Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެސިޓީގެ އިހުތިސާސް

ހުޅުމާލެ ހިމެނޭހެން މާލެސިޓީގެ އިހުތިސާސް ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާޒިމް ސަރުކާރަށް ގޮވާލައްވައިފި

ހުޅުމާލެ ހިމެނޭހެން މާލެ ސިޓީގެ އިހުތިސާސް ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައްވައިފި. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގުޅީފަޅާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މޭޔަރު ވަނީ އެދިވަޑައިގެންފައި. މީގެ އިތުރުން، މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ސަރުކާރާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 06:25
މޭޔަރު އާދަމް އާޒިމް

މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

 

ހުޅުމާލެ ހިމެނޭހެން މާލެ ސިޓީގެ އިހުތިސާސް މާލެ ސިޓީ ކައުންސިލަށް ދޫކޮށްލުމަށް މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބޭއްވި ރަސްމީ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވަނީ މާލެ ސިޓީގެ އިހުތިސާސްގެ މައްސަލައިގައި ސަރުކާރަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ.

އާޒިމް ވިދާޅުވީ ގްރޭޓަރ މާލޭގެ ތަރައްޤީއާއި ހިންގުންތެރިކަން ހަރުދަނާކުރުމަށްޓަކައި، ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސިޓީގެ އިހުތިސާސް ކައުންސިލުގެ ދަށަށް ދޫކޮށްލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ، ޤާނޫނުގެ ދަށުން ސަރުކާރަށް ލާޒިމުކުރާ މިކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މާލެ ސިޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވޭނީ މުޅި ސަރަޙައްދުގެ އިހުތިސާސް ކައުންސިލަށް ލިބިގެންކަން އާޒިމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް އެބައޮތް ސަރުކާރަށް ދަންނަވާލަން ޖެހޭ، އެއީ ގްރޭޓަރ މާލޭގެ ތަރައްޤީއާއި، ތަމައްދުންއާ ހިންގުންތެރިކަމާ ބެހޭގޮތުން. މި ސަރަޙައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއް އެއީ ހުޅުމާލެވެސް ހިމެނޭ ގޮތަށް ގްރޭޓަރ މާލޭގެ އިޙްތިސާސް މާލެ ސިޓީ ކައުންސިލުގެ ދަށަށް ދޫކޮށްލައިދެއްވުން، ޤާނޫނުގެ ދަށުން ކުރަން ސަރުކާރަށް ލާޒިމުކުރާ އެކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން ވަރަށް ބޮޑަށް އެދޭ އެދުމެއް.
މޭޔަރު އާދަމް އާޒިމް

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަން ފާހަގަކުރައްވައި، އެކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ވެސް މޭޔަރު ވަނީ ގޮވާލައްވާފައެވެ. އެގޮތުން މާލެއާ ގުޅިފައިވާ ސަރަޙައްދުތައް ކަމަށްވާ ގުޅީފަޅާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބްރިޖުން ގުޅާލެވޭ ސަރަޙައްދުތަކުގެ ބިން ހިއްކުމާއި، އެ ތަންތަނުގައި އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، މާލޭގެ ރައްޔިތުން އުފުލަމުންދާ ދިރިއުޅުމުގެ ބޮޑު ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ އެންމެންގެ އަމާޒަކަށް ވާންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މާލެއަކީ ގިނަގުނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ސިޓީއަކަށް ވުމުން، މި މައްސަލަތައް ޙައްލުކުރުމަށްޓަކައި ކައުންސިލަރުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭނެ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މާލޭގެ ބޯހިޔާވަހިކަމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންތައްކަންވެސް ހަނދާންކޮށްދެން، އަދި މާލެއާ ގުޅިފައިވާ ސަރަޙައްދުތައް ހިއްކައި، އެކަން އަވަސްކޮށް، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މި މައްސަލަ އަވަހަށް ޙައްލުކޮށްދިނުމަކީ އަޅުގަނޑުމެން ސަރުކާރުގައި ވަރަށް ބޮޑަށް އެދޭ އެދުމެއް، އެގޮތުގެ މަތިން ގްރޭޓަރ މާލެ ސަރަޙައްދުގެ ގުޅީފަޅާއި، ގިރާވަރުފަޅާއި އުތުރުތިލަފަޅު، އާދެ ބްރިޖުން ގުޅާލެވޭ ސަރަޙައްދުތައް ހިއްކުން އަވަސްކޮށްދެއްވައި، އަދި ފްލެޓުގެ މަސައްކަތްތައް އަވަސް ކޮށްދެއްވައި މާލެއަށް ދިމާވެފައިވާ މިއޮއް ބޮޑު ދިރިއުޅުމުގެ ދަތިކަން ޙައްލު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާން ޖެހޭ.
މޭޔަރު އާދަމް އާޒިމް

މޭޔަރު އާޒިމްގެ ވާހަކަފުޅު ނިންމަވައިލެއްވީ، މާލެ ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ. އަދި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މާލެއަކީ ދިރިއުޅެން ފަސޭހަ، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ކައުންސިލުން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

އާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްހުޅުމާލެ ގުޅީފަޅުގިރާވަރުފަޅުބޯހިޔާވަހިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

މާލޭ ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކުގެ އަސަރު މުޅި ރާއްޖޭގެ އިންތަކަށް ފޯރާނެ: އާޒިމް

17 މެއި 2026
ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

ހައިވޭގައި ސައިކަލެއް ކަހާލައިގެން ވެއްޓި ޕިކަޕެއް ދަށުވެ މީހަކު މަރުވެއްޖެ

13 މެއި 2026
ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!

ޝަރުތު ހަމަ ނުވެގެން ލިސްޓުން ކެންސަލްވި މީހުންގެ ސީދާ އަދަދު އަދިވެސް މުޅިން ސާފެއް ނޫން، 3 މަސްކުރިން ވެސް ދިނީ އެ ޖަވާބު!

12 މެއި 2026
ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

11 މެއި 2026
އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!

އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!

10 މެއި 2026

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު