Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހަކު ނިޔާވުން

ޑްރަގް އޮޕަރޭޝަންގައި ކަނޑުމަތީގައި އުޅެނިކޮށް ނިޔާވި އާސިފްގެ ހަށިގަނޑު ފެނުނީ 28 މީޓަރު އަޑިން!

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ކަނޑަށް ވެއްޓި ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ ހަށިގަނޑު ފެނިފައި ވަނީ އަމިއްލަ ދެ ޑައިވަރެއްގެ އެހީތެރިކަމާއެކު 28.9 މީޓަރު އަޑިން. މި ހާދިސާއާ ގުޅިގެން އާސިފްގެ މަގާމު މަތިކޮށްފައިވާއިރު، އޭނާ ހޯދުމުގައި އެހީތެރިވި ޑައިވަރުންގެ މަސައްކަތް ސަރުކާރާއި ފުލުހުންގެ އިދާރާއިން ވަނީ ބަލައިގެންފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 14:37
ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް އަރުވައިދެއްވައި

ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް އަރުވައިދެއްވައި | ޕޮލިސް

ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް މޫދުއަޑީގައި މަރުވެފައި އޮއްވައި ފެނުނު ހިތާމަވެރި ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ 2026 ޖޫން 11 ވީ ބިރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މި ޙާދިސާގައި ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަރުވާފައެވެ.

މި އޮޕަރޭޝަންގައި ބައިވެރިވި ދެ ޑައިވަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ދާޚިލީ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އެ ދެ ޑައިވަރުންނަކީ އެ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަރ ކުރަން ކުރެވުނު މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެ ފަރާތެވެ.

އޭގެ ތެރެއިން އެއް ޑައިވަރު ވަނީ އޭނާގެ ތަޖުރިބާ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ. އެގޮތުން ޑައިވިންގ ދާއިރާގައި ވިއްސަކަށް އަހަރު ހަރަކާތްތެރިވެފައިވާ އަދި 20،000 އަށްވުރެ ގިނަ ޑައިވްކޮށްފައިވާ މި ތަޖުރިބާކާރު ޑައިވަރު މީގެ ކުރިންވެސް ވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު 45 މީޓަރު އަޑިން ނެގުމުގައި އެހީތެރިވެދީފައެވެ.

ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، ފުލުހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ލިބުމުން، އޭނާއާއި އޭނާއާއެކު ދެން ބައިވެރިވި ޑައިވަރު އެ އޮފިސަރު ހޯދުމަށްޓަކައި މަސައްކަތް ކުރުމަށް އަމިއްލަ އިސްނެގުމުގެ މަތިން ނިންމިއެވެ. އޭނާއަކީ ޑައިވިންގ ސެންޓަރެއް ހިންގާ ފަރާތެއްކަމަށް ވުމާއެކު، އޭނާއާ އޭނާގެ ޕާޓްނަރަށް މި ޒާތުގެ އޮޕަރޭޝަންތަކުގެ ހައްސާސްކަން ވަޒަން ކުރެވެއެވެ. އެހެންވެ އެކަމުގައި އެހީތެރިވެދޭނެކަމަށް އޭނާ ފުލުހުންގެ ގާތުގައި ބުނީއެވެ.

އޭނާ ކިޔާދިން ގޮތުގައި ފުލުހުން ވަނީ ވަގުތުން އެމީހުން ދިއުމަށް ލޯންޗެއް ހަމަޖައްސައި ޕެޓްރޯލްވެސް އަޅާފައެވެ. އެގޮތުން އުކުޅަހުގައި ފުލުސް ލޯންޗެއް ނޯންނާތީ އަމިއްލަ މީހެއްގެ ލޯންޗު ފުލުހުން ހަމަޖެއްސީ ކަމަށް އޭނާ ކިޔައިދިނެވެ. އެ ދެމީހުން ދިޔައީ  ސްނޯކްލިންގ ގެ އިތުރުން ޑައިވިންގ އަށްވެސް ރެޑީވެގެން ކަމަށް އޭނާ ބުންޏެވެ.

އެ ޙާދިސާ ހިނގި ސަރަޙައްދަށް ދިޔައިރު އެވަގުތު އެތަނުގައި ތިބި ފުލުހުންވެސް ތިބީ ސްނޯކްލިންގ ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑިން ހޯދަމުން ދަނިކޮށް އޮފިސަރުގެ ހަށިގަނޑު ފެނުނީ އޭނަގެ ޕާޓްނަރަށެވެ. އޭރު އެ އޮފިސަރު އޮތީ ބަނޑުވަތަށް ފަސްގަނޑު މަތީގައި  ކަމަށް އޭނާ ކިޔައިދިނެވެ. އެއީ 28.9 މީޓަރު އަޑި ކަމަށާއި ދެން މަޑުމަޑުން އެމީހުން އޭނާ ގޮވައިގެން އެރީ މައްޗަށް ކަމަށް އޭނާ ކިޔައިދިނެވެ.

އޭނާ ވަނީ ފުލުހުންގެ އިސްވެރިންނާއި، ދާޚިލީ ވަޒީރުވެސް އެ މަސައްކަތް ބަލައިގެންފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބޭ ގޮތުގައި ގެއްލުނު އޮފިސަރު ލޯންޗު ފަހަތަށް ދިޔައީ ކުޑަކަމުދިއުމަށެވެ. ނަމަވެސް ޚަބަރެއް ނުވެގެން ބެލިއިރު އޭނާ ފެންނަން ނެތުމުން ހޯދުމުގެ މަސައްކަތް ފެށީއެވެ. އަދި ފުލުހުން އެކަމުގައި ޑައިވިންގ ސެންޓަރު ހިންގާ ފަރާތުގެ އެހީތެރިކަމަށްވެސް އެދުނީ އެރޭ ފަތިހުއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންގެ ލޯންޗު އެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުން ދިޔައީ މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރައްވާފައެވެ. 

އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވިއެވެ.

އަހުމަދު އާސިފްދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުމޫދުއަޑިމަސްތުވާތަކެތިއުކުޅަސްއިޖުތިމާޢީ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މަރުވި ސީނިޔަރ ސާޖަންޓް އާސިފް، ސަބް އިންސްޕެކްޓަރުގެ މަޤާމަށް ޕްރޮމޯޓުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މަރުވި ސީނިޔަރ ސާޖަންޓް އާސިފް، ސަބް އިންސްޕެކްޓަރުގެ މަޤާމަށް ޕްރޮމޯޓުކޮށްފި

11 ޖޫން 2026
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުއަޑީގައި މަރުވެފައި ވަނިކޮށް!

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ މޫދުއަޑީގައި މަރުވެފައި ވަނިކޮށް!

11 ޖޫން 2026
ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!

ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!

10 ޖޫން 2026
ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި

ދަރިއަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ ވަނަވަރު ހާމަކޮށްފި

10 ޖޫން 2026
ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!

ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!

10 ޖޫން 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު