Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނަމަ، ކުރިއަށްވުރެ ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި. އިޒްރޭލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ބުނެ، އީރާނުން އިއްޔެ ވަނީ އެ ގައުމާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައި. އީރާނުން ދެކޭގޮތުގައި ލުބުނާނުގައި ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަކީ އެ ގައުމާވެސް ގުޅިފައިވާ ކަމެއް.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 11:52
ބޭރޫތުގެ ދެކުނު ސަރަހައްދުގެ އެޕާޓްމަންޓަކަށް އާދީއްތަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއް އަމާޒުވި ސަރަހައްދުގައި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ.

ބޭރޫތުގެ ދެކުނު ސަރަހައްދުގެ އެޕާޓްމަންޓަކަށް އާދީއްތަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއް އަމާޒުވި ސަރަހައްދުގައި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ. | އީޕީއޭ

އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ކޮމާންޑް ކަމަށްވާ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒްއިން ނެރުނު ބަޔާނެއްގައި، އެ ގައުމުގެ ހަތިޔާރު އެޅި ފައުޖުތަކުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް މިހާރު ހުއްޓާލާފައިވާކަން އިއުލާނުކޮށްފިއެވެ.

ނަމަވެސް، އެ ބަޔާނުގައި އީރާނުން ވަނީ އިންޒާރެއްވެސް ދީފައެވެ. އެގޮތުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތައް ހިމެނޭހެން އިޒްރޭލުން ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ، ކުރިއަށްވުރެ މާ ވަރުގަދަ އަދި ނުރައްކާތެރި ރައްދެއް އީރާނުން ދޭނެ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.

އީރާނުން އިޒްރޭލާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއީ އިޒްރޭލުން ލުބުނާނުގެ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ފެށި އޮޕަރޭޝަނެކެވެ. އީރާނުގެ މި ހަމަލާތަކާ ގުޅިގެން އިސްރާއީލުންވެސް ވަނީ އީރާނަށް ރައްދު ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ސިޔާސީ އަދި އަސްކަރީ އިސް އޮފިޝަލުން އިއްޔެ އިރުއޮއްސުނު ވަގުތު ވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވަމުންދާ ކަމަށް ބުނެފައެވެ. އަދި އެފަދަ އަމަލުތަކަށް އަސްކަރީ ގޮތުން ރައްދު ދޭނެ ކަމުގެ އިންޒާރުވެސް އެ އޮފިޝަލުން ވަނީ ދެއްވާފައެވެ.

އީރާނުން ގަބޫލުކުރާ ގޮތުގައި ލުބުނާނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަކީ، އީރާނާއެކުވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމެއްގެ ބައެކެވެ.

އީރާންއިޒްރޭލްލުބުނާންބެއިރޫތުއީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

08 ޖޫން 2026

ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި

08 ޖޫން 2026
ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި
08 ޖޫން 2026

އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

08 ޖޫން 2026
އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި
08 ޖޫން 2026

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި
08 ޖޫން 2026

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

08 ޖޫން 2026
އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު