Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މީދޫ ކައުންސިލް

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ 6 ގަޑިއިރު

6 ޖޫން 2026 | ހޮނިހިރު 08:59

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ޕީއެންސީ އާއި އެމްޑީއޭގެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި. ހައިކޯޓުގެ އަމުރަކާ ގުޅިގެން ބާއްވާ މި އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ. މި އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ސުހާ އިބްރާހީމާއި އެމްޑީއޭގެ މުޙައްމަދު ޝާހިދު.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 ޖޫން 2026 | ހޮނިހިރު 08:59
މި މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިތުރު ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ

މި މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިތުރު ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ | އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 6 ގަޑިއިރުގެ ތެރޭގައި ޝަކުވާ ހުށަހަޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން، (އީސީ) އިން ދީފި އެވެ. 

މި މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިތުރު ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އީސީ އިން ވަނީ މި އިންތިޚާބުގެ ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީ އިން ހުޅުވާލީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން  ހަވީރު 4:00 ޖެހުމާ ހަމައަށެވެ.

Advertisement - newsAdvertisement

އީސީ އިން އާންމުކޮށްފައިވާ  ވަގުތީ ލިސްޓުގައިވާ ގޮތުން މި އިންތިޚާބުގައި ވޯޓުލުގެ ހައްގު ޖުމްލަ 1049 މީހަކަށް ލިބެ އެވެ. 

 ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ޔަގީންވުމާއެކު، ޕީއެންސީގެ ކެންޑިޑޭޓު ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ. 

ހައިކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ވަނީ ޕީއެންސީގެ ކެންޑިޑޭޓު އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅުއްވާފަ އެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

ހައި ކޯޓުގެ މި އަމުރާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތި އަލުން އިންތިޚާބު ބާއްވަން ޖެހެ އެވެ.  އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ / ދިލްޝާދުގެ، ސުހާ އިބްރާހީމްއާއި، އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ / މުޝްތަރީވިލާ، މުޙައްމަދު ޝާހިދެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ ވޯޓު ނެގުން އޮންނާނީ، 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސްއިން މައުލޫމާތުދެ އެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޖޫން 14ގައި އިއުލާން ކުރާނެ ކަމަށް ވެސް އީސީން ފާހަގަކޮށްފައިވެ އެވެ. 

ކައުންސިލް އިންތިޚާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި އެހެން މައްސަލަތަކަށް ބަލާއިރު، ތ. ތިމަރަފުށީ ކައުންސިލްގެ އިންތިޚާބުގެ މައްސަލަ ދިމާވި، އަމީނިއްޔާ ސްކޫލުގައި ހުރި ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ވެސް ނިމިފައިވަނީ އޭނާއާ އެއްކޮޅަށެވެ. އެގޮތުން އެ ވޯޓު ކަރުދާސްތައް އަލުން ގުނައި، އެ ވޯޓު ފޮށީގެ ނަތީޖާ އަލުން ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

މީގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށުގައި ބެހެއްޓުނު ފޮށީގެ ނަތީޖާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަވެސް ނިމިފައިވަނީ ޕީއެންސީ ކެންޑިޑޭޓާ އެއްކޮޅަށެވެ. އެގޮތުން އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލުކަމަށް ކަނޑައެޅުމާއެކު، ޕީއެންސީ ކެންޑިޑޭޓު ވަނީ ވޯޓުން ކުރި ހޯއްދަަވާފަ އެވެ. 

ދ. މީދޫޕީއެންސީއެމްޑީއޭއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!

07 އޮކްޓޯބަރު 2026
މީދޫގެ ޕޮލިސް ސްޓޭޝަން: ކައުންސިލް އިންތިޚާބާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އިންތިޚާބުގެ ފަހުން މަސައްކަތް އޮތީ ހުއްޓިފައި!
05 އޮކްޓޯބަރު 2026

ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!

05 އޮކްޓޯބަރު 2026
ދ. މީދޫ ބަނދަރު މަޝްރޫއު: މިސަރުކާރު އައިއިރު ނުނިމި ހުރީ ހަމައެކަނި ބޭރު ތޮށިލުމުގެ މަސައްކަތް، ސަރުކާރަށް 3 އަހަރު ވާންދާއިރު އަދިވެސް މަސައްކަތް ނިންމާ ނުލެވޭ!
04 އޮކްޓޯބަރު 2026

މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!

03 އޮކްޓޯބަރު 2026

ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!

03 އޮކްޓޯބަރު 2026
ދ. މީދޫގެ ހާލަތު: ކަރަންޓު ބިލާއި ތަކެތީގެ އަގުބޮޑުވުމާއި މަސްވެރިކަމުގެ ދަތިތަކާއެކު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް!
03 އޮކްޓޯބަރު 2026

ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!

03 އޮކްޓޯބަރު 2026
ދ. މީދޫގައި ހުންނަ ވެމްކޯ ސައިޓްގެ އެއްވެސް ބޭނުމެއް ނުކުރެވި، ގޮނޑެއްގެ ގޮތުގައި އޮންނަތާ އެއް އަހަރަށްވުރެ ގިނަ ދުވަސް!
03 އޮކްޓޯބަރު 2026

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

02 އޮކްޓޯބަރު 2026

ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!

02 އޮކްޓޯބަރު 2026
ދ. މީދޫ މަގު ހެދުމުގެ މަޝްރޫއު: 3 އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް!
01 އޮކްޓޯބަރު 2026

ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!

01 އޮކްޓޯބަރު 2026
ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް: ވަށާ ފާރު ތަޅާލުން ނޫން އިތުރު ކަމެއް އަދި މިސަރުކާރަށް ނުވޭ!
27 ސެޕްޓެމްބަރު 2026

ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި

27 ސެޕްޓެމްބަރު 2026
ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި
26 ސެޕްޓެމްބަރު 2026

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

26 ސެޕްޓެމްބަރު 2026
މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް