Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕްގެ އެންމެ މޮޅު ލަނޑަކީ، އާޖެންޓީނާ ކޮޅަށް ކޭޕް ވާޑްގެ ލޯޕޭސް ކަބްރާލް ޖެހި ލަނޑު!

29 ޖުލައި 2026 | ބުދަ 06:40

ފީފާގެ ޕްރެސް އޮފީހުން ވޯޓުލުމުގެ ނަތީޖާ ހާމަކޮށްފައިވާ ގޮތުން، އުމުރުން 23 އަހަރުގެ ލޯޕޭސް ކަބްރާލް އާޖެންޓީނާ ކޮޅަށް ޖެހި ލަނޑު ވަނީ އެންމެ މޮޅު ލަނޑުގެ ގޮތުގައި ހޮވިފައި. އެއީ މުބާރާތުގެ ގަދަ 32 ވަނަ ބުރުގައި ކޭޕް ވާޑް އިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2026 | ބުދަ 06:40

މުބާރާތުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލޮޕޭސް ކަބްރާލް ޖެހި ލަނޑު | ސޯޝަލް މީޑިއާ

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ޖެހި އެންމެ މޮޅު ލަނޑަކީ، އާޖެންޓީނާ ކޮޅަށް ކޭޕް ވާޑްގެ ޑިފެންޑަރު ސިޑްނީ ލޯޕޭސް ކަބްރާލް ޖެހި ލަނޑު ކަމަށް ހޮވިއްޖެ އެވެ. 

ފީފާގެ ޕްރެސް އޮފީހުން ވޯޓުލުމުގެ ނަތީޖާ ހާމަކޮށްފައިވާ ގޮތުން، އުމުރުން 23 އަހަރުގެ ލޯޕޭސް ކަބްރާލް އާޖެންޓީނާ ކޮޅަށް ޖެހި ލަނޑު ވަނީ އެންމެ މޮޅު ލަނޑުގެ ގޮތުގައި ހޮވިފައި އެވެ. އެއީ މުބާރާތުގެ ގަދަ 32 ވަނަ ބުރުގައި ކޭޕް ވާޑް އިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެވެ. 

ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކޮށްފައި ވަނީ 3-2 އިންނެވެ. ކޭޕް ވާޑްގެ ފަރާތުން އާދަޔާ ޚިޔާލު ކުޅުމެއް އެ މެޗުގައި ފެނުނުއިރު، އާޖެންޓީނާ އަށް މެޗު ކާމިޔާބު ކުރެވުނީ އިތުރު ވަގުތުގެ ދެ ހާފުގައި ކުޅެގެންނެވެ. އެ މެޗުގައި ދެ ވަނަ ފަހަރަށް ކޭޕް ވާޑް އަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ލޯޕޭސް ކަބްރާލް ޖެހީ 103 ވަނަ މިނެޓުގައި އެވެ.

އާޖެންޓީނާ ކޮޅަށް ސިޑްނީ ލޯޕޭސް ކަބްރާލް ޖެހި ލަނޑު

އެންމެ މޮޅު ލަނޑުތަކުގެ ތެރޭގައި ދެން ހިމެނުނު އަނެއް ދެ ލަނޑަކީ އުޒްބެކިސްތާންގެ ފޯވާޑް އެލްޑޯ ޝޮމުރޮޑޮވް ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއި، ހައިޓީގެ ފޯވާޑު ވިލްސަން އިޒިޑޯ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެވެ. މިއީ މުބާރާތުގެ ތެރޭގައި ވަރަށް ގިނަ ބަޔަކަށް ސަމާލުކަން ލިބުނު ތިން ލަނޑެވެ. 

މުޅިން އަލަށް ވޯލްޑް ކަޕްގައި ވާދަ ކުރި ކޭޕް ވާޑް އިން ވަނީ މިފަހަރުގެ މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެފައި އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑް އިން ވަނީ ސްޕެއިންއާ އެއްވަރުކޮށްފައި އެވެ. ދެ ވަނަ މެޗުގައި އުރުގުއޭއާ އެއްވަރުކޮށް، ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ވެސް އެއްވަރު ކުރި އެވެ. ގަދަ 32 ގައި އާޖެންޓީނާ އަތުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް، ކޭޕް ވާޑްގެ ހިތްވަރަށް ގިނަ ބަޔަކު ތައުރީފު ވެސް ކުރި އެވެ. 

ފީފާ ވޯލްޑް ކަޕް 2026ކޭޕް ވާޑް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

28 ޖުލައި 2026

ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

28 ޖުލައި 2026
ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
28 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިންޗިޗް ރިޓަޔަރކޮށްފި

28 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިންޗިޗް ރިޓަޔަރކޮށްފި
27 ޖުލައި 2026

ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް

27 ޖުލައި 2026
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026
ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް
26 ޖުލައި 2026

ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ

26 ޖުލައި 2026
ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ
23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ

21 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް