Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ސުލްހައިގެ އެއްބަސްވުމަށް އިޒްރޭލުން ރުޅިގަދަވުމަކީ އީރާނަށް ލިބުނު ކާމިޔާބީގެ ނިޝާން: ޕެޒެޝްކިއާން

އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓްލައިންތަކެއްގެ ހަނގުރާމަ ހުއްޓި، އީރާނާ ދެކޮޅަށް އޮތް ކަނޑުގެ ބްލޮކޭޑްތައް ނިމުމަކަށް އަންނާނެ. މިއީ ގައުމީ އެއްބައިވަންތަކަމާއި ޑިޕްލޮމެޓިކް ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ސިފަކުރައްވާފައި.

ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 18:14
ތެހެރާންގައި ބޭއްވި ޕަބްލިކް ރިލޭޝަންސް އޮފިޝަލުންގެ ބައްދަލުވުމެއްގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވަނީ.

ތެހެރާންގައި ބޭއްވި ޕަބްލިކް ރިލޭޝަންސް އޮފިޝަލުންގެ ބައްދަލުވުމެއްގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވާހަކަފުޅު ދައްކަވަނީ. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ފަހުމުނާމާއާ ގުޅިގެން އިޒްރޭލުން ފާޅުކުރަމުންދާ ރުޅިވެރިކަމަކީ، އީރާނުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއާއި ނަސްރުގެ ސާފު ހެއްކެއް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

ރައީސް ޕެޒެޝްކިއާން މިހެން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ގައުމީ ފެންވަރުގެ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ތެހެރާނާއި ވޮޝިންޓަނާ ދެމެދު ވެވޭ ފަހުމުނާމާގެ ފަހު ދެލިކޮޕީ އެކުލަވާލައި ނިމިފައިވާކަން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސް.އެން.އެސް.ސީ) އިން އިއުލާނުކުރިތާ އެއް ދުވަސް ފަހެވެ.

މި ފަހުމުނާމާގެ ދަށުން ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓްލައިންތަކެއްގައި ކުރަމުންދާ ހަނގުރާމަ ވަގުތުން އަދި ދާއިމީކޮށް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސް އެޅުންތައް ވެސް މި އެއްބަސްވުމާއެކު ނިމުމަކަށް އަންނާނެއެވެ. މި ފަހުމުނާމާގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހު ސްވިޒަލޭންޑްގެ ޖެނީވާގައެވެ.

"މި މަރުހަލާއާ މެދު ޒަޔަނިސްޓް ރެޖީމް (އިޒްރޭލް) އިން ކަންބޮޑުވެ، ރުޅިގަދަވުމަކީ އީރާނުގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއާއި ނަސްރުގެ ސާފު ނިޝާނެއް. މާތްﷲގެ އިރާދަފުޅާއެކު، މި މަގުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ކުރިއަށްދާނަން،" ރައީސް ވިދާޅުވިއެވެ.

އީރާނުގެ މަޝްވަރާ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް އަދި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ކުރެއްވި ބުރަ މަސައްކަތްތަކަށް ރައީސް ތައުރީފު ކުރެއްވިއެވެ. އަދި ޑިޕްލޮމެޓިކް ދާއިރާއިން ހޯދުނު މި ކުރިއެރުމަކީ އިސްލާމީ ޖުމްހޫރިއްޔާއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ޑިޕްލޮމެޓިކް ކާމިޔާބީއަކީ ދައުލަތުގެ ތިން ބާރާއި ހަތިޔާރު އެޅި ސިފަައިގެ ފައުޖުތަކުގެ މެދުގައި އޮތް ނަމޫނާ އެއްބައިވަންތަކަމާއި، ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ.

މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށް، އަނެއް ފަރާތުން (އެމެރިކާއިން) އެއްބަސްވުމަށް އިހުތިރާމްކޮށްފިނަމަ، ސަރަހައްދީ ގިނަ މައްސަލަތަކެއް ހައްލުވެ، ބައިނަލްއަގުވާމީ މައިދާނުގައި އާ ހާލަތެއް އުފެދިގެންދާނެ ކަމަށް ޕެޒެޝްކިއާން އިތުރަށް ވިދާޅުވިއެވެ.

އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީގެ އިރުޝާދުތަކަށް މަޝްވަރާ ޓީމުން ފުރިހަމައަށް ބޯލަނބާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި ލީޑަރު ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި ސިޔާސަތުތަކުން ބޭރުނުވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅާނީ ގައުމީ މަސްލަހަތާއި އިސްލާމީ ނިޒާމުން ކަނޑައަޅާފައިވާ ރެޑް ލައިންތަކުގެ ނުވަތަ ހުރަސްނުކުރެވޭނެ އިންތަކުގެ ތެރެއިން،" ރައީސް ވިދާޅުވިއެވެ.

މި ޑިޕްލޮމެޓިކް ކާމިޔާބީ ހޯދުމުގައި ލީޑަރުގެ އިރުޝާދުތަކާއި އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ލީޑަރުގެ އިރުޝާދާއި އެއްބާރުލުން ނެތްނަމަ، މިފަދަ ކާމިޔާބީއެއް ހޯދުމަކީ މުސްތަހީލު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

އީރާނުގެ ރައްޔިތުންނާއި، ސަރުކާރާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ ޒިންމާއަކީ އެއްބައިވަންތަކަމާއި އެއްބާރުލުމާއެކު އެކި ދާއިރާތަކުން ގައުމު ވަރުގަދަކޮށް، ތަރައްގީއާއި ކުރިއެރުމުގެ މަގުގައި ބާރަށް ކުރިއަށް ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައި ތިބިހާ ހިނދަކު، އެއްވެސް ބާރަކަށް މި ގައުމަށް ގެއްލުމެއް ދީ ނުވަތަ ގައުމު ނިކަމެތިކޮށްލުމުގެ ފުރުސަތެއް ނުލިބޭނެ،" ޕެޒެޝްކިއާން ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް އަޅާ ކޮންމެ އަސްކަރީ ފިޔަވަޅަކުން ރައްޔިތުން ގައުމާ ދުރުކުރެވޭނެ ކަމަށް ދުޝްމަނުން ހީކުރި ނަމަވެސް، އީރާނުގެ ރައްޔިތުން ވަނީ އިސްލާމީ އިންގިލާބާއި، އިސްލާމީ ނިޒާމާއި، ގައުމުގެ ދިފާއުގައި ނަމޫނާ އެއްބައިވަންތަކަމެއް ދައްކުވައިދީފައި ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.

"މި ރައްޔިތުންނަކީ އެންމެ މަތީ ދަރަޖައިގެ ޝުކުރު ހައްގުވާ ބައެއް. އަދި އޮފިޝަލުން ރައްޔިތުންނަށް ޚިދުމަތް ކުރަންވާނީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ ގައުމުތަކާއި އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޕެޒެޝްކިއާންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

"އިސްލާމީ ގައުމުތަކަކީ އަޅުގަނޑުމެންގެ އަޚުން. އެ ގައުމުތަކާއެކު އޮންނަ ގުޅުމާއި އެއްބާރުލުން ވަރުގަދަކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. މިއީ ސަރުކާރުގެ ހުރިހާ އިސްވެރިންގެ މެދުގައި އޮންނަ ބަދަހި ގަބޫލުކުރުމަކާއި ސިޔާސަތަކަށް ވާންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި އަސާސީ އުސޫލުތަކަށް އެއްބަސްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް ކަންކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އެންމެންގެ މަސްލަހަތާއި ގުޅިފައިވާ ކަންކަމުގައި އަޅުގަނޑުމެން އެއްގަލަކަށް އަރަންޖެހޭނެ،" ރައީސް ޕެޒެޝްކިއާން ބާރުއަޅުއްވައި ވިދާޅުވިއެވެ.

އީރާން-އެމެރިކާއިޒްރޭލްމަސްޢޫދު ޕެޒެޝްކިއަންމުހައްމަދު ބާގިރު ގަލިބާފް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

15 ޖޫން 2026
އިންތިޚާބަށް އަތްބާނަން އުޅެފިނަމަ "ލަޓިބުރި އާއި އޮށްގަލުން" ނަތަންޔާހޫ މަގާމުން ދުރުކުރަންޖެހޭނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް ވިދާޅުވެއްޖެ

އިންތިޚާބަށް އަތްބާނަން އުޅެފިނަމަ "ލަޓިބުރި އާއި އޮށްގަލުން" ނަތަންޔާހޫ މަގާމުން ދުރުކުރަންޖެހޭނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކް ވިދާޅުވެއްޖެ

15 ޖޫން 2026
ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

14 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026
އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

އީރާން ހަނގުރާމައިގެ ނުތަނަވަސް ކަމާއެކު ކޮންޓޭނަރު އުފުލުމުގެ އަގު އަތް ނުފޯރާ ފަށަށް

11 ޖޫން 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު