Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ.ކެނދިކުޅުދޫ

ކެނދިކުޅުދޫގައި ޤާއިމު ކުރާ އައުޓްޑޯ ޖިމް ހުއްޓިފައި، ކައުންސިލާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރޭ

ޝާހިދު ވިދާޅުވީ މި ސަރުކާރު އައި ފަހުން، އެ ރަށުގައި ފެށި އެއްވެސް މަޝްރޫއެއްގެ ތަފްސީލެއް ކައުންސިލްއާ ހިއްސާ ކޮށްފައި ނުވާ ކަމަށް. ކައުންސިލުން ފޮނުވާ އެއްވެސް ސިޓީ އަކަށް ވެސް ޖަވާބެއް ދީފައި ނުވާ ކަމަށާއި، އެ މަޝްރޫއު އޮތީ ހުއްޓިފައި ކަމެއް އަދި މަޝްރޫއު އަށް ވެފައި އޮތް ގޮތެއް ވެސް ނޭނގޭ ކަމަށް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2026 | ހޮނިހިރު 10:44
ކެނދިކުޅުދޫގައި ޤާއިމު ކުރަން ފެށި އައުޓްޑޯ ޖިމް، މަސައްކަތް މިހާރު ވަނީ ހުއްޓިފައި

ކެނދިކުޅުދޫގައި ޤާއިމު ކުރަން ފެށި އައުޓްޑޯ ޖިމް، މަސައްކަތް މިހާރު ވަނީ ހުއްޓިފައި | ރާއްޖެ އެމްވީ

ނ.ކެނދިކުޅުދޫގައި ޤާއިމު ކުރާ އައުޓްޑޯ ޖިމްގެ އެއްވެސް މައުލޫމާތެއް ކައުންސިލް އަށް ނޭނގޭ ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ވިދާޅުވީ އެ މަޝްރޫއަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން، ފައްޓަވައި ދެއްވި މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ. 

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެ މަޝްރޫއު އާއި، އެހެނިހެން މަޝްރޫއު ތަކުގެ މައުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ސްކޯޕް އާއި، އެ މަޝްރޫއުގެ އަގު އަދި ނިންމަން ޖެހޭ ތާރީޚަކީ ކޮބައިކަން ސާފު ކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ މި ސަރުކާރު އައި ފަހުން، އެ ރަށުގައި ފެށި އެއްވެސް މަޝްރޫއެއްގެ ތަފްސީލެއް ކައުންސިލްއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. ކައުންސިލުން ފޮނުވާ އެއްވެސް ސިޓީ އަކަށް ވެސް ޖަވާބެއް ދީފައި ނުވާ ކަމަށާއި، އެ މަޝްރޫއު އޮތީ ހުއްޓިފައި ކަމެއް އަދި މަޝްރޫއު އަށް ވެފައި އޮތް ގޮތެއް ވެސް ނޭނގޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ނުދޭ ވާހަކަ ދައްކާ ކަމަށާއި، ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ދޭން ކުރަންވީ ކަމެއް ވެސް ނޭނގޭ ކަމަށެވެ. ކައުންސިލް އިން ފޮނުވާ އެއްވެސް ސިޓީ އަކަށް ޖަވާބެއް ދިނުމެއް ނެތްއިރު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި، ސިޓީސް މިނިސްޓްރީ އޮވެގެން ވާ ފަސޭހައެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ކުރިމަތިވާ "ނުހޮރޮއްޕާން" ބޮޑު ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުން ކެނދިކުޅުދޫގައި ވެސް ގިނަ މަޝްރޫއު ތަކެއް ފެށި ނަމަވެސް، މިހާރު ވަނީ މަޝްރޫއު ތަކުގެ މަސައްކަތް ހުއްޓިފަ އެވެ.

ނ.ކެނދިކުޅުދޫމިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2026

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
12 މާރިޗު 2024

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ

12 މާރިޗު 2024
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު