Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މެދު އިރުމަތީގެ ސުލްޙަ ޤާއިމު ކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި: ޓްރަމްޕް

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއި އިޒްރޭލް އިން އޭނާ މެދުވެރިވެގެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް. އަދި މިހާރު ކުރިއަށް ދަނީ ވަރަށް ރަނގަޅު އެއްބަސްވުމެއްގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މި އެއްބަސްވުމަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖޫން 2026 | އަންގާރަ 06:13
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

މެދު އިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އީރާން އާއި އިޒްރޭލްއާ ދެމެދު ބަދަލު ކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވުމާ ގުޅިގެންނެވެ.

އެންބީއޭ ފައިނަލް މެޗެއް ބައްލަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއި އިޒްރޭލް އިން އޭނާ މެދުވެރިވެގެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ވަރަށް ރަނގަޅު އެއްބަސްވުމެއްގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށާއި، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މި އެއްބަސްވުމަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލު ކުރަމުން ގޮސްފައިވެ އެވެ. އީރާން އިން ބުނަމުން ދަނީ ކޮންމެ ސުލްހައިގެ އެއްބަސްވުމެއްގައި ވެސް ލުބުނާންގެ މައްސަލަ ހިމަނަން ޖެހޭނެ ކަމަށެވެ. މިދިޔަ އާދިއްތަ ދުވަހު އީރާން އިން އިޒްރޭލް އަށް މިސައިލް ހަމަލާ ތަކެއް ފޮނުވާލުމާ ގުޅިގެން، އެމެރިކާ އިން ވަނީ ރައްދު ހަމަލާ ނުދިނުމަށް އިޒްރޭލް އަށް އަންގައިފަ އެވެ. ނަމަވެސް، އިޒްރޭލް އިން ރައްދު ހަމަލާ ދީފައިވެ އެވެ. 

އީރާން އިން އަސްކަރީ ހަރަކާތްތައް ހުއްޓާލިކަން އިއުލާން ކުރުމާ އެކު، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެ ސަރަހައްދުގައި އޮތް ނުރައްކާ މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އިޒްރޭލް އިން ލުބުނާން އަށް ހަމަލާދޭ ނަމަ އަލުން ހަމަލާދޭނެ ކަމުގެ އިންޒާރު އީރާން އިން ވަނީ ދީފައި އެވެ. މީގެ ރައްދުގައި ނަތަންޔާހޫ ވިދާޅުވީ އީރާން އިން އަލުން ހަމަލާ ދީފި ނަމަ، އެންމެ ބާރު މިނުގައި ރައްދު ހަމަލާ ދޭނެ ކަމަށެވެ.

އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވީ، ލުބުނާންގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް މެދު ނުކެނޑި ކުރިއަށް ދާނެ ކަމަށެވެ. އަދި ހިޒްބުالله އިން އިޒްރޭލްގެ އުތުރަށް ދޭ ކޮންމެ ހަމަލާއެއްގެ ރައްދުގައި، ލުބުނާންގެ ވެރި ރަށް ބެއިރޫތުގެ ދެކުނު ސަރަހައްދު ތަކަށް ހަމަލާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ޓްރަމްޕް އާއި ނަތަންޔާހޫއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކްސިއޯސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިޒްރޭލް އިން އީރާން އަށް ވަރުގަދަ ހަމަލާ ތަކެއް ދޭން ތައްޔާރުވަމުން ދަނިކޮށް ޓްރަމްޕް ވަނީ ނަތަންޔާހޫ އަށް ގުޅުއްވައި އެކަން ހުއްޓުވާފައި އެވެ. ޓްރަމްޕް ނަތަންޔާހޫ އަށް އިންޒާރު ދެއްވީ މިކަމުގައި ސަމާލު ނުވެއްޖެ ނަމަ، އެމެރިކާގެ އެހީތެރިކަމާ ނުލައި އިޒްރޭލް އިން އެކަނި ހަނގުރާމައާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލްއާ ދެމެދު ގިނަ އެއްބަސްވުން ތަކެއް އޮތް ނަމަވެސް، ބައެއް ކަންކަމުގައި ދެ ގައުމުގެ ވިސްނުން ތަފާތުވާ ހާލަތްތައް އަންނަ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ސުލްހައިގެ މަޝްވަރާ ތަކަށް ހުރަސް އެޅޭނީ "ޖާހިލުކަމާއި މޮޔަކަމުގެ" ސަބަބުން ކަމަށެވެ. ނަމަވެސް ނަތަންޔާހޫ ވިދާޅުވަމުން ދަނީ އަމިއްލަ ދިފާއުގައި ހަމަލާ ދިނުމުގެ ފުރިހަމަ ހައްގު އިޒްރޭލް އަށް ލިބިގެންވާ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

08 ޖޫން 2026
އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

08 ޖޫން 2026
އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި

އިޒްރޭލް އަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް ހޫތީން އިން ބުނެފި

08 ޖޫން 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު