Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް ރިޕޯޓް

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެންޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށް. މި ފައިސާ ލިބެންޖެހެނީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ލޯންޗް ދަތުރުތަކުންނާއި ތަކެތި ކުއްޔަށް ދީގެން. ކައުންސިލުން ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް ފޯނު ކުރުމާއި ސިޓީ ފޮނުވާފައިވީ ނަމަވެސް މާލިއްޔަތުގެ ގަވާއިދުގައިވާ އިތުރު ފިޔަވަޅުތައް ނާޅާކަން އޮޑިޓުން ފާހަގަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 13:30
ބ. އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ބ. އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | ސޯޝަލް މީޑިއާ

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެ އެވެ. 

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2023 އަދި 2024 ގެ ބ. އަތޮޅު ކައުންސިލް ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ލިބިފައިނުވުމާއި ނުލިބި ހުރި ފައިސާ ހޯދުމަށް މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅާފައި ނުވާ ކަން ފާހަގަ ކޮށްފަ އެވެ.

ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައި ވެ އެވެ. އަދި ލިބެން ޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ގަވާއިދުގައި ތަފްސީލު ކޮށްދީފައި ވެ އެވެ.

ނަމަވެސް ކައުންސިލްގެ އިދާރާ އިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނާ ލޯންޗް ދަތުރުތަކުން އަދި ތަކެތި ކުއްޔަށް ދީގެން 31 އޮކްޓޫބަރު 2025 ގެ ނިޔަލަށް ލިބެންޖެހޭ 2.1 މިލިއަން ރުފިޔާ (2،159،866) ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ. މީގެތެރޭގައި 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ އިދާރާ އަށް ނުލިބި ހުރި ފައިސާ ހިމެނޭކަން ފާހަގަ ކޮށްފައި ވެ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނީ ބ. އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކަށް ފޯނު މެދުވެރިކޮށް ފައިސާ ދެއްކުމަށް އެންގިފައިވާ ކަމަށާ ބައެއް ފަރާތްތަކަށް ސިޓީ ފޮުނުވާފައި ވީ ނަމަވެސް ފައިސާ ނުދައްކާ ހުރިހާ ފަރާތްތަކާ މެދު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިތުރު ފިޔަވަޅުތައް އެ ފަޔަވަޅެއް އަޅަންޖެހޭ މަރުހަލާތަކުގައި އަޅާފައި ނުވާ ކަމަށެވެ. 

31 އޮކްޓޫބަރު 2025 ގެ ނިޔަލަށް ނުލިބި ހުރި ފައިސާ ގެ ތެރެއިން ބައެއް ތަފްސީލުތައް

  • ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ މެޝިނަރީ ގަތުމުގެ މަސައްކަތަށް ދީފައިވާ އެޑްވާންސް ފައިސާ ގެ ގޮތުގައި ލިބެން ޖެހޭ 703،575
  • މަރިޔާދުގެ ކުލީގެ ގޮތުގައި 1 ނޮވެމްބަރު 2021 އިން ފެށިގެން ނުލިބޭ ފައިސާ 134،400
  • ވިލިނގިލިފަރު ފިނޮޅުގެ ކުލީގެ ގޮތުގައި ލިބެން ޖެހޭ 652،780
  • ވިލިނގިލިފަރު ފިނޮޅުން ސީއެސްއާރް ގެ ގޮތުގައި ލިބެންޖެހޭ ފައިސާ (މި ފައިސާ ދައްކަން ޖެހެނީ 10 މެއި 2025 ގެ ކުރިން) 275،000

އޮޑިޓް ރިޕޯޓުގައި ބުނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ މެޝިނަރީ ގަތުމުގެ މަސައްކަތަށް ދީފައިވާ އެޑްވާންސް ފައިސާ ގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދުމަށް ކައުންސިލްގެ އިދާރާއިން 24 ޖުލައި 2024 ގައި ވަނީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ގޮތުން ގާނޫނީ ލަފާ ހޯދާފައިވާ ކަމަށެވެ. 

އެކަމާ ގުޅިގެން އެ އޮފީހުން ލަފާދީފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.24 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހޯދުމަށެވެ. އަދި ނުލިބި ހުރި ފައިސާގެ ހިސާބުތައް ލިޔެ ބަލަހައްޓައި، އެފަދަ ފައިސާ ހޯދުމުގެ ކަންތައްތައް އެ ގަވާއިދުގެ 5.26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް ވެސް އޮޑިޓް އޮފީހުން ލަފާ ދީފައި ވެ އެވެ. 

އޮޑިޓް އޮފީސްދައުލަތުގެ މާލިއްޔަތު ގަވާއިދުބ. އަތޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

އެކި ފަހަރު މަތިން ރިޕޯޓު ކޮށްގެން ވެސް ފިޔަވަޅެއް ނޭޅި، އޮޅުވާލައިގެން ބައްޕަގެ ނަމުގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި!

އެކި ފަހަރު މަތިން ރިޕޯޓު ކޮށްގެން ވެސް ފިޔަވަޅެއް ނޭޅި، އޮޅުވާލައިގެން ބައްޕަގެ ނަމުގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި!

09 ޖެނުއަރީ 2026
ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި

ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި

07 ޖެނުއަރީ 2026
މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

07 ޖެނުއަރީ 2026
އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

އޭދަފުށީ ކައުންސިލް އަށް 2024 ވަނަ އަހަރު ލިބެން ޖެހޭ 342،702 ރުފިޔާ ނުލިބޭ, ޒިންމާ ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފި

29 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު