Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށް، އެމެރިކާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ގޮވާލައްވައިފި

ސެނެޓަރު ތޫން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ފައިނަލް ލިޔެ ކިޔުންތައް އަދި ފެންނާކަށް ނެތް ކަމަށް. ނަމަވެސް ކުރިއަށް އޮތް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކޮންގްރެސް އަށް މިކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކު ރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ފާހަގަ ކުރެއްވި. އަދި މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން، އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 05:07
އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން.

އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލުތައް ހާމަ ކުރެއްވުމަށް އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން ގޮވާލައްވައިފި އެވެ.

ވެރިކަން ކުރަމުން އަންނަ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ސެނެޓަރު ތޫން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މި އެއްބަސްވުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން އަދި މާ އަވަސް ކަމަށާއި، އެއްބަސްވުމުގެ ތަފުސީލުތައް އެނގިވަޑައި ގަންނަވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ސެނެޓަރު ތޫން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ފައިނަލް ލިޔެ ކިޔުންތައް އަދި ފެންނަން ނެތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ކޮންގްރެސް އަށް މިކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކު ރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން، އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތޫން އިތުރަށް ވިދާޅުވީ، އެއްބަސްވުމުގެ ފުރިހަމަ އިބާރާތްތައް އާންމުވުމުން ކޮންގްރެސްގެ މެންބަރުންގެ މެދުގައި މިކަމަށް އޮންނަ ޝައުގުވެރިކަން ވަރަށް ބޮޑު ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ނިއުކްލިއާ ހަކަތައާ ގުޅުންހުރި ކަންތައް ތަކެއް ހިމެނޭތީ، އެކަމާ ގުޅޭ މައުލޫމާތު ކޮންގްރެސް އަށް ދިނުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މި އެއްބަސްވުމާ މެދު ކޮންގްރެސްގައި ވޯޓެއް ނެގުމަށް މެންބަރުން ބޭނުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ތޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްބަސްވުމުގެ ބާވަތުންނާއި، އޭގައި ހިމެނޭ ނިއުކްލިއާ މާއްދާ ތަކުގެ ސަބަބުން، ކޮންގްރެސްގެ ރުހުން ހޯދަން ޖެހޭ ފަދަ ހާލަތެއް އަތުވެ ދާނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރުން އީރާން އާއެކު ކުރިއަށް ގެންދާ މި މަޝްވަރާތަކާ ގުޅޭ ގޮތުން ކޮންގްރެސްގެ ދައުރު ބޮޑު ކުރުމަށް އެހެން ބައެއް ސެނެޓަރުން ވެސް ވަނީ މީގެ ކުރިން ގޮވާލައްވާފައި އެވެ. އޭގެ ތެރޭގައި ސެނެޓަރު ލިންޑްސީ ގްރަހަމް އާއި، ސެނެޓަރު ޗަކް ޝޫމާގެ އިތުރުން ސެނެޓަރު ޖީން ޝަހީން ހިމެނި ވަޑައިގަންނަވަ އެވެ.

މި ބޭފުޅުން ވެސް ވަނީ އެއްބަސްވުމުގެ ތަފުސީލުތައް ކޮންގްރެސްއާ ހިއްސާ ކުރުމަށާއި، މި ނިންމުމުގައި ކޮންގްރެސްގެ ބަސް އިއްވުމުގެ ފުރުސަތު ދިނުމަށް އެދި ވަޑައިގެންފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ ކޮންގްރެސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޖޯން ތޫން

އިތުރަށް ކިޔާލަން

16 ޖޫން 2026

ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި

16 ޖޫން 2026
ޓްރަމްޕްގެ އިތުރުން، ނައިބު ރައީސް ވޭންސް އާއި އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާާފް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވައިފި
16 ޖޫން 2026

އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި

16 ޖޫން 2026
އެމެރިކާ އާއި އީރާންގެ އެއްބަސްވުން ސާފު ނުވެ، ތެލުގެ އަގު އުފުލެން ފަށައިފި
16 ޖޫން 2026

އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ

16 ޖޫން 2026
އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
15 ޖޫން 2026

އިންތިޚާބަށް އަތްބާނަން އުޅެފިނަމަ "ލަޓިބުރި އާއި އޮށްގަލުން" ނަތަންޔާހޫ މަގާމުން ދުރުކުރަންޖެހޭނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް ވިދާޅުވެއްޖެ

15 ޖޫން 2026
އިންތިޚާބަށް އަތްބާނަން އުޅެފިނަމަ "ލަޓިބުރި އާއި އޮށްގަލުން" ނަތަންޔާހޫ މަގާމުން ދުރުކުރަންޖެހޭނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް ވިދާޅުވެއްޖެ
15 ޖޫން 2026

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

15 ޖޫން 2026
ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު