Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި، މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު!

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.49 ކިލޯގެ ހަޝިޝް އޮއިލް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން އަތުލައިގެންފި. މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ފާއިތުވި މަސްތަކުގައި ވެސް ކަސްޓަމްސްއިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފަ. މިގޮތުން މެއި މަހުގެ ތެރޭގައި ވެސް 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ފުލުހުންނާ ވަނީ ހަވާލުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖޫން 2026 | ބުދަ 14:12
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް | ޓީޓީއެމް

ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ. 

ކަސްޓަމްސްއިން ބުނީ، 09 ޖޫން 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަތުލައިގަނެފައި ވަނީ 8 ކިލޯ 490 ގުރާމްގެ ހަޝިޝް އޮއިލް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ ތަކެތީގެ މަަގުމަތީ އަގު، 6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. 

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

ދޭތެރެދޭތެރެއިން ކަސްޓަމްސްއިން ދަނީ ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. 

އެގޮތުން މެއި މަހުގެ ތެރޭގައި ވެސް 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އޭޕްރީލް މަހުގެ ތެރޭގައި ވެސް 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ދިވެހީންނާއި ބިދޭސީން ވެސް ހައްޔަރުކޮށްފައިވެ އެވެ.

މޯލްޑިވްސް ކަސްޓަމްސްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

10 ޖޫން 2026

ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!

10 ޖޫން 2026
ޑްރަގް މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ހުއްދަދޭއިރު 6 ޝަރުތެއް ފުރިހަމަވާންޖެހޭ!
09 ޖޫން 2026

އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި

09 ޖޫން 2026
އައްޑޫގައި ކުށް ކުރުމަށް ބޭނުންކުރަމުން އައި ގެއެއް، ފުލުހުން 90 ދުވަހަށް ބަންދުކޮށްފި
07 ޖޫން 2026

ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި

07 ޖޫން 2026
ރާއްޖެ އައީ ގުރުއަތުން ހޮވިގެން ކަމަށާއި ޑުރަގަކީ ސާމްޕަލްތަކެއް ކަމަށް ބިދޭސީއަކު ކޯޓުގައި ބުނެފި
28 މެއި 2026

މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި

28 މެއި 2026
މާލެސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 4 މީހުން ހައްޔަރުކޮށްފި
28 މެއި 2026

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2026
ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު