ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަވެރިކަން ފެށިއްޖެ ނަމަ، ވާދަ ކުރާނެ ކަމަށް ބޮޑު ވަޒީރު ސްޓާމަރ ސަޕޯޓަރުންނަށް އަންގަވައިފި
ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވެފައި ވަނީ މިވަގުތު ލޭބަރ ޕާޓީގެ ލީޑަރޝިޕްގެ ވާދަވެރި ކަމެއް ފެށިއްޖެ ނަމަ، ޤައުމު ވަރަށް ބޮޑު ހަމަ ނުޖެހުމަށް ވެއްޓިދާނެ ކަމަށް. މީގެ ދެ އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތުން ބޮޑު ވަޒީރު ސްޓާމަރ އާއި ލޭބަރ ޕާޓީ އަށް ވަރަށް ބޮޑު މެންޑޭޓެއް ހަވާލު ކޮށްފައިވާ ކަމަށާއި، އެކަން ފުއްދުމުގައި ހިތްވަރާ އެކު ދެމި ތިއްބަވާނެ ކަމަށް ސްޓާމަރ ވަނީ ވިދާޅުވެފައިވޭ.


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބަތ ޕާޓީގެ ލީޑަރޝިޕްގެ ވާދަވެރި ކަމެއް ފެށިއްޖެ ނަމަ، ލީޑަރޝިޕް އަށް ވާދަ ކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި ބޮޑު ވަޒީރު ސްޓާމަރ މިހެން ވިދާޅުވެފައި ވަނީ، އޭނާގެ ބައެއް ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. މިހާތަނަށް ބޮޑު ވަޒީރު ސްޓާމަރ އާއި އޭނާގެ އަރިސް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ ބޮޑު ވަޒީރު މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
ނަމަވެސް، ގްރޭޓަރ މެންޗެސްޓަރގެ މޭޔަރު އެންޑީ ބާންހަން، ލީޑަރޝިޕް އަށް ވާދަ ކުރައްވައި، ވާދަވެރި ކަމެއް ފެށިއްޖެ ނަމަ ބޮޑު ވަޒީރު ސްޓާމަރ ފަހަތަށް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީގެ ކުރިން ރިޕޯޓު ކޮށްފައިވެ އެވެ. ނަމަވެސް، ބޮޑު ވަޒީރު ސްޓާމަރ އޭނާގެ ސަޕޯޓަރުންނަށް ވިދާޅުވެފައި ވަނީ، ކޮންމެ ގޮންޖެހުމެއް ކުރިމަތިވި ނަމަވެސް، އެކަމާ ދެކޮޅަށް ނިކުންނަވާނެ ކަމަށެވެ.
ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވެފައި ވަނީ މިވަގުތު ލޭބާ ޕާޓީގެ ލީޑަރޝިޕްގެ ވާދަވެރި ކަމެއް ފެށިއްޖެ ނަމަ، ޤައުމު ވަރަށް ބޮޑު ހަމަ ނުޖެހުމަށް ވެއްޓިދާނެ ކަމަށެވެ. މީގެ ދެ އަހަރު ކުރިން އިނގިރޭސިވިލާތުގެ ރައްޔިތުން ބޮޑު ވަޒީރު ސްޓާމަރ އާއި ލޭބަރ ޕާޓީ އަށް ވަރަށް ބޮޑު މެންޑޭޓެއް ހަވާލު ކޮށްފައިވާ ކަމަށާއި، އެކަން ފުއްދުމުގައި ހިތްވަރާ އެކު ދެމި ތިއްބަވާނެ ކަމަށް ސްޓާމާ ވަނީ ވިދާޅުވެފައި އެވެ.
ބޮޑު ވަޒީރު ސްޓާމަރގެ ސަރުކާރުން އިސްތިއުފާ ދެއްވި ކުރީގެ ހެލްތު ސެކްރެޓަރީ މރ. ވެސް ސްޓްރީޓިންގ ވެސް ލޭބަރ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވަން ތައްޔާރު ވަމުން އަންނައިރު، އަދި ބާންހަމް ވެސް އެކަމަށް ތައްޔާރުވަމުން އަންނައިރު، މިއީ ބޮޑު ވަޒީރު ސްޓާމަރ އަށް ވަރަށް ބޮޑު ޕްރެޝަރަކަށް ވާނެ އެވެ. ޚާއްސަކޮށް ލޭބަރ ޕާޓީގެ ގިނަ މެމްބަރުން ތަކެއް އަންނަނީ ބޮޑު ވަޒީރު ސްޓާމަރގެ އިސްތިއުފާ އަށް ވެސް ގޮވާލަމުންނެވެ.
މި ހުރިހާ ކަމެއް ބަރޯސާވެފައި ވަނީ، ޖޫން މަހުގެ 18 ވަނަ ދުވަހު އޮންނަ މޭކަރފީލްޑްގެ ބައި އިލެކްޝަންގެ ނަތީޖާ އަށެވެ. އެ އިންތިޚާބުގައި ބާންހަމް ވާދަ ކުރައްވާއިރު، ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރުމަށް ބާންހަމް އަށް މި އިންތިޚާބު ކާމިޔާބު ކުރަން ޖެހެ އެވެ. މިހާތަނަށް ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަވެރި ކަމެއް ފެށިފައި ނުވި ނަމަވެސް، ދާދި ފަހުން ބާންހަމް ބީބީސީ އަށް ދެއްވި އިންޓަވިޔުއެއްގައި ލީޑަރު ކަމަށް ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވެ އެވެ.
އިނގިރޭސިވިލާތުގައި އެންމެ ފަހުން އޮތް ލޯކަލް އިންތިޚާބުގައި ލޭބަރ ޕާޓީ އަށް ކުރިމަތިވި ނާކާމިޔާބާ ގުޅިގެން، ބޮޑު ވަޒީރު ސްޓާމާގެ އިސްތިއުފާ އަށް ގޮވާލާ އަޑު ވަނީ ގަދަވެފައި އެވެ. ނަަމަވެސް ސްޓާމަރ ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.
މަސްދަރު: ބީބީސީ





