Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު

''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ބޭއްވި ޖަލްސާއެއްގައި، ޕީއެންސީގެ ކެންޕޭނަށް އައްޑޫއަށް ނިސްބަތްނުވާ ވަޒީރަކު ފޮނުވުމުން ކުރީގެ ރައީސް ނަޝީދު ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓް ބާކީކޮށް އެހެން ބޭފުޅަކަށް ޓިކެޓް ދިނުމަކީ ހިތަދޫ ރައްޔިތުންނަށް އޮޅުވައިލެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި. މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މަސައްކަތްކުރީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުން ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ޖޫން 2026 | ހުކުރު 08:38
ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ވޯޓު ހޯދައިދިނުމުގެ ކެންޕޭނަށް ފޮނުވާފައި ހުރީ ''އުކުޅަހު ކުއްޖެއް'' ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ނަޝީދު ވަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޕީއެންސީން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް ސޮޑާ އިންތިޚާބު ކުރުމަށްޓަކައި ކުރަމުންދާ ކެންޕޭނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީއަށް އައިސްހުރީ އުކުޅަހު ކުއްޖެއް ކަމަށެވެ. 

Advertisement - newsAdvertisement

ނަޝީދު އެ އިޝާރާތް ކުރެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަށެވެ. 

ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް. އުކުޅަހު ކުއްޖެއް މިތަނަށް އައްޑޫ އަތޮޅު ހިތަދޫއަށް. މިއީ އަދި ކޮރުވަލު ގޮނޑިއެއް. މިތަނަށް ވޯޓު ހޯދަން މިފޮނުވަނީ އުކުޅަހު ކުއްޖެއް. ނެތީއޭ. އެބޭފުޅުންގެ އަތުގައި ނެތީ އައްޑޫ އަތޮޅު އެއްވެސް މީހެއް މިކަން ކޮށްލަން އަންނާނެ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

މީގެ ކުރިން އެކިއެކި އިންތިޚާބުތަކުގެ ކެންޕޭންތަކުގައި އެއް މަސް ކުރިން އައްޑޫ އަށް ނިސްބަތްވާ ހޯމް މިނިސްޓަރު އަލީ އިހުސާން ފަދަ ބޭފުޅުން އެސިޓީގައި ވަރަށް ގަދައަށް ހަރަކާތްތެރިވެފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި ޕީއެންސީ އަށް ހޯދުމުގައި އައްޑޫ އަށް ނިސްބަތްވާ ބޭފުޅުން ނުފެންނާތީ އެކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

މިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވީ ކުރީގެ މެންބަރު މުހައްމަދު ސިނާން ކަމަށާއި، ނަމަވެސް އެބޭފުޅާ ނަގާ އެއްލާލުމަށް ފަހު އެމްޑީޕީ ކުއްޖަކަށް ޓިކެޓް ދިނީ ކަމަށެވެ. 

އެހެންކަމުން ހިތަދޫގެ ރައްޔިތުންނަށް މިހާރު ވޯޓު ދޭން ޖެހޭ ގޮތް ވަރަށް ސާފު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޓިކެޓް ލިބުނު ބޭފުޅާ އަތުން ޓިކެޓް އަތުލީ. ސިނާނަށް ލިބުނީ. 200 އެތައް ވޯޓެއްގެ ތަފާތަކުން. ދެން އޭނާ ނަގާ އެއްލާލާފައި އަޅުގަނޑުމެންގެ އެމްޑީޕީ ކުއްޖެއް ހޯދީ. ހޯދާފައި އޭނާއަށް މި ޓިކެޓް މިދިނީ ސޮޑާއަށް. ބައްލަވާ. ހިތަދޫ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. ހިތަދޫ ރައްޔިތުންނަށް ވޯޓު ދޭން ވާ ގޮތް ވަރަށް ސާފުކޮށް އެ ރައްޔިތުންނަށް އެބަ އެނގޭ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީ އަށް މިހާތަނަށް މަސައްކަތެއް ކުރީ އެމްޑީޕީގެ ސަރުކާރުތަކުން ކަމަށާއި، އެހެން ހުރިހާ ސަރުކާރަކުން އިހުމާލުވެފައިވާ  ކަމަށެވެ. އަދި އިޖްތިމާއީ ގޮތުން ވެސް ކަމެއް ކޮށްފައި އޮތީ އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޙްމަދު ސަޢީދުޕީއެންސީއެމްޑީޕީއަބްދުﷲ ރާފިއުކުރީގެ ރައީސް މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު