Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަމުގެ މައްސަލަ

އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު

އިންތިޚާބުތަކާ ދިމާކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ވާހަކަ ސަރުކާރުން ދައްކަނީ ރައްޔިތުންގެ ޖަޒުބާތާ ކުޅެ ނާޖާއިޒް ފައިދާ ނެގުމަށް ކަމަށް ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތްކުރާ ޔޫނިއަންތަކުން ބުނެފި. އިންތިޚާބު ނިމުމުން ގޯއްޗާއި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ހުއްޓިފައިވާތީ، އުސޫލުތަކުގެ ތެރެއިން އެތަންތަން ރައްޔިތުންނާ ހަވާލުކުރުން އަވަސްކުރުމަށް އެ ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފަ. ސަރުކާރުން މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭކަން ވެސް އެ ފަރާތުން ފާހަގަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޖޫން 2026 | ހޮނިހިރު 18:35
ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު

ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު | ރާއްޖެއެމްވީ

އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރެފަރެންޑަމް އިންތިޚާބާ ދިމާކޮށް، ގޯއްޗާ ފްލެޓް ހަވާލުކުރާ ވާހަކަތަކުގެ އަޑު ގަދަވި ކަމަށާއި ނަމަވެސް މިހާރު އިންތިޚާބުތައް ނިމުމުން އެ ވާހަކަ ދައްކާނެ މީހަކު ވެސް ސަރުކާރުގައި ނެތް ކަމަށް  ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޮބާހު ވިދާޅުވީ ނިމިގެން ދިޔަ ކައުންސިލް އިންތިޚާބު ބޯމަތިވެގެން އައި އިރު، ފޭސް 3 ހިއްކާ ވާހަކަ އާއި، ގުޅީފަޅު ހިއްކާ ވާހަކައިގެ އަޑު ގަދަ ވެގެން ދިޔަ ކަމަށެވެ. އަދި އިންތިޚާބާ ވަރަށް ގާތްވެފައި ވަނިކޮށް ކުއްލިއަކަށް ފޭސް 3 އިން ގޯތި ލިބިފައި ތިބި މީހުންގެ ރަޖިސްޓްރީ ހައްދައިދޭ ވާހަކައިގެ އަޑުތައް ވެސް ގަދަވި ކަމަށާ އިންތިޚާބު ކައިރިވަމުން ދިޔަ ވަރަކަށް ގޯތި ހަވާލު ކުރާ ވާހަކަ ވެސް ސަރުކާރުން ދެއްކި ކަމަށެވެ.

Advertisement - newsAdvertisement

ސޮބާހު ވިދާޅުވީ އެހެން ނަމަވެސް އަސްލު ހަގީގަތުގައި ސަރުކާރުން ކުރި ކަމަކީ ރައްޔިތުންގެ ހުރި އެންމެ ބޮޑު މުހުތާދުގެ ނާޖާއިޒް ފައިދާ ނަގައި ރައްޔިތުންގެ ޖަޒުބާތާ ކުޅުން ކަމަށެވެ. 

މިހެން އަސްލު ކަންތައްތައް ކޮށްގެން ނުވާނެ ސަރުކާރުން. އަނެއްކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް ވައުދުވެވަޑައިގެންފަ ވަނީ އެ ލިބިފަ ހުރި ތަނަކުން އެ ލިބުނު ގޯއްޗެއް، ލިބުނު މީހަކަށް ދެއްވާނެ ކަމަށް. އަދި އެ ލިބިފަ ހުރި ތަނެއްގަ އެމީހަކު ބޭނުން ޑިޒައިނަކަށް، ބޭނުން އުސް މިނަކަށް ހައްދަވައިދެއްވާނެ ކަމަށް. މި ހުރިހާ ވާހަކައެއް ދައްކަވާފަ މި ވެރިކަމަށް ތިން އަހަރު ވެގެންދާއިރު އެއްވެސް ބޯހިޔާވަހިކަމުގެ ކަމެއް އަސްލު ހަގީގަތުގައި ނެތް ފެށިފައެއް ވެސް. ނުފެށުން ތަނުގައި، ރައްޔިތުންނަށް ކުރީ ސަރުކާރުން ކަށަވަރު ކޮށްދީފަ މިހިރަ ބޯހިޔާވަހިކަން ހަވާލުވެސް  ނުކުރޭ. 
ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު

އޭނާ ވިދާޅުވީ ގޯއްޗާއި ފްލެޓް ހަވާލު ކުރުމުގައި ވެސް ސަރުކާރުން ބަލަނީ ރައްޔިތުންގެ އެންމެ ބޮޑު މުހުތާދުން ނެގެން އޮތީ ކޮން ފައިދާއެއް ތޯ ކަމަށެވެ. އަދި އެއަށްފަހު އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ވާހަކަތައް ދައްކަނީ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ. 

މިސާލަކަށް ބައްލަވާ ފޭސް 3. ފޭސް 3 ގަ އިން ވަކި ކޮށްފަ، ގޯތިތައް ހަވާލުކުރުމުގެ މަރުހަލާއެއް ވެސް ފެނިގެން ދިޔަ އިންތިޚާބާ ކައިރި ވެފަ އޮއްވާ. އެކަމު އިންތިޚާބު ނިމުމަށްފަހު ދެން އޭގެ ވާހަކަ ދައްކާނެ މީހަކު ވެސް ނެތް.  މިވަރަށް ރައްޔިތުންގެ ހުރި މުހިއްމު، އަސާސީ ބޭނުމެއްގެ ނާޖާއިޒް ފައިދާ ނަގާކަށް ނުވާނެ. އެހެންވީމަ އަޅުގަނޑުމެން އަސްލު ހަގީގަތުގައި ސަރުކާރަށް ގޮވާލަން މިކަން ކުރައްވާ ކަމަށް ވަންޏާ، ރައްޔިތުންނަށް އެ ދޭންޖެހޭ ބޯހިޔާވަހިކަމާ ގޯއްޗާ، އެ އޮންނަ އުސޫލުން އެކަން ކުރައްވާށޭ.
ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު

ސޮބާހު ވިދާޅުވީ ރައްޔިތުންގެ އަސާސީ ބޭނުންތަކުގެ ނާޖާއިޒް ފައިދާ ނެގުމަށް ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް އެ ފަދަ ވާހަކަދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާ، އެފަދަ ކަންކަމަށް ރައްޔިތުން މިހާރު ނުވެސް ހެއްލޭ ކަމަށެވެ. 

ސަރުކާރުގެ މި އަމަލުތަކުން އެންމެ ބޮޑު ތަކުލީފުތަކެއް ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށާ އޮންނަ އުސޫލުތަކުގެ ތެރެއިން ފްލެޓްތަކާ ގޯތިތައް ދިނުން އަވަސް ކުރުމަށް ވެސް ސޮބާހު ގޮވާލެއްވި އެވެ. 

ސޮބާހު ރަޝީދުޑރ. މުޙައްމަދު މުޢިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026ގުޅީފަޅުބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
13 ޖޫން 2026

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ
12 ޖޫން 2026

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު

12 ޖޫން 2026
އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު
11 ޖޫން 2026

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

11 ޖޫން 2026
ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު
11 ޖޫން 2026

އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް

11 ޖޫން 2026
އެމްޑީޕީއަކީ ހަމައަކާއި ސިޔާސަތެއް އޮންނަ ޕާޓީއެއް، މިއީ ބަޔަކު ބޭނުންވާއިރަށް ރޫޅާފައި ރާވަން އޮންނަ ޕާޓީއެއް ނޫން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު