Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް ނެތް: ޑރ.ޑީޑީ

4 މެއި 2026 | ހޯމަ 08:19

މި ސަރުކާރުން ގާނޫނުތަކާއި ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށި ނަމަވެސް، އެ އުސޫލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ނުކުރެވޭކަން ޑރ. ޑީޑީ ފާހަގަކުރެއްވި. ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ފަދަ މުހިންމު އުސޫލުތައް އަވަސްއަވަހަށް ބަދަލުކުރަމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. އަދި އެއް އަމާޒަކަށް ވާސިލުވުމުގެ ހަރުދަނާ ސިޔާސަތެއް މި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 4 މެއި 2026 | ހޯމަ 08:19
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވާހަކަދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވާހަކަދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި މިހާރު މިއޮތީ ދެއިރު ދެދަޅައަށް އުސޫލުތަކާއި، ގަވާއިދުތައް ބަދަލުކުރާ ސަރުކާރެއް ކަމަށާއި، އެއް އަމާޒަކަށް ކުރިއަށް ގެންދާ ސިޔާސަތެއް މިސަރުކާރުގެ ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޑީޑީ ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު އައުމާއެކު ހަރުދަނާ އުސޫލުތަކާއި، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތައް ފެށިގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އައު އުސޫލެއް ހެދުމަށްފަހު މާ ގިނަ ދުވަހު އެއަށް އަމަލު ނުކުރެވޭ ކަމަށާއި، ދުވަސްކޮޅަކުން އަނެއްކާ ވެސް ކުރީގައި އޮންނަ ގޮތަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންނަށް ލުއިކޮށްދޭން ނުވަތަ ރައްޔިތުންގެ އެދުމުގެ މަތީން ބަދަލެއް ގަނައުމުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެ ގެންނަ އިސްލާހުތައް އަވަސްއަވަހަށް ބަދަލުވާތީ، އެކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ އުސޫލު އިރުއިރުކޮޅުން ބަދަލުވާތީ އެކަމުގެ ކަންބޮޑުވުން ޑރ.ޑީޑީ ފާޅުކުރެއްވި އެވެ.

ދެން އެ ބަދަލުކުރެއްވީ ކުރީގައި ހުރި ރައްޔިތުންގެ ޝަކުވާތަކަށް އަޑުއައްސަވާފައި އެއަށް ރަނގަޅު ހައްލެއް ހޯދަންތޯ؟ މައްސަލައެއް ނެތް. އެހެންކަމަށްވަންޏާ އެކަމަކު ތި ވިދާޅުވިހެން މިއަދު ބަދަލުކުރައްވާ އުސޫލު މާދަމާ އަނެއްކާ އެބަ ބަދަލުކުރައްވާ. އެހެންވީމާ، ސިޔާސީގޮތުން ކޮންމެ މަގުސަދެއް ހާސިލުކުރައްވަންތޯ އެ އުޅުއްވަނީ؟ ނުވަތަ މި ދޭތެރެއިން އެ އުސޫލަށް ބަދަލުކުރެއްވީ މިދިޔަ ލޯކަލް ކައުންސިލުން އިންތިޚާބަށް އަމާޒުކޮށް، އޭގެ ބޭނުން ހިފަންތޯ؟ ދެން މިހާރު އަނެއްކާ އެ ބަދަލުކުރައްވަނީ 2028 އަމާޒުކުރަންތޯ؟ މިއީ ދިވެހި ރައްޔިތުންނަށް ހަމަ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް. ކުރީ ސަރުކާރުތަކުން އަޅުގަނޑުމެންނަށް ފެނިގެންގޮސްފައެއް ނެތް. އެގޮތަށް އުސޫލުތަކެއް ބަދަލުކުރައްވަން ބަދަލުކުރަމުން ގެންދެވިތަނެއް. އެއީ ރައީސް ސޯލިހުގެ ސަރުކާރަށް ބެލިއަސް އަދި އޭގެ ކުރީގެ ސަރުކާރުތަކަށް ބެލިއަސް. މި ދޭއިރު ދެ ދަޅައަށް ކުރާ ކަމެއްހެން އުސޫލުތަކެއް ބަދަލުކުރަމުން ގެންދަވާފައެއް ނެތް އިނގޭތޯ. އެހެންވީމާ، ރައީސް މުއިއްޒުގެ ވިސްނުން މި ހުންނަނީ ދޭއިރު ދެ ދަޅައަށް އެކަން ކުރާ އުސޫލުން ބާވައޭ އަޅުގަނޑު ހިތަށްއަރަނީ. އެއްވެސް ކަހަލަ ހަރުދަނާ، ޒިންމާދާރުކަމެއް، އެއް އަމާޒަކަށް ކުރިއަށް ގެންދަވާ ސިޔާސަތެއް ހަމަ އެއްވެސް ދިމާލަކުން ފެނިގެނެއް ނުދޭން އިނގޭތޯ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ

ޑރ. ޑީޑީ ވިދާޅުވީ މިސަރުކާރުން ގަވާއިދާއި އުސޫލުތައް ބަދަލު ކުރުމުގައި ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ އެހެން މަގުސަދެއް އޮންނަ ކަމަށެވެ. އެކަން މިހާރު ރައްޔިތުންނަށް އެނގޭ ކަމަށާއި، އެކަންކަން ބަލައިނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.  

އިބްރާހިމް ދީދީބޯހިޔާވަހިކަންރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 މެއި 2026

ސިޔާސީ ބޭފުޅުން ނޫސްވެރިކަމުގެ އިމާއި، ހުދޫދު ކަނޑައަޅަނީ ދަމާ ރަބަރެއްގެ ގޮތުގައި!

04 މެއި 2026
ސިޔާސީ ބޭފުޅުން ނޫސްވެރިކަމުގެ އިމާއި، ހުދޫދު ކަނޑައަޅަނީ ދަމާ ރަބަރެއްގެ ގޮތުގައި!
02 މެއި 2026

ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް

02 މެއި 2026
ރަސްމާދޫގައި ގޯތި ދޫކުރުމަށް ބިމެއް ނެތް، ހައުސިންގ ޔުނިޓް މަޝްރޫއަށް ވާނުވާ ނޭނގޭ: ކައުންސިލްގެ ރައީސް އާސިފް
30 އެޕްރީލު 2026

މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް

30 އެޕްރީލު 2026
މިސަރުކާރުގައި މިހާތަނަށް މަޑުއްވަރި އަށް ލިބުނީ 6 ލޮރީގެ ވެލި: ކައުންސިލްގެ އިންތިޚާބީ ރައީސް ހުސެއިން ޝިހާމް
29 އެޕްރީލު 2026

900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު

29 އެޕްރީލު 2026
900 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ކަމަށް ބުނާއިރު، 650 މިލިއަން ޑޮލަރުގެ ދަރަނި ނެގީ މިސަރުކާރުން: މެންބަރު ޝަމްހީދު
28 އެޕްރީލު 2026

ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް

28 އެޕްރީލު 2026
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ނުހިންގާ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ނެތް ކަމަށް
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
25 އެޕްރީލު 2026

އިސްރާފު މަޝްރޫއުތަކާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ، މިއީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން: މެންބަރު ޝަމްހީދު

25 އެޕްރީލު 2026
އިސްރާފު މަޝްރޫއުތަކާއި، އިސްރާފު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލަން ޖެހޭ، މިއީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން: މެންބަރު ޝަމްހީދު
23 އެޕްރީލު 2026

18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.

23 އެޕްރީލު 2026
 18 އަހަރު ފުރޭ ކޮންމެ މީހަކަށް "ފަސްޓް ހޯމް" ދޭ، ރައީސްގެ ވައުދުފުޅު ބަދަލުވެއްޖެ.
22 އެޕްރީލު 2026

މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު

22 އެޕްރީލު 2026
މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު
20 އެޕްރީލު 2026

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟

20 އެޕްރީލު 2026
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ވަޒީރު ޝިޔާމް މަސައްކަތް ކުރައްވަނީ ޒިންމާއިން ރެކިވަޑައިގަންނަވަންތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް