Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް އިންޒާރު ދީފައި ވަނިކޮށް، އިޒްރޭލް އިން އީރާން އަށް ހަަމަލާ ދީފި

އީރާން އަށް އަލުން ހަމަލާ ނުދިނުމަށް ޓްރަމްޕް ވަނީ، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ވެސް އަންގަވާފައި. އަދި ނަތަންޔާހޫ އެކަން ޤަބޫލު ކޮށްފައިވާ ކަމަށް ވެސް އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވޭ. ނަމަވެސް، އެކަމަށް ފުރަގަސްދީ، ޓްރަމްޕްގެ ގޮވާލުމަށް ދެކޮޅު ހަދައި އިޒްރޭލް އިން މި ވަނީ އީރާން އަށް ހަމަލާ ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 05:50
އެމެރިކާ އާއި އިޒްރޭލް އިން މީގެ ކުރިން އީރާން އަށް ހަމަލާ ދީފައިވާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް.

އެމެރިކާ އާއި އިޒްރޭލް އިން މީގެ ކުރިން އީރާން އަށް ހަމަލާ ދީފައިވާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް. | ރޮއިޓާސް

އިޒްރޭލް އިން އީރާންގެ ވެރި ރަށް ތެހްރާން އާއި ތަބްރީޒް އަދި އިސްފަހާން އަށް ވައިގެ ހަމަލާ ތަކެއް ދީފި އެވެ.

މި ހަމަލާތައް ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހަމަލާތައް ހުއްޓާލުމަށާއި، އީރާން އަށް ހަމަލާ ނުދިނުމަށް އިޒްރޭލް އަށް އަންގާފައި ވަނިކޮށެވެ. ޓްރަމްޕް އަންގާފައި ވަނީ، އީރާން އިން ދިން ހަމަލާ ތަކުގެ ރައްދު އިޒްރޭލް އިން ނުދިނުމަށެވެ.  

އިޒްރޭލް އިން ލުބުނާންގެ ވެރި ރަށް ބެއިރޫތަށް ދިން ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާން އިން ވަނީ އިޒްރޭލް އަށް ހަމަލާ ތަކެއް ދީފައި އެވެ. މި ހަމަލާ ތަކުގެ ސަބަބުން އެ ސަރަހައްދުގެ ޙާލަތު އިތުރަށް ގޯސްވެ، ބައިނަލްއަޤުވާމީ މުޖުތަމައުން ވަނީ ކަންބޮޑުވުން ވެސް ފާޅު ކޮށްފައި އެވެ. 

އިޒްރޭލް އިން އީރާންގެ މި ތިން ސިޓީ އަށް ދިން ހަމަލާ ތަކުގައި، އެ ގައުމުގެ މުހިންމު ލަނޑު ދަނޑި ތަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހަމަލާ ތަކުގައި މަރުވެފައި ވަނީ ކިތައް މީހުން ކަމެއް، އަދި ހަމަލާ ތަކުގައި ލިބިފައިވާ ގެއްލުމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. 

އީރާން އަށް އަލުން ހަމަލާ ނުދިނުމަށް ޓްރަމްޕް ވަނީ، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ވެސް އަންގަވައިފަ އެވެ. އަދި ނަތަންޔާހޫ އެކަން ޤަބޫލު ކޮށްފައިވާ ކަމަށް ވެސް އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވެ އެވެ. ނަމަވެސް، އެކަމަށް ފުރަގަސްދީ، ޓްރަމްޕްގެ ގޮވާލުމަށް ދެކޮޅު ހަދައި އިޒްރޭލް އިން މި ވަނީ އީރާން އަށް ހަމަލާ ދީފައި އެވެ. 

މެދު އިރުމަތީގެ ސަރަހައްދުގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސް ވަމުންނެވެ. ލުބުނާންގެ ދެކުނުގައި އޮންނަ ބެއިރޫތަށް އިޒްރޭލް އިން ދިން ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާން އިން މިސައިލް ހަމަލާ ތަކެއް ދިނުމުން، އިޒްރޭލް އިން ވަނީ އީރާންގެ ސިޓީ ތަކަށް ވައިގެ ހަމަލާ ތަކެއް ދީފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލް-ލުބުނާންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

08 ޖޫން 2026

އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި

08 ޖޫން 2026
އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި
07 ޖޫން 2026

އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

07 ޖޫން 2026
އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި
07 ޖޫން 2026

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި

07 ޖޫން 2026
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް "ޚާއްސަ މެސެޖެއް" ހަވާލުކުރައްވައިފި
07 ޖޫން 2026

އިޒްރޭލުން ލުބުނާނުގައި ހިޒްބުﷲގެ 150 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފި

07 ޖޫން 2026
އިޒްރޭލުން ލުބުނާނުގައި ހިޒްބުﷲގެ 150 އަށްވުރެ ގިނަ އަމާޒަކަށް ހަމަލާދީފި
07 ޖޫން 2026

އީރާން އާއި ޕާކިސްތާން އިން އިގްތިސާދީ ބަދަލު ތަކަށް 10 ބިލިއަން ޑޮލަރު އިތުރު ކުރަން އެއްބަސްވެއްޖެ

07 ޖޫން 2026
އީރާން އާއި ޕާކިސްތާން އިން އިގްތިސާދީ ބަދަލު ތަކަށް 10 ބިލިއަން ޑޮލަރު އިތުރު ކުރަން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު