގެންދިޔައީ ޕީއެސްއައިޕީގެ ދަށުން ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން އަހުމަދު ދީދީ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ ނޫސްވެރިންނާވެސް ވަރަށް ބީރަށްޓެހި ބޭފުޅެއް ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުއަޙްމަދު ދީދީނ. މަނަދޫރާއްޖެޓީވީޕީއެސްއައިޕީ

އިތުރަށް ކިޔާލަން

03 ޖޫން 2026

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

03 ޖޫން 2026
ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި
02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
02 ޖޫން 2026

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން
01 ޖޫން 2026

ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް

01 ޖޫން 2026
ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް
01 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި
01 ޖޫން 2026

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026
ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި
01 ޖޫން 2026

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް
01 ޖޫން 2026

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!
01 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން
31 މެއި 2026

ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!

31 މެއި 2026
ޑޮލަރުގެ ބޮޑު ވައުދު ނުފުއްދުނު، ހުރިހާ ތަކުލީފެއް އާންމު ރައްޔިތުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު