Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާގެ ފޯނުގައި އަމިއްލަ އަށް މެސެޖު ފޮހެވޭ ގޮތަށް ހައްދަވާފައިވާ ކަމަށް ހާމަ ކޮށްފި

3 ޖޫން 2026 | ބުދަ 07:04

މިކަމާ ގުޅޭ ގޮތުން މީޑިއާތަކާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އޭނާގެ އަތުގައި ހުރި ހުރިހާ މެސެޖު ތަކެއް ހަވާލު ކޮށްފައި ވާނެ ކަމަށާއި، ހުރިހާ އިޖުރާއަތް ތަކަކަށް ފުރިހަމަ އަށް އަމަލު ކުރައްވާފައި ވާނެ ކަމަށް. އަދި ސިޔާސީ ދާއިރާގެ އިތުރުން އެހެން ދާއިރާ ތަކުގެ މީހުން ވެސް މެސެޖުތައް އަމިއްލަ އަށް ފޮހެވޭ ފީޗާ ބޭނުން ކުރާކަން އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖޫން 2026 | ބުދަ 07:04
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ ފޯނުގައި މެސެޖުތައް އަމިއްލަ އަށް ފޮހެވޭ "ޑިސަޕިއަރިން މެސެޖް" ފީޗާ ބޭނުން ކުރައްވާކަން ބޮޑު ވަޒީރުގެ އޮފީސް ޑައުނިން ސްޓްރީޓް އިން ކަށަވަރު ކޮށްދީފި އެވެ.

މީގެ މާނަ އަކީ ޕީޓް މެންޑެލްސަންއާ ގުޅޭ ގޮތުން ބޮޑު ވަޒީރު ކުރައްވާފައިވާ މުހިންމު މެސެޖު ތަކެއް ފޮހެވި، ރެކޯޑު ތަކުން ގެއްލިފައިވުން އެކަށީގެންވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައި އެވެ.

އެމެރިކާގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމަށް މެންޑެލްސަން އައްޔަން ކުރުމާ ގުޅޭ ހުރިހާ ލިޔެ ކިޔުންތަކާއި މުއާމަލާތްތައް ހާމަ ކުރުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން މިއަހަރުގެ ކުރީ ކޮޅު ވަނީ ފާސް ކޮށްފައި އެވެ. މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ މިނިސްޓަރުންނާއި، ސިވިލް ސާވަންޓުންގެ މެދުގައި ކުރެވުނު ގިނަ އަދަދެއްގެ މެސެޖުތައް އާންމު ކޮށްފައި އެވެ. ނަމަވެސް، މި ލިޔެ ކިޔުން ތަކުގެ ތެރޭގައި ބޮޑު ވަޒީރު ސްޓާމާގެ ފަރާތުން ފޮނުއްވާފައިވާ މެސެޖުތައް ހިމެނެނީ ވަރަށް މަދުންނެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާތަކާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އޭނާގެ އަތުގައި ހުރި ހުރިހާ މެސެޖު ތަކެއް ހަވާލު ކޮށްފައި ވާނެ ކަމަށާއި، ހުރިހާ އިޖުރާއަތް ތަކަކަށް ފުރިހަމަ އަށް އަމަލު ކުރައްވާފައި ވާނެ ކަމަށެވެ. އަދި ސިޔާސީ ދާއިރާގެ އިތުރުން އެހެން ދާއިރާ ތަކުގެ މީހުން ވެސް މެސެޖުތައް އަމިއްލަ އަށް ފޮހެވޭ ފީޗާ ބޭނުން ކުރާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ވަޓްސްއެޕްގައި ހިމެނޭ މި ފީޗާގެ ސަބަބުން 24 ގަޑިއިރާއި، 90 ދުވަހާ ދެމެދުގެ މުއްދަތެއްގައި މެސެޖުތައް އަމިއްލަ އަށް ފޮހެވިގެންދެ އެވެ.

މިނިސްޓަރުންނަށް ކަނޑަ އަޅާފައިވާ އުސޫލުތައް ބުނާ ގޮތުން، ދައުލަތުގެ ރެކޯޑުތައް ބެލެހެއްޓުމާއި، ދެފުށް ފެންނަ ސިޔާސަތަށް ހުރަސް ނޭޅޭ ނަމަ މިފަދަ ފީޗާތައް ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ވަޓްސްއެޕް ބޭނުން ކުރުމާ ގުޅޭ ގޮތުން މިހާރު މުރާޖާއެއް ކުރިއަށްދާ ކަމަށާއި، މީގެން އުނގެނެން ޖެހޭ ފިލާވަޅު ތަކެއް ހުރި ކަމަށް ބޮޑު ވަޒީރުގެ ތަރުޖަމާނު ވަނީ އެއްބަސްވެފައި އެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޝެޑޯ މިނިސްޓަރު އެލެކްސް ބާގާޓް ވިދާޅުވީ، މުހިންމު ނިންމުން ތަކާއި މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭނެ ކަމަށް އުސޫލު ތަކުގައި ސާފުކޮށް އޮތް ނަމަވެސް، ސްޓާމާގެ މެސެޖުތައް ވަނީ ނައްތާލާފައި ކަމަށެވެ.

އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީގެ މުގައްރިރު ލޯޑް ބީމިޝް ވަނީ، ސަރުކާރުގެ ރަސްމީ މަސައްކަތް ތަކުގައި ވަޓްސްއެޕް ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލައްވާފައި އެވެ. އޭނާ ވިދާޅުވީ މީގެ ސަބަބުން ސަލާމަތީ ނުރައްކާތައް ކުރިމަތި ވުމުގެ އިތުރުން، ނިންމުންތައް ނިންމާ ގޮތުގެ ރެކޯޑުތައް ނުބެލެހެއްޓޭ ކަމަށެވެ. ބޮޑު ވަޒީރުގެ އިތުރުން ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީ އާއި ޗާންސެލަރ ރޭޗަލް ރީވްސް ފަދަ އިސް މިނިސްޓަރުން ވެސް މި ފީޗާ ބޭނުން ކުރައްވާކަން ވަނީ ހާމަވެފައި އެވެ.

އާންމުކުރި ލިޔެ ކިޔުން ތަކުގެ ތެރޭގައި ލޯޑް މެންޑެލްސަން އާއި ބޮޑު ވަޒީރު ސްޓާމާއާ ދެމެދު ކުރެވުނު ހަ މެސެޖެއް ހިމެނެ އެވެ. މީގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު ސަރ ޖޯން މޭޖާއާ ބައްދަލުކުރުމާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތައް ހިމެނެ އެވެ.

މީގެ އިތުރުން، މިނިސްޓަރު ޕެޓް މެކްފެޑަން އާއި މެންޑެލްސަންއާ ދެމެދު ކުރެވުނު މެސެޖު ތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އޭގެ ތެރެއިން އެއް މެސެޖެއްގައި މެންޑެލްސަން ވަނީ ބޮޑު ވަޒީރުގެ އޮފީހަކީ "ބާރު ކެނޑިފައިވާ" ތަނެއްގެ ގޮތުގައި ސިފަ ކޮށްފައި އެވެ. ނަމަވެސް މެކްފެޑަން ވަނީ ބޮޑު ވަޒީރު ކުރައްވަނީ އުނދަގޫ މަސައްކަތެއް ކަމަށާއި، އޭނާ ގައުމަށްޓަކައި ރަނގަޅު މަސައްކަތް ތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްޑައުނިންގ ސްޓްރީޓްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)ޕީޓާ މެޑެލްސަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ޖޫން 2026

މަސްތުގެ ޙާލަތުގައި ހުރެ ކާރު ދުއްވުމުން، ސްޓާލިން ހައްޔަރު ކޮށްފި

01 ޖޫން 2026
މަސްތުގެ ޙާލަތުގައި ހުރެ ކާރު ދުއްވުމުން، ސްޓާލިން ހައްޔަރު ކޮށްފި
31 މެއި 2026

ބާންހަމްގެ ވިސްނުން ހުރީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް

31 މެއި 2026
ބާންހަމްގެ ވިސްނުން ހުރީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް
25 މެއި 2026

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި

25 މެއި 2026
އިނގިރޭސި ޑިފެންސް ސެކްރެޓަރީ ދަތުރު ކުރެއްވި ބޯޓު، ރަޝިޔާ އިން ޖޭމް ކޮށްފި
20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
18 މެއި 2026

ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ

18 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ
17 މެއި 2026

ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި

17 މެއި 2026
ސްޓާމާއާ ދެކޮޅަށް ވާދަ ކުރައްވާނެކަން، ސަރުކާރުން އިސްތިއުފާ ދެއްވި ސްޓްރީޓިން އިއުލާން ކުރައްވައިފި
16 މެއި 2026

ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި

16 މެއި 2026
ސްޓްރީޓިން އިސްތިއުފާ ދެއްވުމާ އެކު، ހެލްތު ސެކްރެޓަރީ އަށް މުރޭ އައްޔަން ކުރައްވައިފި
16 މެއި 2026

ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟

16 މެއި 2026
ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކުރީގައި އުޅުއްވަނީ ކޮން ބޭފުޅެއް؟
15 މެއި 2026

ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި

15 މެއި 2026
ބޮޑު ވަޒީރު ސްޓާމާ އަށް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ހެލްތު ސެކްރެޓަރީ ސްޓްރީޓިން އިސްތިއުފާ ދެއްވައިފި
14 މެއި 2026

ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!

14 މެއި 2026
ވާދަވެރިންނަށް ބޮޑު ވަޒީރު ސްޓާމާގެ ވަރުގަދަ އިންޒާރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް