Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސިވިލާތް

މަސްތުގެ ޙާލަތުގައި ހުރެ ކާރު ދުއްވުމުން، ސްޓާލިން ހައްޔަރު ކޮށްފި

ހެމްޕްޝަޔާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ނުވައެއް ޖަހާކަންހާ އިރު ކަމަށް. މި އެކްސިޑެންޓުގައި އެހެން އެއްވެސް އުޅަނދަކަށް ގެއްލުން ލިބިފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 05:18
ރަހީމް ސްޓާލިން ކާރު ދުއްވަން އިން މަންޒަރު.

ރަހީމް ސްޓާލިން ކާރު ދުއްވަން އިން މަންޒަރު. | ރޮއިޓާސް

މަސްތުގެ ޙާލަތުގައި ހުރެ ކާރު ދުއްވި ކަމުގެ ތުހުމަތުގައި، އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ރަހީމް ސްޓާލިން ފުލުހުން ހައްޔަރު ކޮށްފި އެވެ. 

އުމުރުން 31 އަހަރުގެ ސްޓާލިން ހައްޔަރު ކުރީ އޭނާ ދުއްވަން އިން ލަމްބޯގިނީ މާކާގެ ކާރު މޮޓޯވޭއެއްގެ ބެރިއަރު ތަކުގައި ޖެހި އެކްސިޑެންޓުވުމާ ގުޅިގެންނެވެ.

ހެމްޕްޝަޔާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ނުވައެއް ޖަހާކަންހާ އިރު ކަމަށެވެ. މި އެކްސިޑެންޓުގައި އެހެން އެއްވެސް އުޅަނދަކަށް ގެއްލުން ލިބިފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

ފުލުހުން ބުނި ގޮތުގައި ބާކްޝަޔާ ސަރަހައްދަށް ނިސްބަތްވާ ސްޓާލިން ހައްޔަރު ކުރީ މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް އުޅަނދު ދުއްވުމާއި، "ކްލާސް ސީ" ގެ މަސްތުވާ އެއްޗެއް ގެންގުޅުމުގެ ތުހުމަތުގައި އެވެ. މީގެ އިތުރުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ދިނުމަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް އިތުރު ތަހުގީގު ތަކަށް ފަހު މިހާރު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި އެވެ.

ސްޓާލިންއާ ގާތް ފަރާތަކުން ބީބީސީ ސްޕޯޓްސް އަށް މައުލޫމާތު ދެމުން ބުނީ، އޭނާ ހައްޔަރު ކުރި ނަމަވެސް އޭނާގެ ހަށިގަނޑުން މަސްތުވާ އެއްޗެއް ފެނިފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރަކީ ސްޓާލިން އަށް ވަރަށް އުނދަގޫ ދުވަސް ތަކެއް ކަމަށާއި، އޭނާ އަކީ ބޭކާރު އަދި ބާކީ ވެފައިވާ މީހެއްގެ އިހުސާސް ކުރަން ޖެހިފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.

އިނގިރޭސި ގައުމީ ޓީމަށް 82 މެޗު ކުޅެދީފައިވާ ސްޓާލިން އެންމެ ފަހުން ކުޅެފައި ވަނީ ނެދަލެންޑްސްގެ ފެޔެނޫޑަށެވެ.  މިއަހަރުގެ ފެބްރުވަރީ މަހު އެ ކުލަބާ ގުޅުނު ނަމަވެސް، އެ ކުލަބުގައި އޭނާ އަށް ކުޅެވުނީ އެންމެ އަށް މެޗެވެ. އެ ކުލަބަށް އޭނާ ބަދަލުވީ އޭގެ ކުރިން ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އެވެ. އެއީ ހަފުތާ އަކު 300،000 ޕައުންޑަށް ވުރެ ބޮޑު މުސާރައެއް ލިބޭ އެއްބަސްވުމެކެވެ. 

މެންޗެސްޓަރ ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ތަށި ކާމިޔާބު ކޮށްފައިވާ ސްޓާލިންގެ ކެރިއަރު ފެށީ ލިވަޕޫލް އިންނެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެދީފައި ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި އެވެ. 2022 ވަނަ އަހަރު ސިޓީ އިން ޗެލްސީ އަށް ބަދަލުވުމަށް ފަހު، އާސެނަލްގައި ލޯނު އުސޫލުން ހޭދަކުރި މުއްދަތާ އެކު، ޗެލްސީގައި ހޭދަ ކުރި ހަތަރު އަހަރު ތެރޭގައި އޭނާ އަށް ކުޅެވުނީ ލީގުގެ އެންމެ 59 މެޗެވެ.

އިނގިރޭސިވިލާތްފެއިނޫޑްރަހީމް ސްޓާލިން

އިތުރަށް ކިޔާލަން

31 މެއި 2026

ބާންހަމްގެ ވިސްނުން ހުރީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް

31 މެއި 2026
ބާންހަމްގެ ވިސްނުން ހުރީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް
25 މެއި 2026

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި

25 މެއި 2026
އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި
20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
18 މެއި 2026

ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ

18 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ
17 މެއި 2026

ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި

17 މެއި 2026
ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު