Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ، ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ ކަމަށް ތުހުމަތުކުރައްވާފަ. މިފަދަ މުހިއްމު ގާނޫނެއް ތަންފީޒުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާނާ ހަވާލުކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި، އެއީ "ޑްރެކިއުލާއާ ބްލަޑް ބޭންކެއް ހަވާލުކުރުން" ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އެހެންކަމުން ގާނޫނުތައް ހެދި ނަމަވެސް، އެ ތަންފީޒުކުރަން ތިއްބަވާ ބޭފުޅުންގެ އިތުބާރު ނެތުމުން ގާނޫނުގެ އަސްލު މަގްސަދު ހާސިލުނުވާނެ ކަމަށް ޒިޔާދު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖޫން 2026 | ހޯމަ 08:06
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް

ޒާތީ މައުލޫމާތު ގެ ބިލު ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކް ހަވާލު ކުރުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި  ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ މަޖިލީހުން ކުރަނީ ދެ ކަމެއް ކަމަށެވެ. އެއީ ގާނޫނު ހެދުމާއި ގާނޫނު ތަންފީޒުކޮށް، އެއަށް އަމަލުކުރާ މިންވަރު ބެލުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޒިޔާދު ވިދާޅުވީ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގާނޫނު ތަންފީޒު ކުރަން ތިއްބަވާ ބޭފުޅުން ކަމަށެވެ. ވަކިން ޚާއްސަކޮށް، ޒާތީ މައުލޫމާތު ފަދަ މުހިއްމު ބިލެއްގެ ވާހަކަ ދައްކާއިރު، ހޯމް މިނިސްޓަރު ގެ މަގާމުގައި އިހުސާން ހުންނެވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި މެންބަރު ސިފަ ކުރެއްވި އެވެ. 

އެހެން ނަމަވެސް ހިތާމައަކީ ހަމަ ގާނޫނެއް ހަދާފައި، މި ގާނޫނު ތަންފީޒު ކުރަން މި ހަވާލު ކުރަނީ މިހާރުގެ ހޯމް މިނިސްޓަރު އިހުސާން. އަޅުގަނޑުމެންގެ ރަށުން، އަމިއްލަ ރަށް ވައިކަރަދޫގައި 400 އެއްހާ މީހުން، ޒާތީ މައުލޫމާތު ނަގައިގެން ޕީއެންސީ އަށް ވައްދާފަ. މިތަނަށް ވަޑައިގެން އިއުތިރާފު ވެސް ވެފަ އެ ހުންނެވީ. މިއީ މިފަދަ ގާނޫނެއް ތަންފީޒު ކުރަން ހުންނެވި ބޭފުޅާ. ވައިކަރަދޫ އެންމެހެން ވައްދާފަ އޮތީ ޕީއެންސީ އަށް. އެމީހުންގެ ޒާތީ މައުލޫމާތު ނަގައިގެން. މިއަދު ދެން ބާރު އޮތީމަ ނޫނެކޭ ކީދާނެ. މިއީ ހަގީގަތް. އެރަށުގެ ރައްޔިތުންނަށް އެނގޭނެ. ބަލި އެނދުގަ ތިބި މީހުން ވެސް ތިބީ ވައްދާފަ. ޒާތީ މައުލޫމާތު ބޭނުން ކޮށްގެން. އަޅުގަނޑު ވެސް ހުރި. އޭރުގެ ހައިކޯޓް ފަނޑިޔާރު ވެސް ވަނީ ވައްދާފަ. 
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ވިދާޅުވީ އެހެންކަމުން ގާނޫނެއް ހެދުމަށްފަހު އެ ހަވާލުކުރުމުން ތަންފީޒު ކުރަން ތިއްބަވާ ބޭފުޅުންގެ ހާލަތަކީ މިއީ ކަމަށްވާނަ، އެކަން ކުރާނީ ކިހިނެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ދިވެހިރާއްޖެއަކީ ނިސްބަތުން ބަލާނަމަ އެންމެ ގިނަ ގާނޫނު އޮންނަ އެއް ގައުމަށް ވާނެ ކަމަށާ ވިޔަފާރި އަގުގައި ގާނޫނު ވިއްކާނަމަ އެންމެ ރަނގަޅު އަގުގައި ވިކޭނީ ވެސް ރާއްޖޭގެ ގާނޫނުތައް ކަމަށް ޒިޔާދު ވިދާޅުވި އެވެ. ސަބަބަކީ އެ ގާނޫނުތައް ބޭނުން ނުކުރުން ކަމަށާ ބޭނުން ނުކުރާ އެއްޗެހި ބޮޑެތި އަގުގައި ވިކޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ޒިޔާދު ވިދާޅުވީ ގާނޫނުތަކުގެ ބޭނުން ނުކުރެވެނީ މިނިސްޓަރު އިހުސާން ފަދަ ބޭފުޅުން އެފަދަ މަގާމުތަކުގައި ތިއްބަވާތީ ކަމަށެވެ. ޚާއްސަކޮށް ޒާތީ މައުލޫމާތު ގެ ބިލު ތަންފީޒު ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކް ހަވާލު ކުރުން ފަދަ ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. 

މިނިސްޓަރު އަލީ އިހުސާންޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުޕީއެންސީވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
15 ޖޫން 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް

15 ޖޫން 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
15 ޖޫން 2026

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު