Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހިތަދޫ އުތުރުގެ ބައި އިލެކްޝަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީ އިން ބަލި ގަބޫލުނުކޮށް އަދިވެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގަ އަވަދިނެތި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރުގެ މުޅި މެޝިނަރީ ބޭނުންކޮށްގެން ކުރި މަސައްކަތް ނާކާމިޔާބުވެ، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު ވަނީ މި ގޮނޑި ކާމިޔާބު ކުރައްވާފަ. މި ނަތީޖާއަކީ ރައީސް މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާކަން ހާމަވެގެންދިޔަ ކަމެއްކަމުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރޭ. ވަޒީފާގެ ބިރުދެއްކުމާއި ނުފޫޒާ ދެކޮޅަށް އައްޑޫގެ ރައްޔިތުން ނިންމި މި ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ދިން ވަރުގަދަ ޖަވާބެއް. ނަމަވެސް ޕީއެންސީ ގެ ލީޑަރޝިޕުން ބުނަނީ މޮޅުވީ އިންތިހާބުން ބަލިވި ޕީއެންސީގެ ކެނޑިޑޭޓް ކަމަަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 13:26
ލަދުވެތިގޮތަކަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރަށް ގެއްލުމުން، ހަގީގަތް އޮޅުވާލުމަށް ޕީއެންސީ ގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ދަނީ މަސައްކަތް ކުރަމުން.

ލަދުވެތިގޮތަކަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރަށް ގެއްލުމުން، ހަގީގަތް އޮޅުވާލުމަށް ޕީއެންސީ ގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ދަނީ މަސައްކަތް ކުރަމުން. | ރާއްޖެ އެމްވީ

"ހީލަތްތެރިކަމާއެކު ޕާޓީގެ ރިޔާސީ ޓިކެޓް ވަގަށް ނެގި މީހެެއްގެ ނިމުން އަންނާނީ އަދި ލައްކަ ކަންކަން ދައްކަވާފަ". މިއީ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އަށް ފަހު، ޕީއެންސީ ގެ އިސްފާރަތެއްގެ ކޮމެންޓެކެވެ. 

ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން 129000 ވޯޓު ލިބިގެންނެވެ. މިއީ އެމްޑީޕީގެ ސަރުކާރު ބަދަލު ކުރުމުގެ ޖަޒުބާތުގައި ޖެހިގެން ހުރިހާ ޕާޓީތަކުން ޕީއެންސީއާ ކޯލިޝަން ހެދުމުން ލިބުނު ވޯޓުކަން ގަބޫލު ނުކުރާ ރައްޔިތެއް މި ރާއްޖެއަކު ނޫޅޭނެ އެވެ. ނަމަވެސް އެ ދުވަހުން ފެށިގެން ރައީސް މުއިއްޒުގެ "ބްލެސިންގްސް" އަށް ކެތް މަދުވެފަ ތިބި ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ގެންދެވީ ރައީސް މުއިއްޒުގެ "ސައިޒަށް ވުރެ މާ ބޮޑު" ފޮޓޯފުޅެއް ދައްކަވަމުންނެވެ. އަނެއް ކޮޅުން މިކަންވީ ރައީސް މުއިއްޒު ވެސް ނުލާހިކު ގަޔާވެލެއްވި ކަމެއްގެ ގޮތުގަ އެވެ.

ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ރައީސް މުއިއްޒަށް ހުށާމަދު ކުރާ ޕީއެންސީ ގެ އިސް ބޭފުޅުންގެ މުހުތާދު ތައް ދިޔައީ ފުރިހަމަ ވަމުންނެވެ. އެބޭފުޅުންގެ އަމިއްލަ ވިޔަފާރިތައް ކުރިއަރަމުން ދިޔައީ ފަޓާސްބަރިއެއް ހެނެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރުން ފާއިތުވަމުންދާ ކޮންމެ ދުވަހަކާ އެކީ ފެންނަ ހަގީތަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ގެއްލިގެންދާ މަންޒަރެވެ.

 ރައީސް މުއިއްޒުގެ އެންމެ އަރިސް ވަޒީރަށް " ޗޯޓާ ސަރުކާރެއް" އުފައްދައިދޭން ނެގި ފެންނަ ނުފެންނަ ވޯޓުން ފޭދޫ ރައްޔިތުން ރައީސް މުއިއްޒު އާއި މިނިސްޓަރު އިހުސާނަށް ބުނީ ބޮޑުތަކުން ނޫނެކޭ އެވެ. އޭގެ ފަހުން ދައުރު މެދުތެރެއިން ރައްޔިތުންނަށް މަޖުބޫރުކޮށްގެން ރައީސް މުއިއްޒު ނެންގެވި ފެންނަ ނުފެންނަ ވޯޓުން ސަރުކާރުން ކުރިމަތިލާން ޖެހުނީ ލަދުވެތި ބައްޔަކާ އެވެ. ރައްޔިތުންގެ ތެރެއިން 148،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވޯޓުން ރައީސް މުއިއްޒު އަށް ނޫނެކޭ ބުނެފަ އެވެ. އަދި މި ވޯޓުން ރައީސް މުއިއްޒަށް ވޯޓު ލިބުނު އަދަދު ޕީއެންސީ ގެ މެމްބަރުންގެ އަދަދަށް ވުރެ ދަށް ވުމަކީ، އަމިއްލަ ޕާޓީ ތެރޭގަ ވެސް ރައީސް މުއިއްޒު އަށް އިހުލާސްތެރި ބައެއް ނެތުން ކަމުގައި ރައްޔިތުން ދިޔައީ ބުނަމުންނެވެ.

ވެރިކަމުގެ ދައުރު ދެބައިވެގެން ދިޔައިރު ސިޔާސީ ގޮތުން ރައީސް މުއިއްޒުގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދާ ހިސާބަށް ކަންތައް ގޮސްފައިވާއިރު، އަދިވެސް މި ވެރިކަމުގެ ފޮނިމީރުކަން އޭގެ އެންމެ ފުންމިނަށް ހޯދާ ޕީއެންސީގެ އިސްފަރާތްތަކުން ދަނީ، ރައީސް މުއިއްޒު އަށާއި ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް "ކައްޒާބު ދޮގު" ހަދަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވާހެން އެބޭފުޅުން ދޮގު ހައްދަވަމުން ގެންދަވަނީ ނިއްކުރިމަށްޗަށް ރުލެއްވެސް އަރުވާނުލަ އެވެ.

2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް މުހައްމަދު ސިނާން ކާމިޔާބުކުރީ އެންމެ ކައިރިން ވާދަކުރި ކެނޑިޑޭޓަށް ވުރެ 200 އަށް ވުރެ ގިނަ ވޯޓު ހޯދައިގެންނެވެ. އޭގެ ފަހުން ސިނާނުގެ ގޮނޑި ގެއްލިފަވާކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުން ބޭއްވި ބައި އިލެކްޝަނުން ޕީއެންސީގެ ކެނޑިޑޭޓް ވަނީ ބަލިވެފަ އެވެ. 

ރައީސް މުއިއްޒުގެ މުޅި ސަރުކާރު، ވަޒީރުންނާއި އިސްވެރިން އެއްކޮށް މަހެއް ވަންދެން ހިތަދޫގައި ބަނޑަހަޖަހައިގެން ތިއްބަވައިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސަރުކާރަށް ގެއްލުމެވެ. ކަޅު ފައިސާގެ ބޯޑެތި ދަބަސްތައް ހުސްކޮށް، ވަޒީފާތައް އޮއްސާލުމުން ވެސް ރައްޔިތުން ވޯޓު ދިނީ ރައީސް މުއިއްޒުއާ ދެކޮޅަށެވެ.

ސަރުކާރަށް ރައްޔިތުންގެ މަޖިލީގެ ގޮނޑިއެއް ގެއްލި، އެމްޑީޕީގެ ފަރާތުން ވާދަކުރި ސޯބެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާކުރަން ތައްޔާރު ވާއިރު،  އައްޑޫ ސީޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އިން ޕީއެންސީ އަށް ލިބުނު ނާކާމިޔާބީ އަކީ ބޮޑު ކާމިޔާބީ އެއް ކަމަށް ދެއްކުމަށް ސަރުކާރުގެ އިސް ފަރާތްތަކާއި ސަރުކާރުން ފަންޑު ކުރާ މިޑިއާ ތަކުން އަދިވެސް ދަނީ ދެފައި އެއްތާކު ނުޖެހި މަސައްކަތް ކުރަމުންނެވެ. 

އެންމެ ފުރަތަމަ ފެނުނީ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހުގެ ޕޯސްޓެކެވެ. ފަލާހު ބުނާގޮތުން މި އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށެވެ. އިންތިހާބު ކާމިޔާބިކުރި ސޯބެ އަށް ލިބުނީ ލަދުވެތި ނާކާމިޔާބީ އެއް ކަމަށެވެ. ފަލާހުގެ މި ޕޯސްޓާއެކު ޕީއެންސީ އަށް ނިސްބަތްވާ ބައެއް ފަރާތަކުން ވެސް ތިބީ އަޖައިބުވެ އަންތަރީސް ވެފަ އެވެ. ފަލާހު ބުނި ގޮތުން ހިތަދޫ އުތުރު ދާއިރާ އަކީ އެމްޑީޕީ ގެ ކިއްލާ އެކެވެ. ނަމަވެސް އެ ދާއިރާގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބު ކުރުމުން އެކަން ބަދަލުވި ވާހަކަ އެވެ. ނަމަވެސް ހަގީގަތަކީ މީގެ އިދިކޮޅެވެ. 2024 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުގައި ސަރުކާރުން ކާމިޔާބު ކުރި ގޮނޑިއެއް، އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ބޭއްވި ބައި- އިލެކްޝަން ކާމިޔާބުކޮށް އެމްޑީޕީ އިން ހޯދީ އެވެ. 

ފެނިގެން މިދިޔައީ ރައީސް މުއިއްޒު އަށް ވަރަށް ހިތްދަތި މަންޒަރެކެވެ. ދައުލަތުގެ ނުފޫޒާއި ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ފައިސާ އިން ރިޝްވަތު ބެހި ނަމަވެސް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީ އަށް  ނުލިބުނު ތަނުގައި މި ރާއްޖޭގައި  އެމަނިކުފާނަށް ރައްޔިތުންގެ ތާއީދެއް ނެތްކަން އަނެއްކާވެސް އިތުރަށް މިވަނީ ހާމަވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން އައްޑޫ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރަކީ މުޅި ރާއްޖެ އަށް ދެއްކި މަތިވެރި ނަމޫނާ އެކެވެ. ރިޝްވަތުގެ ހުތުރު ފައިސާގެ ދަޅަޔަށް ނުހެއްލޭނެ ކަމާއި، ވަޒީފާގެ ބިރުދެއްކުމަކުން ކުޑަކަކޫ ނުޖަހާނެކަން އައްޑޫ ރައްޔިތުން ވަނީ ސާބިތުކޮށްދީފަ އެވެ. މީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނުފޫޒާ ދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނަފުރަތާއި، ރުޅިވެރިކަން ދައްކުވައިދޭ ވަރުގަދަ ހެއްކެކެވެ. އަދި މުޅި ޕީއެންސީ ގެ ލީޑަރޝިޕް ފެއިލް ވެފަވާކަމުގެ އަލިގަދަ ހެއްކެކެވެ.

ހަގީގަތް އޮޅުވާލަން ޕީއެންސީގެ ލީޑަރޝިޕުން ކިތަންމެ ހިއްވަރެއް ކުރިޔަސް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ.  އަދި ގަޔާ ވިޔަސް ނުވިޔަސް، ރުޅި އަޔަސް، ދެރަވިޔަސް، ހަސަދަވެރިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގައި އިންނަވާނީ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ޕީއެންސީއެމްޑީޕީއައްޑޫހިތަދޫ އުތުރު ބައި އިލެކްޝަންއަބްދުﷲް ސޯދިގް (ސޯބެ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާނަމަ ދަރަނި 90 ބިލިއަނަށް އެރުން އެކަށީގެންވޭ: ކުރީގެ ރައީސް ޔާމީން

08 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

ފިނޭންސް މިނިސްޓަރު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ދަރަނީގެ މައްސަލައިގައި: ކުރީގެ ރައީސް ނަޝީދު

08 ޖޫން 2026
އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

އޮޕޮޒިޝަނެއް ނެތްކަމަށް ރައީސް ވިދާޅުވިނަމަވެސް، ބާއްވާ ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރަމުންދަނީ ނެތްކަމަށް އެބުނާ އޮޕޮޒިޝަނުން: މާޒް

08 ޖޫން 2026
މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

މާޒް ސަލީމް: ވައްކަމުން ސަރުކާރު ހިންގިދާނެ ކަމަށް ރައީސް މުއިއްޒު އަށް ހީވިޔަސް އެއީ ކުށް ހީ އެއް

07 ޖޫން 2026
އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

އިތުބާރު ކެމްޕެއިން ސިޓީ ދަތުރުގެ ތިންވަނަ މަންޒިލް އައްޑޫ ސިޓީއަށް ރައީސް ސޯލިހު ވަޑައިގަންނަވައިފި

07 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު