Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިރިމަރަދޫ-ހަނިމާދޫ

ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" : މިނިސްޓަރު އާދަމް ޝަރީފް

25 މާރިޗު 2026 | ބުދަ 10:47

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އުފެދިފައިވާ ސިޔާސީ އޮއިވަރެއް ކަމަށް. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ކުރީގެ މަރުހަލާތަކުގައި ކައުންސިލާއި ރައްޔިތުންނާއެކު ބޭއްވި މަޝްވަރާތަކުގައި އެފަދަ ކަންބޮޑުވުމެއް ފާހަގަކުރެވިފައެއް ނުވޭ. އަދި ދެ ރަށުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ގޮތަކަށް މި މައްސަލަ ހައްލުކޮށް، އަސާސީ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2026 | ބުދަ 10:47
ހދ. ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން.

ހދ. ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން. | ގޮއްކޮޅު

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމާ މެދު އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް" ކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. 

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މިމަސައްކަތުގެ ދަށުން ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ދެކޮޅަށް ހަނިމާދޫ ރައްޔިތުން ވަނީ މިމަހުގެ 14 ވަނަ ދުވަހު މުޒާހަރާ ކޮށްފަ އެވެ. އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ އަހުލުވެރިންނަށް ގޯތި ނުދީ، އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް އިސްކަން ދިނުން ކަމަށްވާއިރު، މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ހިރިމަރަދޫ މީހުންނަށް ގޯތި ދޭންވާނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ސަރަހައްދުން ގޯތި ދޫކޮށް ނިންމުމަށްފަހު ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތަކީ، މިނިސްޓްރީގެ އިޚްތިސާސްގެ ތެރޭގައި ސީދާ ހިމެނިފައިވާ މަސައްކަތެއް ނޫން ކަމަށާއި، ނަމަވެސް އަތޮޅުގެ ރަށްރަށުގައި ހިންގާ މި ބާވަތުގެ ކޮންމެ ކަމެއް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމުގައި ސިޔާސީ އޮއިވަރެއް ހިނގަމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެންމެ ފުރަތަމަ މަރުހަލާގައި ހަނިމާދޫއަށް މީހުން ބަދަލުކުރުމަށް ރައްޔިތުންނާއި ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެފަދަ މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. 

ނަމަވެސް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރާއިރު ހަނިމާދޫ އިން ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއެކު ކުރިއެރުންތަކެއް ހުރިކަން އޭރު ވެސް ފާހަގަކުރެވުނު ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މިހާރު ވެސް އެ ޚިދުމަތްތައް ރަނގަޅުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

 އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފެދިފައިވާ ނުތަނަވަސްކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިނގާ ސިޔާސީ ކަމެއް ކަމަށެވެ. 

ތި ވިދާޅުވި ގޮތަށް ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާ ގުޅިގެން އެތަނުގައި ސިޔާސީ އޮއިވަރެއް ހިނގަމުންދާ ކަމަށް ގަބޫލުކުރެވޭ. އެހެންނަމަވެސް، އެ މަސައްކަތް ހިނގަމުންދިޔައިރު އެކަން ވަރަށް ގާތުން ބެލި މީހެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ވާހަކަދެއްކި މަޝްވަރާ ކުރެވުނު އިރު، އަދި ކޮމިއުނިޓީ ކޮންސަލްޓޭޝަން ގެންދެވުނު އިރު ވެސް، ރައްޔިތުންނާއި އަދި ކައުންސިލާ ވެސް ބައްދަލުކުރުމުގައި ވެސް، އަޅުގަނޑު ވެސް އޭގެތެރޭގައި ބައިވެރިވެގެން މަސައްކަތްކުރިއިރުގައި އޭރަކު އެ މައްސަލަތަކެއް ފާހަގަކުރެވިފައެއް ނެތް. އަދި އޭރަކުވެސް އެކަންކަމަކީ ތި ވިދާޅުވާ ކަހަލަ މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރުމުގައި ދެ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް މައްސަލަ ހައްލު ކުރާނެ ކަމަށާއި، މިއީ ހައްލު ނުކުރެވޭވަރުގެ މައްސަލައެއް ނޫން ކަމަށެވެ.  އަދި ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި އެ މަސައްކަތް ފެށިގެން ދިއުމުން މައްސަލަަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށެވެ. 

ހިރިމަރަދޫހަނިމާދޫއާދަމް ޝަރީފު އުމަރުމިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްހިރިމަރަދޫ-ހަނިމާދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2026

ކައުންސިލް އުވާލާ މާލޭގައި ހުންނަ މިނިސްޓްރީއިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ހަދަނީ

24 މާރިޗު 2026
ކައުންސިލް އުވާލާ މާލޭގައި ހުންނަ މިނިސްޓްރީއިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ހަދަނީ
24 މާރިޗު 2026

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

24 މާރިޗު 2026
ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ
15 މާރިޗު 2026

ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި

15 މާރިޗު 2026
ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅި ބިމުން ހިރިމަރަދޫ މީހުންނަށް ގޯތިދޭތީ ހަނިމާދޫ ރައްޔިތުން އިހުތިޖާޖުކޮށްފި
05 މާރިޗު 2026

މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

05 މާރިޗު 2026
މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ  ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!
14 ފެބުރުއަރީ 2026

ކެނދިކުޅުދޫގައި ޤާއިމު ކުރާ އައުޓްޑޯ ޖިމް ހުއްޓިފައި، ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރޭ

14 ފެބުރުއަރީ 2026
ކެނދިކުޅުދޫގައި ޤާއިމު ކުރާ އައުޓްޑޯ ޖިމް ހުއްޓިފައި، ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރޭ
12 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

12 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
02 ފެބުރުއަރީ 2026

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ
19 ޖެނުއަރީ 2026

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް
30 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި

30 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫގައި ތިއްބާ އެމީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ހައްދަވައިފި
22 ޑިސެމްބަރު 2025

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ

22 ޑިސެމްބަރު 2025
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލާން ޖެހުން ބަލައި ނުގަންނާނެ ކަމަށް މެމްބަރު ގަފޫރު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް