Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގައި ބާކީ ހުރީ 22 އިންސައްތަ މިސައިލް: ޓްރަމްޕް

މި އަދަދަކީ މިއަހަރުގެ މެއި މަހު ޓްރަމްޕް ދެއްވި އަދަދަށް ވުރެ ބޮޑު އަދަދެއް. އެ ދުވަސްވަރު ޓްރަމްޕް ވިދާޅުވީ އީރާންގެ މިސައިލު ހަތިޔާރުގެ 18 އިންސައްތަ ހުރި ކަމަށް. އީރާންގެ ހަނގުރާމަ ކުރުމުގެ ބާރު ފުރިހަމަ އަށް ނައްތާލާފައިވާ ކަމަށް ޓްރަމްޕް ވަނީ މީގެ ކުިން އެކި ފަހަރު މަތިން ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2026 | ހޮނިހިރު 07:59
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާންގެ މިސައިލް ހަތިޔާރުގެ ބާކީ ހުރީ 21 އިންސައްތަ ނުވަތަ 22 އިންސައްތަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އިން ދިން ހަމަލާ ތަކުގެ ރައްދުގައި މިދިޔަ ދުވަސް ތަކުގައި އީރާން އިން މިސައިލް ހަމަލާ ތަކެއް ދީފައި ވަނިކޮށެވެ. 

މި އަދަދަކީ މިއަހަރުގެ މެއި މަހު ޓްރަމްޕް ދެއްވި އަދަދަށް ވުރެ ބޮޑު އަދަދެކެވެ. އެ ދުވަސްވަރު ޓްރަމްޕް ވިދާޅުވީ އީރާންގެ މިސައިލު ހަތިޔާރުގެ 18 އިންސައްތަ ހުރި ކަމަށެވެ. އީރާންގެ ހަނގުރާމަ ކުރުމުގެ ބާރު ފުރިހަމަ އަށް ނައްތާލާފައިވާ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ވިދާޅުވެފައި އެވެ. 

އީރާންގެ ސިފައިން ހުކުރު ދުވަހު ބުނީ ގަލްފް އޮފް އޮމާންގައި އެމެރިކާގެ ދެ އަމާޒަކަށް އިންޒާރުގެ މިސައިލު ތަކުން ހަމަލާ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސިފައިން ވަނީ އީރާންގެ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.

މީގެ ކުރިން ކުވެއިތުން ބުނެފައި ވަނީ، އީރާން އިން ފޮނުވާލި މިސައިލް ހަމަލާ ތަކުގެ ތެރެއިން 30 ބެލިސްޓިކް މިސައިލް ހުއްޓުވާފައިވާ ކަމަށެވެ. މިއީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސް ތަކަށް، ނުވަތަ އަމާޒު ތަކަށް ހަމަލާ ދިނުމުގެ ތެރެއިން އީރާން އިން ފޮނުވާލި މިސައިލް ތަކެކެވެ. 

މި ހަފްތާގައި އީރާން އިން ސަރަހައްދަށް ދިން ހަމަލާ ތަކުގެ ތެރޭގައި މިސައިލު ހަމަލާތައް ހިމެނޭ އިރު، މިއީ ހަނގުރާމަ އަށްހުއްޓުމެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ހިނގާފައިވާ ކަމެކެވެ. އީރާންގެ މިފަދަ އަމަލު ތަކުން ސަރަހައްދުގެ ސުލްހަ އަމާން ކަމަށް ބޮޑެތި ނުރައްކާ ތަކެއް ކުރިމަތިވާ ކަމަށް ބައެއް ފަރާތް ތަކުން ބުނެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

06 ޖޫން 2026

ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"

06 ޖޫން 2026
ޓްރަމްޕް: އިރާނުގެ އާ ލީޑަރާ ބައްދަލުކުރުމަކީ "ޝަރަފެއް"
06 ޖޫން 2026

ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި

06 ޖޫން 2026
ވަކި މަންފާއެއް ހޯދުމަށް އީރާން އިން ލުބުނާން ބޭނުން ނުކުރާ ކަމަށް ވިދާޅުވެ، އަރާގްޗީ ރައްދު ދެއްވައިފި
06 ޖޫން 2026

ސަރަހައްދުގައި ހުރި ދުޝްމަނުންގެ ބޭސް ތަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

06 ޖޫން 2026
ސަރަހައްދުގައި ހުރި ދުޝްމަނުންގެ ބޭސް ތަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
04 ޖޫން 2026

ދުޝްމަނުން މަސައްކަތް ކުރަނީ ބައިބައި ކުރަން، ޤައުމީ އެއްބައިވަންތަކަން އިސް ކުރަން ޖެހޭ: އީރާންގެ ރޫހީ ލީޑަރު

04 ޖޫން 2026
ދުޝްމަނުން މަސައްކަތް ކުރަނީ ބައިބައި ކުރަން، ޤައުމީ އެއްބައިވަންތަކަން އިސް ކުރަން ޖެހޭ: އީރާންގެ ރޫހީ ލީޑަރު
04 ޖޫން 2026

ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް

04 ޖޫން 2026
ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު