Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ނަޝީދު

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ހިންގާ ބޭއިންސާފު ކަންކަމާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނަވާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެމްޑީޕީން އަބަދުވެސް ސަރުކާރު ފާރަވެރިކަމާއެކު ބަލަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި. މީގެ އިތުރުން، އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ޕާޓީގެ މެމްބަރުން ކުރެއްވި މަސައްކަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2026 | ހުކުރު 18:53
އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު | ރާއްޖެ އެމްވީ

މި ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސިދާ ޙަރަކާތަށް ނުކުންނަވާނެކަމަށް އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވި އުފާ ފާޅުކުރުމުގެ ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށާއި، މިއީ އެންމެހާ ރައްޔިތުންގެ ޤައުމު ކަމަށެވެ. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ރައްޔިތުންގެ ތަނަވަސްކަމާއި މިނިވަންކަމަށްޓަކައި އެމްޑީޕީން އަބަދުވެސް ތެދުވާނެ ކަމުގެ ޔަޤީންކަން ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

Advertisement - newsAdvertisement

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، މި އިންތިޚާބުގެ ތެރޭގައި ސަރުކާރުގެ އެސްއޯއީތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ މުވައްޒަފުންނާ މެދު ވަޒީފާގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. މިފަދަ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް އެމްޑީޕީން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށާއި، އެއްވެސް ޙާލެއްގައި ފަހަތަކަށް ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ ބޭއިންސާފު ކަންކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މިކަންކަމާ ދެކޮޅަށް އެމްޑީޕީން ސީދާ ޙަރަކާތަށް ނުކުންނާނެ ކަމުގެ އިންޒާރު ދެއްވަމުން، ސަރުކާރުން ކުރާ ކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި، ސަރުކާރަށް އަބަދުވެސް ފާރަވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

  ސަރުކާރުން ޖެހޭނީ ބޭއިންސާފުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން، އެމްޑީޕީން ސީދާ ޙަރަކާތަށް ދާނަން. އަޅުގަނޑުމެން ތިބޭނީ ސަރުކާރުން ކުރާ ކަންކަން ބަލަބަލަ، އަދި ސަރުކާރަށް އަބަދުވެސް ފާރަވެރިވާނަން.
އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު 

އިންތިޚާބުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތްތަކަށް ރައީސް ނަޝީދު ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ރައީސް ނަޝީދު އަދާކުރެއްވި އެވެ.

މީގެ އިތުރުން، އެމްޑީޕީއަކީ އެންމެންގެ ޕާޓީއެއްކަން ފާހަގަކުރައްވައި، އިންތިޚާބުގައި ވާދަކުރެއްވި މީކާއީލް އަހުމަދު ނަސީމަށްވެސް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. އަދި ސިޔާސީ ދާއިރާއަށް އަލަށް ކުރިމަތިލާ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ، ޕާޓީގެ ކުރިމަގަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މުހައްމަދު ނަޝީދުއެމްޑީޕީޑަބްލިއު މޯލްޑިވްސްފައްޔާޒް އިސްމާއިލްމީކާއިލް އަހުމަދު ނަސީމް

އިތުރަށް ކިޔާލަން

12 ޖޫން 2026

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

12 ޖޫން 2026
ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!
12 ޖޫން 2026

ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

12 ޖޫން 2026
ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!
12 ޖޫން 2026

ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް

12 ޖޫން 2026
ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް
12 ޖޫން 2026

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު

12 ޖޫން 2026
އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު
12 ޖޫން 2026

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!

12 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު