Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާއިރު، ހުރިހާ ކަމެއް އަމާންކޮށް ކުރިއަށްދޭ: އީސީ

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައިވާއިރު، މި އިންތިޚާބުގައި ޖުމްލަ 1،049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ. މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ ފުރަތަމަ ބުރުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓާއި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ކުރި އަމުރަކާ ގުޅިގެން. މިއަދުގެ އިންތިޚާބުގައި ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމާއި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2026 | ހޮނިހިރު 07:06
މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ.

މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނީ. | އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ހުރިހާ ކަމެއް ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރާއްޖެއެމްވީއަށް އީސީގެ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދާ މި އިންތިޚާބުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާ ކަމަށާއި، ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށެވެ. މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ފޮއްޓެއްގައި ވެސް ގަޑިއަށް ވަނީ ވޯޓުލުން ފެށިފައިވާކަމުގެ ޔަގީންކަން އޮފިޝަލް ދެއްވި އެވެ. 

Advertisement - newsAdvertisement

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1049 މީހަކަށް ލިބިގެންވާއިރު، ޖުމްލަ ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.

އެގޮތުން ދ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެ އެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ.

އީސީން ބުނީ، ދ. މީދޫއަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓުލާނީ 587 މީހުން ކަމަށެވެ. އަދި މާލެއަށް ވޯޓުލުމަށް 462 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކޮށްފައިވާ ކޮމިޝަނުން ބުނެފައިވެ އެވެ. 

މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް  ދެވަނަ ބުރަކަށް ގޮސްފައިމިވަނީ  އެރަށުގެ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ޔަގީންވުމާއެކު، ޕީއެންސީގެ ކެންޑިޑޭޓު ހައިކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ވަނީ ޕީއެންސީގެ ކެންޑިޑޭޓު އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅުއްވާފަ އެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

ހައި ކޯޓުގެ މި އަމުރާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތި އަލުން އިންތިޚާބު ބާއްވަން ޖެހެ އެވެ. އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ / ދިލްޝާދުގެ، ސުހާ އިބްރާހީމްއާއި، އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ / މުޝްތަރީވިލާ، މުޙައްމަދު ޝާހިދެވެ.

ދ. މީދޫއިލެކްޝަންސް ކޮމިޝަންސުހާ އިބްރާހިމްމުހައްމަދު ޝާހިދުޕީއެންސީއެމްޑީއޭލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
11 ޖޫން 2026

ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު

11 ޖޫން 2026
ޗާޕުދެލީގެ ތިކި ހުރެގެން ވޯޓު ކަރުދާސް ބާތިލުކުރާނަމަ، މުޅި އިންތިޚާބީ ނިޒާމަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ: ސުޕްރީމް ކޯޓު
11 ޖޫން 2026

ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު

11 ޖޫން 2026
ވޭވަށު ގޮނޑި އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން ޙުކުމްކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
08 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

08 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި
06 ޖޫން 2026

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

06 ޖޫން 2026
އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު