Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވަރލްޑް ކަޕް

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

އެމެރިކާގައި ބާއްވާ ވަރލްޑް ކަޕްގައި ވާދަކުރުމަށް އީރާނުގެ ގައުމީ ޓީމު މެކްސިކޯގެ ޓިހުއާނާއަށް ގޮސްފައިވަނީ ތުރުކީގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހުގައި. އެމެރިކާގެ ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އީރާނުން އެމެރިކާގެ ބަދަލުގައި މެކްސިކޯގައި ކޭމްޕްކުރަން ނިންމިއިރު، ޓީމުގެ ބައެއް އޮފިޝަލުންނަށް އަދިވެސް ވިސާ ނުލިބޭކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނޭ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އީރާނުން ނިއުޒީލެންޑް، ބެލްޖިއަމް އަދި މިސްރާ ދެކޮޅަށް ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައި.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 07:30
މެޗު ފެށުމުގެ ކުރިން އީރާންގެ ގައުމީ ޓީމުގެ ކުޅުންތެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން.

މެޗު ފެށުމުގެ ކުރިން އީރާންގެ ގައުމީ ޓީމުގެ ކުޅުންތެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން. | ރޮއިޓާސް

އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ތިން މެޗެއް ކުޅުމަށްޓަކައި، އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މެކްސިކޯގެ ޓިހުއާނާއަށް ގޮސްފިއެވެ. މި ދަތުރު މިދިމާވީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސިޔާސީ ގޮތުން ހިޔާލުތަފާތުވުން އުފެދިފައިވާ ދެ ގައުމުގެ މެދުގައި ނުފޫޒު ގަދަކުރުމުގެ ކުރިމަތިލުމަކަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ.

ވޭތުވެދިޔަ ތިން ހަފުތާގައި ތުރުކީވިލާތުގައި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، އީރާނުގެ ޓީމު މެކްސިކޯގެ މި ސިޓީއަށް އައިސްފައިވަނީ އާދިއްތަ ދުވަހުއެވެ. ޓިހުއާނާއަކީ އެމެރިކާގެ ސެން ޑިއޭގޯއާ ބޯޑަރު ހިއްސާކުރާ، ބޯޑަރުގެ އަނެއް ފަރާތުގައި އޮންނަ ސިޓީއެކެވެ.

އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފަހު ވަގުތު ޓީމުގެ ބޭސް ކޭމްޕް އެމެރިކާގެ އެރިޒޯނާއިން މެކްސިކޯއަށް ބަދަލުކުރަން ނިންމީ، އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ވިސާ ލިބޭނެކަމުގެ ޔަގީންކަން ނެތުމުގެ ސަބަބުންނެވެ.

އީރާނުގެ ފުރަތަމަ މެޗު ފެށުމަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް، މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވިސާ ދޫކޮށްފައެވެ. ނަމަވެސް، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނި ގޮތުގައި ޓީމުގެ ސަޕޯޓް ސްޓާފުންގެ ތެރެއިން ބައެއް މެންބަރުންނަށް ވިސާ ދީފައެއް ނުވެއެވެ. މީގެ ތެރޭގައި މެނޭޖްމަންޓާއި އިދާރީ ދާއިރާގެ މުހިންމު އިސް ފަރާތްތައް ހިމެނެއެވެ.

މުބާރާތުގެ ގްރޫޕް 'ޖީ' ގައި ހިމެނޭ އީރާނުގެ ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖެލިސް ކައިރީގައެވެ. އެގޮތުން ޖޫން 15 ވަނަ ދުވަހު ނިއުޒީލެންޑާ ދެކޮޅަށް ކުޅުމަށްފަހު، ޖޫން 21 ވަނަ ދުވަހު ބެލްޖިއަމާ ދެކޮޅަށް އެ ޓީމު ނުކުންނާނެއެވެ. އަދި އީރާނުގެ ފަހު މެޗުގައި ޖޫން 26 ވަނަ ދުވަހު ސިއެޓްލްގައި ބައްދަލުކުރާނީ މިސްރާއެވެ.

ވަރލްޑް ކަޕްއީރާންމެކްސިކޯޓިހުއާނާއީރާން-އެމެރިކާވަރލްޑް ކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
ޔަމާލް، ވިލިއަމްސް އަދި މުނޯޒް ވޯލްޑް ކަޕް ފުރަތަމަ މެޗަށް ފިޓް

ޔަމާލް، ވިލިއަމްސް އަދި މުނޯޒް ވޯލްޑް ކަޕް ފުރަތަމަ މެޗަށް ފިޓް

08 ޖޫން 2026
"މިއީ އަހަރެމެންގެ ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ މުބާރާތެއް"

"މިއީ އަހަރެމެންގެ ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ މުބާރާތެއް"

08 ޖޫން 2026
އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

07 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު