Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި

އިޒްރޭލުން ހިފާފައިވާ ޖައްފާ ސަރަހައްދުގެ މުހިންމު ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ޔަމަނުގެ ހޫތީން ވަނީ ބުނެފައެވެ. ފަލަސްޠީނާއި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އުދުވާނާ ގުޅިގެން، ރަތް ކަނޑުން އިޒްރޭލުގެ އުޅަނދުތައް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށްވެސް އެ ޖަމާއަތުން ހާމަކުރެއެވެ. މީގެ އިތުރުން، ޣައްޒާގެ ހަނގުރާމަ ހުއްޓާނުލަނީސް އިޒްރޭލުގެ މަސްލަހަތު އޮތް ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ހޫތީން ވަނީ ދީފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 08:02
ހޫތީންގެ ހަނގުރާމަވެރި އޮފިސަރަކު ހަމަލާ ދޭ މަންޒަރު ފެންނަ ފޮޓޯއެއް.

ހޫތީންގެ ހަނގުރާމަވެރި އޮފިސަރަކު ހަމަލާ ދޭ މަންޒަރު ފެންނަ ފޮޓޯއެއް. | ރޮއިޓާސް

އިޒްރޭލް އަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް، ޔަމަންގައި ޙަރަކާތްތެރިވާ ހޫތީން އިން ކަށަވަރު ކޮށްދީފި އެވެ.

ހޫތީން އިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އިޒްރޭލް އިން ހިފާފައިވާ ޖައްފާ ސަރަހައްދުގައި ހުރި އިޒްރޭލްގެ ނާޒުކު އަދި މުހިންމު ތަންތަނަށެވެ.

ޓެލެގްރާމް މެދުވެރިކޮށް ހޫތީން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރަތް ކަނޑުގެ ތެރެއިން އިޒްރޭލްގެ އުޅަނދު ފަހަރު ދަތުރު ކުރުން މިހާރު މުޅިން މަނާ ކޮށްފައިވާ ކަމަށެވެ. އަދި އިޒްރޭލް އިން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރާ ނަމަ، އެއަށްވުރެ ވަރުގަދަ ރައްދު ހަމަލާ ތަކެއް ހޫތީންގެ ފަރާތުން ކުރިމަތި ވާނެ ކަމުގެ އިންޒާރު ވެސް އެ ޖަމާއަތުން ވަނީ ދީފައި އެވެ.

މި ބަޔާނުގައި ހޫތީން އިން އިތުރަށް ބުނެފައި ވަނީ، ފަލަސްޠީނާއި، ޣައްޒާ އާއި އީރާން އާއި ލުބުނާން އަދި އިރާގުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބޭއިންސާފު އަމަލުތަކާއި، ކުރިމަތި ކުރުވާފައިވާ ހުރަސް ތަކަށް ބަލަހައްޓައިގެން އެ ޖަމާއަތް މަޑުން ނޯންނާނެ ކަމަށެވެ. އަދި މިއީ އިސްލާމީ ޖިހާދާއި، ދެކޮޅުވެރިކަމުގެ ރޫހުގައި ތިބި އެންމެހާ މުސްލިމުންނަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި އެ ޖަމާއަތުން ސިފަ ކޮށްފައިވެ އެވެ.

ހޫތީންގެ މި ހަމަލާ ތަކަކީ ސަރަހައްދީ ހަމަ ނުޖެހުން ތަކުގެ ތެރެއިން އިޒްރޭލް އަށް ދިން ސީދާ ހަމަލާ ތަކެކެވެ. އިޒްރޭލް އިން ޣައްޒާގައި ހިންގަމުންދާ އުދުވާނާ ގުޅިގެން ހޫތީން އިން ދަނީ މީގެ ކުރިން ވެސް ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލްއާ ގުޅުންހުރި އުޅަނދު ފަހަރަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ނަމަވެސް މިފަހަރުގެ ހަމަލާއަކީ ސީދާ އިޒްރޭލްގެ އެތެރޭގެ ސަރަހައްދު ތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއްކަން ފާހަގަ ކުރެވެ އެވެ.

މި ހަމަލާއާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސް ވެފައިވާއިރު، ހޫތީން އިން ބުނަމުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާނުލަނީސް އެ ޖަމާއަތުގެ ހަމަލާތައް ވެސް ނުހުއްޓޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިޒްރޭލްގެ މަސްލަހަތު އޮތް ކޮންމެ ތަނަކަށް ހަމަލާ ދިނުމުގެ ގާބިލުކަން އެ ޖަމާއަތަށް ލިބިގެންވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޣައްޒާ ހަނގުރާމައިޒްރޭލްހޫޘީން

އިތުރަށް ކިޔާލަން

08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
08 ޖޫން 2026

އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި

08 ޖޫން 2026
އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި
08 ޖޫން 2026

ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

08 ޖޫން 2026
ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި
08 ޖޫން 2026

ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

08 ޖޫން 2026
ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ
08 ޖޫން 2026

އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

08 ޖޫން 2026
އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު