Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އޮބާމާގެ 850 މިލިއަން ޑޮލަރުގެ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވަނީ

ގާތް ގަނޑަކަށް 850 މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްގެން ބިނާކުރި މި މަރުކަޒަކީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކަށްޓަކައި ބިނާކުރި އެންމެ އަގު ބޮޑު އަދި އެންމެ ބޮޑު ބިނާ. 70 މީޓަރުގެ އުސް މި އިމާރާތަކީ އޮބާމާގެ ވެރިކަމުގެ ހަނދާން ތަކާއި، އޭނާގެ ފަލްސަފާ ދައްކުވައިދޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 06:17
ޗިކާގޯގެ ސައުތު ސައިޑްގައި ބިނާކުރި "އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު".

ޗިކާގޯގެ ސައުތު ސައިޑްގައި ބިނާކުރި "އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު". | ރޮއިޓާސް

އެމެރިކާގެ 44 ވަނަ ރައީސް ބަރަކް އޮބާމާގެ ޝަރަފުގައި ޗިކާގޯގެ ސައުތު ސައިޑްގައި ބިނާކުރި "އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު" ހުޅުވުމަށް ތައްޔާރު ވެއްޖެ އެވެ.

ގާތް ގަނޑަކަށް 850 މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްގެން ބިނާކުރި މި މަރުކަޒަކީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކަށް ޓަކައި ބިނާކުރި އެންމެ އަގު ބޮޑު އަދި އެންމެ ބޮޑު ބިނާއެވެ. 70 މީޓަރުގެ އުސް މި އިމާރާތަކީ އޮބާމާގެ ވެރިކަމުގެ ހަނދާން ތަކާއި، އޭނާގެ ފަލްސަފާ ދައްކުވައިދޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ.

މި ބިނާގެ ފަރުމާ އަށް ބަލާއިރު، މިއީ ވަރަށް ތަފާތު އަދި ބައެއް މީހުންގެ ފާޑު ކިޔުންތައް އަމާޒު ވެފައިވާ އިމާރާތެކެވެ. ކުޑަ ދޮރުތައް މަދު، ގްރެނައިޓް ހިލައިން ބިނާ ކޮށްފައިވާ މި ޓަވަރު ބައެއް މީހުން ސިފަ ކުރަނީ ސައިންސް ފިކްޝަން ފިލްމު ތަކުން ފެންނަ "ކްލިންގޮން ޖަލެއް" ނުވަތަ ބަންކަރެއްގެ ގޮތުގައި އެވެ. އާކިޓެކްޓް ބިލީ ސިއެން ވިދާޅުވި ގޮތުގައި، މި އިމާރާތް ފަރުމާ ކުރުމުގައި އޮބާމާ އަމަލީ ގޮތުން ވަރަށް ބޮޑަށް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޮބާމާ ބޭނުންފުޅުވީ މިއީ އުންމީދުގެ ދަތުރު ދައްކުވައިދޭ "ބީކަން" އެއްގެ ގޮތުގައި ފެންނާށެވެ.

މި މަރުކަޒުގެ ފާރުތަކުގައި އޮބާމާގެ މަޝްހޫރު ބަސްފުޅުތައް ކަނޑައި ނެގިފައިވާއިރު، މީގެ ތެރޭގައި ސެލްމާ މާޗުގެ 50 ވަނަ އަހަރީ ދުވަހު އޭނާ ދެއްވި ތަގުރީރުގެ ބައިތައް ހިމެނެ އެވެ. 19 އޭކަރުގެ މި ކެމްޕަހުގައި ހަތަރު އިމާރާތެއް ހިމެނެ އެވެ.

އޮބާމާ ސެންޓަރުގައި، އޮބާމާ އާއި މިޝޭލް އޮބާމާ ދައްކުވައިދޭ ބިނާއެއް.
އޮބާމާ ސެންޓަރުގައި، އޮބާމާ އާއި މިޝޭލް އޮބާމާ ދައްކުވައިދޭ ބިނާއެއް.

އޭގެ ތެރޭގައި އޮޑިޓޯރިއަމް އަކާއި، ކެފޭ އަކާއި، ޗިކާގޯ ޕަބްލިކް ލައިބްރަރީގެ ގޮފި ތަކުގެ އިތުރުން، އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ވައިޓް ހައުސްގެ ބަގީޗާ އިން އިންސްޕިރޭޝަން ހޯދައިގެން ހަދާފައިވާ ބަގީޗާ ތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ހިމެނެ އެވެ. މީގެ އިތުރުން އެންބީއޭ ފެންވަރުގެ ބާސްކެޓު ބޯޅަ ކޯޓެއް ވެސް މިތަނުގައި ވަނީ ގާއިމު ކޮށްފައި އެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ފިޒިކަލް އަރުޝީފެއް ނުވަތަ ފޮތް ތަކެއް ނެތް ފުރަތަމަ ޑިޖިޓަލް ޕްރެޒިޑެންޝަލް ލައިބްރަރީ އެވެ. މިތަން ހިންގަނީ ސަރުކާރުގެ ނޭޝަނަލް އާކައިވްސް އިން ނޫން ކަމަށާއި، އެއީ އޮބާމާގެ އަމިއްލަ ފައުންޑޭޝަނުން ހިންގާ ތަނެއް ކަމަށް ވާތީ ބައެއް ތާރީޚު އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. 30 ޑޮލަރުގެ ޓިކެޓެއް ގަނެގެން ވަދެވޭ މި މަރުކަޒުގައި އޮބާމާގެ ދެމަފިރިންގެ ހަޔާތުގެ ދަތުރާއި، ސިވިލް ރައިޓްސް ހަރަކާތް ތަކާއި، ވައިޓް ހައުސްގެ އޯވަލް އޮފީހުގެ ފުލް-ސްކޭލް ރެޕްލިކާއެއް ވެސް ބަލައި ލެވޭނެ އެވެ.

އޮބާމާގެ ބަސްފުޅު ތަކުގެ ތެރެއިން ކަންކަމަށް ނަޒަރު ހިންގާލެވޭ 'ސްކައި ރޫމް'.
އޮބާމާގެ ބަސްފުޅު ތަކުގެ ތެރެއިން ކަންކަމަށް ނަޒަރު ހިންގާލެވޭ 'ސްކައި ރޫމް'.

މި މަޝްރޫއާ ގުޅިގެން ޗިކާގޯގެ އާންމުންގެ މެދުގައި ބޮޑެތި ބަހުސް ތަކެއް ވަނީ އުފެދިފައި އެވެ. ޚާއްސަކޮށް ތާރީޚީ ޖެކްސަން ޕާކުގެ ބައެއްގައި މި އިމާރާތް އެޅުމުން ތިމާވެށި ރައްކާތެރި ކުރާ ފަރާތް ތަކުން ދައުވާތައް އުފުލާފައިވެ އެވެ. އަދި މި ބިނާގެ ސަބަބުން އެ ސަރަހައްދުގެ ކުލި ބޮޑުވެ، އާމްދަނީ މަދު އާއިލާ ތަކަށް ދިރިއުޅެން ދަތި ވެދާނެ ކަމުގެ ބިރު ވެސް ވަނީ އުފެދިފައި އެވެ.

އޮބާމާ ފައުންޑޭޝަން އިން ބުނާ ގޮތުގައި މި މަރުކަޒުގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދަށް 3.1 ބިލިއަން އެމެރިކާ ޑޮލަރުގެ ކުރިއެރުމެއް ލިބިގެންދާނެ އެވެ.

މަސްދަރު: ދި ގާޑިއަން

އެމެރިކާބަރަކް އޮބާމާއޮބާމާ ޕްރެޒިޑެންޝަލް ސެންޓަރުއޮބާމާ ފައުންޑޭޝަން

އިތުރަށް ކިޔާލަން

04 ޖޫން 2026

ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް

04 ޖޫން 2026
ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް
30 މެއި 2026

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

30 މެއި 2026
ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި
30 މެއި 2026

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

30 މެއި 2026
ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް
30 މެއި 2026

އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި

30 މެއި 2026
އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި
28 މެއި 2026

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު