Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ޚާމަނާއީ ފަސްދާނުލުމުގެ ތާވަލު އިއުލާނުކޮށްފި

އީރާނުގެ ޝަހީދުވި ލީޑަރުގެ ވަދާއީ ރަސްމިއްޔާތުތަކާއި ޖަނާޒާގެ ކަންކަން ކުރިއަށްގެންދާނެ ތާވަލު އާންމުކޮށްފި. މިގޮތުން ޖުލައި 4 އިން 9 އަށް ތެހެރާނާއި ގުމް އަދި މަޝްހަދުގައި އެކި ރަސްމިއްޔާތުތައް ބޭއްވުމަށްފަހު، ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އިމާމް ރިޒާގެ މުގައްދަސް ރައުޟާގައެވެ. މި ހަފުލާތަކުގައި ބައިވެރިވުމަށް އާންމު ރައްޔިތުންނަށް ދައުވަތު ދީފައިވާއިރު، މިއީ ރައްޔިތުންގެ ބޮޑު ބައިވެރިވުމެއް ފެނިގެންދާނެ ދުވަސްތަކެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނޭ.

ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 10:56
އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ ހުސައިނިއްޔާގައި، 2024 ޖޫން 28 ވީ ހުކުރު ދުވަހު ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި، އީރާނުގެ ރޫހާނީ ލީޑަރު އަޔަތުއްލާ އަލީ ޚާމަނާއީ ވޯޓުލައްވަން ވަޑައިގަންނަވަނީ.

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ އިމާމް ޚުމައިނީ ހުސައިނިއްޔާގައި، 2024 ޖޫން 28 ވީ ހުކުރު ދުވަހު ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި، އީރާނުގެ ރޫހާނީ ލީޑަރު އަޔަތުއްލާ އަލީ ޚާމަނާއީ ވޯޓުލައްވަން ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އީރާނުގެ އިސްލާމީ އިންގިލާބުގެ ޝަހީދުވި ލީޑަރުގެ މަސައްކަތްޕުޅުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާ އޮފީހުން، އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީގެ މައްޗަށް ކުރެވޭ ކަށުނަމާދުގެ އިތުރުން ފަސްދާނުލުމުގެ ރަސްމިއްޔާތުތައް ކުރިއަށްދާނެ ތާވަލު އިއުލާނުކޮށްފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޝަހީދުވި ލީޑަރުގެ ހަށިކޮޅަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގެ ވަދާއީ ރަސްމިއްޔާތު އޮންނާނީ ޖުލައި މަހުގެ 4 އާއި 5 ގައެވެ. މިއީ ހިޖުރީ ގޮތުން މުހައްރަމް މަހުގެ 19 އާއި 20 ވަނަ ދުވަހެވެ. މި ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތެހެރާންގެ އިމާމް ޚުމައިނީ މިސްކިތުގައެވެ.

ޖުލައި މަހުގެ 6 ވަނަ ދުވަހު ތެހެރާންގައި ޖަނާޒާގެ ހިނގާލުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ޖުލައި 7 ވަނަ ދުވަހު މުގައްދަސް ރަށެއް ކަމަށްވާ ގުމްގައި ވެސް ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކަށުނަމާދު ޖުލައި މަހުގެ 9 ވަނަ ދުވަހު މުގައްދަސް ރަށެއް ކަމަށްވާ މަޝްހަދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.  އެ އޮފީހުގެ ބަޔާނުގައިވާ ގޮތުން، ޝަހީދުވި ލީޑަރު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އިމާމް ރިޒާ ގެ ރައުޟާ ގައެވެ.

މި ރަސްމިއްޔާތުތަކުގައި ބައިވެރިވެ، ޝަހީދުވި ލީޑަރަށް އަލްވަދާއު ކިޔުމަށްޓަކައި "އިއްޒަތްތެރި އަދި ލޮބުވެތި އެންމެހާ ރައްޔިތުންނަށާއި، ދުނިޔޭގެ މިނިވަންކަމަށް ލޯބިކުރާ ފަރާތްތަކަށާއި، އިސްލާމީ ފިކުރުގެ އަހުލުވެރިންގެ އިތުރުން އީރާނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް" އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ދައުވަތު ދީފައެވެ.

މި ރަސްމިއްޔާތުތަކާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން އިއުލާނުކުރާނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއިމާމް ޚުމެއިނީ މިސްކިތްއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮގާއި މަކަރު ހެދުމާއި ފުށުއަރާ ސިޔާސަތުތައް ތަކުރާރު ކުރުން ހުއްޓާލުމަށް އީރާނުން އެމެރިކާ އަށް ގޮވާލައިފި

ދޮގާއި މަކަރު ހެދުމާއި ފުށުއަރާ ސިޔާސަތުތައް ތަކުރާރު ކުރުން ހުއްޓާލުމަށް އީރާނުން އެމެރިކާ އަށް ގޮވާލައިފި

13 ޖޫން 2026
ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

13 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއްގައި ދެ ފަޅުވެރިން ގެއްލިއްޖެ

ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއްގައި ދެ ފަޅުވެރިން ގެއްލިއްޖެ

10 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު