Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

ޓްރަމްޕްގެ ޗެކަޕްއާ ގުޅޭ ގޮތުން ވައިޓް ހައުސް އިން އިތުރު ތަފްސީލެއް ދީފައި ނުވާއިރު، ކުރިއަށް އޮތް ދުވަސް ތަކުގައި ޗެކަޕްގެ ޚުލާސާއެއް ޓްރަމްޕްގެ ޑޮކްޓަރު ތައްޔާރު ކުރާނެ ކަމަށް ބެލެވޭ. ނަމަވެސް، އެ ރިޕޯޓުން ހާމަ ކުރާނީ ކިހާ މައުލޫމާތެއް ކަމެއް ނިންމާނީ ވައިޓް ހައުސް އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2026 | ބުދަ 10:11
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އަންގާރަ ދުވަހު ހެއްދެވި ޞިއްޙީ ޗެކަޕް ވަރަށް ފުރިހަމަ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އަންގާރަ ދުވަހު ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލް އަށް ވަޑައިގެން ޗެކަޕެއް ފުރިހަމަ ކުރެއްވުމަށް ފަހު އެވެ. ޗެކަޕް އަށް ފަހު ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވަނީ، ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ އަދި ރަނގަޅު ކަމަށެވެ. އަދި ވައިޓް ހައުސް އިން ވެސް ވަނީ ޓްރަމްޕްގެ ފޮޓޯއެއް ހިއްސާކޮށް، "ފުރިހަމަ ޞިއްޙަތެއް" މިހެން ޖަހައިފަ އެވެ. 

މިއީ އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ޓްރަމްޕްގ ޗެކަޕެއް ހެއްދެވި ތިން ވަނަ ފަހަރަވެ. ޓްރަމްޕްގެ އަތުގައި ނޫފައިގެންފައި ހުންނަ ނިޝާން ތަކާއި، ލޭ ގަނޑުވެފައި ހުންނަ ނިޝާންތައް ފެންނަމުން ދާއިރު، އެތައް ބަޔަކު ވަނީ ޓްރަމްޕްގެ ޞިއްޙީ ޙާލު ކޮޅާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

ޓްރަމްޕްގެ ޗެކަޕްއާ ގުޅޭ ގޮތުން ވައިޓް ހައުސް އިން އިތުރު ތަފްސީލެއް ދީފައި ނުވާއިރު، ކުރިއަށް އޮތް ދުވަސް ތަކުގައި ޗެކަޕްގެ ޚުލާސާއެއް ޓްރަމްޕްގެ ޑޮކްޓަރު ތައްޔާރު ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، އެ ރިޕޯޓުން ހާމަ ކުރާނީ ކިހާ މައުލޫމާތެއް ކަމެއް ނިންމާނީ ވައިޓް ހައުސް އިންނެވެ. 

އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ދުވަހު އޭނާ ހެއްދެވީ ހަ މަސް ދުވަހުގެ ޗެކަޕެއް ކަމަށެވެ. ނަމަވެސް، މެއި މަހުގެ ކުރީ ކޮޅު ވައިޓް ހައުސް އިން ބުނެފައި ވަނީ، ޓްރަމްޕް ހޯއްދަވަނީ ދަތުގެ ފަރުވާއެއް ކަމަށާއި، ދެން ހައްދަވަނީ ޞިއްޙީ ޗެކަޕެއް ކަމަށެވެ. 

އެންމެ ފަހުން ޓްރަމްޕް އަހަރީ ޗެކަޕެއް ހައްދަވާފައި ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް، އެ އަހަރުގެ އޮކްޓޫބަރު މަހު ޓްރަމްޕް ވަނީ އަނެއްކާ ވެސް ހޮސްޕިޓަލް އަށް ވަޑައިގެންފަ އެވެ. އެ ފަހަރު ވެސް ވައިޓް ހައުސް އިން ބުނީ އެއީ އަހަރީ ޗެކަޕެއް ކަމަށެވެ. 

ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ އަށް އިޙުސާސް ކުރެވެނީ އުމުރު މިހާރު ހުރީ 50 އަހަރުގައި ކަމަށެވެ. ޓްރަމްޕް އަކީ ކެއުމުގައި ވަރަށް ގިނައިން ކޯކު ބޭނުން ކުރައްވާ ބޭފުޅެއް ކަމަށާއި، ވަރަށް ގިނައިން ފާސްޓް ފުޑް ބޭނުން ކުރައްވާ ބޭފުޅެއް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. އެ ރިޕޯޓުތައް ކޮށްފައި ވަނިކޮށް ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ އަށް ފަހަކަށް އައިސް ޖަންކް ފުޑް ވަރަށް ކަމުދާ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާވައިޓް ހައުސް

އިތުރަށް ކިޔާލަން

27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
27 މެއި 2026

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

27 މެއި 2026
ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ
26 މެއި 2026

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

26 މެއި 2026
ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ
26 މެއި 2026

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

26 މެއި 2026
13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު