Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާ

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް މަރުހަބާ ވިދާޅުވެ، އޭނާ މަޖިލީހާ ގުޅިވަޑައިގަތުމަކީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެ. ރައީސް ސޯލިޙު ވިދާޅުވީ ޖެހިޖެހިގެން އަންނަ އިންތިޚާބުތަކުން ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނަމުންދާ ކަމަށާއި، ސޯބެގެ މި ކާމިޔާބީއަކީ ގައުމަށާއި ޕާޓީއަށް މިވަގުތު ނުހަނު ބޭނުންތެރި ކަމެއް ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖޫން 2026 | ހޮނިހިރު 17:15
ސޯބެގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފަ.

ސޯބެގެ ކެމްޕެއިނަށް ރައީސް ސޯލިހު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފަ. | ރާއްޖެ އެމްވީ

އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް އަބްދުﷲ ސޯދިގު (ސޯބެ) އެމްޑީޕީ ޕީޖީ ގްރޫޕުގައި ކުރައްވާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ އިތުބާރު ކެމްޕޭނު ޓީމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުއްﷲ ސޯދިގަށް މަރުހަބާ ދެންނެވިއެވެ. ސޯބެގެ އެ ކާމިޔާބީއަކީ މިވަގުތަށް އެމްޑީޕީއާއި މި ގައުމަށްވެސް ނުހަނު ބޭނުން ވެފައި އޮތް ކަމެއް ކަމަށް ރައީސް ސޯލިޙު ވިދާޅުވިއެވެ.

ރައީސް ސޯލިޙު އިތުރަށް ވިދާޅުވީ، އިންތިޚާބަކަށްފަހު އިންތިޚާބެއްގައި ރައްޔިތުން އެދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގައި މިވަގުތު ތިއްބެވި މެމްބަރުންނަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. ވީއިރު، ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމަކީ އެ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިޙު ވަނީ އެންމެން ފަޚުރުވެރިވާ މަސައްކަތްތަކެއް ސޯބެ އެމްޑީޕީ ޕީޖީ ގްރޫޕުގައި ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވިދާޅުވެފައެވެ.

އިންތިޚާބަކަށްފަހު އިންތިޚާބެއްގައި ރައްޔިތުން އެދަނީ މި ސަރުކާރަށް ނޫނެކޭ ބުނަމުން، އެމްޑީޕީގައި މިވަގުތު ތިއްބެވި މެމްބަރުންނަށް އިތުރު އެހީތެރިކަން ބޭނުންވޭ، ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމަކީ ލިބޭނެ ވަރަށް ބޮޑު ބާރެއް، އެންމެން ފަޚުރުވެރިވާ މަސައްކަތްތަކެއް ސޯބެ އެމްޑީޕީ ޕީޖީ ގްރޫޕުގައި ކުރައްވާނެ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ސޯބެ ވަނީ ކުރިހޯއްދަވާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ހަތް ވޯޓު ފޮށިން އެމްޑީޕީ ގެ ކެންޑިޑޭޓް ސޯދިގު އަށް ލިބިފައިވަނީ 1375 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސައީދު އަށް ލިބިފައިވަނީ 1313 ވޯޓެވެ.

ޢަބްދުﷲ ޞާދިޤުއިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީހިތަދޫ އުތުރުޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

06 ޖޫން 2026

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު

06 ޖޫން 2026
ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު
06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
06 ޖޫން 2026

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ 6 ގަޑިއިރު

06 ޖޫން 2026
ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިނީ 6 ގަޑިއިރު
06 ޖޫން 2026

ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު

06 ޖޫން 2026
ރައްޔިތުން އެންމެ ހާލުގައި އުޅުނީ ދައުލަތަށް ރިކޯޑު އަދަދަކަށް އާމްދަނީ ލިބުނު 2 އަހަރު، ބަޖެޓު ޚަރަދު ކުރާ ގޮތެއް ނޭނގޭ: ޝަމްހީދު
06 ޖޫން 2026

ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު

06 ޖޫން 2026
ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް، ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން: ކުރީގެ ރައީސް ނަޝީދު
06 ޖޫން 2026

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

06 ޖޫން 2026
ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް
06 ޖޫން 2026

ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

06 ޖޫން 2026
ހިތަދޫ އުތުރު ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި
05 ޖޫން 2026

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
05 ޖޫން 2026

ރައީސް ސޯލިހު ފުވައްމުލައް ސިޓީ އަށް ވަޑައިގެންފި

05 ޖޫން 2026
ރައީސް ސޯލިހު ފުވައްމުލައް ސިޓީ އަށް ވަޑައިގެންފި
05 ޖޫން 2026

ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

05 ޖޫން 2026
ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު