Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާގެ ނުހަނު އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް ފާހަގަ ވެފައިވާ ހީލީ ވިދާޅުވީ، ބޮޑު ވަޒީރު ވަނީ ޤައުމުގެ ދިފާއީ ކަންކަމުގައި ނުކުޅެދިފައި ކަމަށް. އަދި އެކަންކަމަށް ބޭނުންވާ ފައިސާ ހަމަ ނުޖެހޭ ކަމަށާއި، ޤައުމަށް އޮތް ނުރައްކާ އިތުރު ވަމުން އަންނަ ވަގުތެއްގައި ދިފާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ވެސް ނުކުޅެދިފައިވާ ކަމަށް ހީލީ ވަނީ ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 07:07
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ޑިފެންސް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ޖޯން ހީލީ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ޑިފެންސް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ޖޯން ހީލީ. | ގެޓީ އިމޭޖަސް

ޑިފެންސްގެ ޚަރަދުތަކާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުން، ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

މަގާމުން އިސްތިއުފާ ދެއްވުމަށް ބޮޑު ވަޒީރު ސްޓާމާ އަށް ފޮނުއްވި ސިޓީގައި ހީލީ ވިދާޅުވީ، ޤައުމު ދިފާއު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދަދި ދިނުމަށް ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށެވެ. 

ބޮޑު ވަޒީރު ސްޓާމާގެ ނުހަނު އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް ފާހަގަ ވެފައިވާ ހީލީ ވިދާޅުވީ، ބޮޑު ވަޒީރު ވަނީ ޤައުމުގެ ދިފާއީ ކަންކަމުގައި ނުކުޅެދިފައި ކަމަށެވެ. އަދި އެކަންކަމަށް ބޭނުންވާ ފައިސާ ހަމަ ނުޖެހޭ ކަމަށާއި، ޤައުމަށް އޮތް ނުރައްކާ އިތުރު ވަމުން އަންނަ ވަގުތެއްގައި ދިފާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ވެސް ނުކުޅެދިފައިވާ ކަމަށް ހީލީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އިނގިރޭސިވިލާތުގެ ޓްރެޒަރީ އާއި ޑިފެންސް މިނިސްޓްރީއާ ދެމެދު އެތައް ދުވަސް ތަކެއް ވަންދެން މަޝްވަރާ ކޮށްފައި ވަނީ، އަސްކަރީ ޚަރަދުތައް އިތުރު ކުރުމާ ގުޅޭ ގޮތުންނެވެ. މިކަމުގެ ސަބަބުން ޤައުމުގެ ދިފާއީ އިންވެސްޓްމަންޓް ޕްލޭން މިދިޔަ އަހަރުން ފެށިގެން ލަސްވެފައިވެ އެވެ. 

ހީލީ ވިދާޅުވީ މި ނުރައްކާތެރި ދަނޑިވަޅުގައި ޑިފެންސްފެ ދާއިރާ އަށާއި، ޤައުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހުގައި ލިބުނު މާލީ ޕްލޭން އަކީ އެކަށީގެންޗާ އަދަދެއް ނޫން ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ހީލީ ވަނީ، މީގެ ކުރިން ބޮޑު ވަޒީރު ސްޓާމާ ދައްކަވާފައިވާ ބައެއް ވާހަކަތައް ވެސް ހިމަނުއްވައިފަ އެވެ. އެގޮތުން 2030 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާ އިން ނޭޓޯ އަށް ހަމަލާ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބޮޑު ވަޒީރު ވިދާޅުވެފައިވާ ކަމަށް ހީލީ ފާހަގަ ކުރެއްވި އެވެ. 

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވާފައި މި ވަނީ، އެ ޤައުމަށް އަސްކަރީ ޒިންމާ ތަކެއް އިތުރުވެފައިވާ ވަގުތެއްގަ އެވެ. އީރާންއާ ދެކޮޅަށް ހޮރްމޫޒް ކަނޑު އޮޅީގައި އިނގިރޭސިވިލާތުން އަސްކަރީ މިޝަނެއް ލީޑު ކުރަމުންދާއިރު، ނޭޓޯގެ އާކްޓިކް ސެންޓްރީ މިޝަންގައި ވެސް އިސްކޮށް ޙަރަކާތްތެރި ވަނީ އިނގިރޭސިވިލާތުންނެވެ. 

ހީލީ ވިދާޅުވެފައި ވަނީ އެކަށީގެންވާ ފަންޑެއް، ނުވަތަ ބަޖެޓެއް ނެތުމުގެ ސަބަބުން ސިފައިންގެ ތައްޔާރީތައް ކުޑަ ކަމަށާއި، އޮޕަރޭޝަން ތަކުގައި ތިބި މުވައްޒަފުންނަށް ނުރައްކާ އިތުރުވުމުގެ އިތުރުން، ޤައުމުގެ ރައްކާތެރިކަން ކުޑަ ވެގެން ދާނެ ކަމަށެވެ.  

އިނގިރޭސިވިލާތުގެ ސަރުކާރުން ޑިފެންސް ސެކްރެޓަރީ އިސްތިއުފާ ދެއްވާފައިވާއިރު، ބޮޑު ވަޒީރު ސްޓާމާ އަށް މިއީ އުނދަގޫ ވަގުތަކަށް ވާނެ އެވެ. މިހާރު ވެސް ވެރިކަން ކުރާ ލޭބާ ޕާޓީގެ ތެރޭގައި ބޮޑު ވަޒީރުގެ އިސްތިއުފާ އަށް ބައެއް މެމްބަރުން ގޮވާލަމުން އަންނައިރު، ސްޓާމާ އަންނަނީ މަގާމުގައި ދެމި ހުންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

ބޮޑު ވަޒީރު ސްޓާމާ އަށް ޕްރެޝަރު ބޮޑުވެ، މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން ބައެއް މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ހެލްތު ސެކްރެޓަރީގެ މަގާމުގައި ހުންނެވި ވެސް ސްޓްރީޓިން އިސްތިއުފާ ދެއްވިއިރު، ޑިފެންސް ސެކްރެޓަރީ ހީލީ އަކީ މަގާމުން އިސްތިއުފާ ދެއްވި ހަ ވަނަ މިނިސްޓަރެވެ. 

މަސްދަރު: އަލް ޖަޒީރާ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭޖޯން ހީލީކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
10 ޖޫން 2026

ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި

10 ޖޫން 2026
ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި
07 ޖޫން 2026

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

07 ޖޫން 2026
ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި
07 ޖޫން 2026

ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަވެރިކަން ފެށިއްޖެ ނަމަ، ވާދަ ކުރާނެ ކަމަށް ބޮޑު ވަޒީރު ސްޓާމަރ ސަޕޯޓަރުންނަށް އަންގަވައިފި

07 ޖޫން 2026
ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަވެރިކަން ފެށިއްޖެ ނަމަ، ވާދަ ކުރާނެ ކަމަށް ބޮޑު ވަޒީރު ސްޓާމަރ ސަޕޯޓަރުންނަށް އަންގަވައިފި
03 ޖޫން 2026

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

03 ޖޫން 2026
ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު