Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

އެކަމާ ގުޅިގެން ޓްރަމްޕްގެ "ޓްރުތް ސޯޝަލް" މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަހުސްގެ ތެރޭގައި ބައިޑަން އަށް ވީ ގޮތެއް ނޭނގޭ ކަމަށް ޖިލް ބައިޑަން އެންމެ ފަހުން އެއްބަސް ވެފައިވާ ކަމަށް. އަދި ބައިޑަން އަށް ސްޓްރޯކެއް ޖެހުނީ ކަމަށް ހީވި ނަމަވެސް، ރަނގަޅު އަތްބަކު އަމަލު ކުރާނެ ފަދައިން ސްޓޭޖް މައްޗަށް އަރައި ފިރިކަލުންނަށް އެހީތެރިވެފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 06:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަދި ކުރީގެ ރައީސް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑަން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަދި ކުރީގެ ރައީސް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑަން. | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް މަލާމާތް ކުރައްވައިފި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، 2024 ވަނަ އަހަރު އޮތް ރިޔާސީ ބަހުސްގެ ތެރެއިން ބައިޑަން އަށް ސްޓްރޯކެއް ޖެހުނުހެން ހީވި ކަމަށް ޖިލް ބައިޑަން ވިދާޅުވުމާ ގުޅިގެންނެވެ. ވައިޓް ހައުސްގައި ހޭދަ ކުރެއްވި ދުވަސްތަކާ ގުޅޭ ގޮތުން ޖިލް ބައިޑަން ލިޔުއްވާފައިވާ ފޮތް "ވިއު ފްރޮމް ދަ އީސްޓް ވިންގް" އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ދަތުރު ތަކުގައި، އޭނާ ވަނީ ބައިޑަންގެ ރިޔާސީ ކެމްޕެއިން ހުއްޓާލަން މަޖުބޫރުވި ބަހުސްގެ ވާހަކަތައް ދައްކަވާފައި އެވެ.

 އެކަމާ ގުޅިގެން ޓްރަމްޕްގެ "ޓްރުތް ސޯޝަލް" މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަހުސްގެ ތެރޭގައި ބައިޑަން އަށް ވީ ގޮތެއް ނޭނގޭ ކަމަށް ޖިލް ބައިޑަން އެންމެ ފަހުން އެއްބަސް ވެފައިވާ ކަމަށެވެ. އަދި ބައިޑަން އަށް ސްޓްރޯކެއް ޖެހުނީ ކަމަށް ހީވި ނަމަވެސް، ރަނގަޅު އަތްބަކު އަމަލު ކުރާނެ ފަދައިން ސްޓޭޖް މައްޗަށް އަރައި ފިރިކަލުންނަށް އެހީތެރިވެފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު.
ޓްރުތު ސޯޝަލްގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ބައިޑަންގެ ހާލަތު ގޯސްވުމުގެ ކުރިން އޭނާ ދައްކަވަމުން ގެންދެވި މޮޅު ކުޅަދާނަ ކަމުގެ ވާހަކަ ޖިލް ބައިޑަން ފާހަގަ ނުކުރައްވާ ކަމަށެވެ. ޓްރަމްޕް ގަބޫލު ކުރައްވާ ގޮތުގައި ބައިޑަން އަށް އެ ދުވަހު އެހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ ޓްރަމްޕްގެ ވަރުގަދަ ކުރިމަތިލުމުގެ ސަބަބުންނެވެ. ޖިލް ބައިޑަންގެ މި ހާމަ ކުރުންތަކާ އެކު، އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ތައްޔާރު ވަމުންދާ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އަނެއްކާ ވެސް ބައިޑަންގެ އުމުރާ ގުޅޭ ބަހުސްތައް ވަނީ ހޫނުވެފައި އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޓްރަމްޕާ ދެކޮޅަށް ބޭއްވި އެ ބަހުސްގައި، އޭރު އުމުރުން 81 އަހަރުގެ ބައިޑަން އަށް ވާހަކަ ދެއްކުމުގައި އުނދަގޫ ތަކެއް ކުރިމަތިވެ، އަނގަ ހުޅުވައިގެން ބަލަހައްޓައިގެން ހުންނެވި މަންޒަރު ފެނިފައިވެ އެވެ. ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޖިލް ބައިޑަން ވިދާޅުވީ، އެ މަންޒަރު ފެނުމުން ބައިޑަން އަށް ސްޓްރޯކެއް ޖެހުނީ ކަމަށް ހީވެ ވަރަށް ބޮޑަށް ބިރުގަތް ކަމަށެވެ. އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އޭނާގެ ފޮތުގައި، ބައިޑަން އަށް އޮޅިގެން ނިދާ ބޭހެއް ނުވަތަ ކޯޑިން ހުންނަ ކެއްސާ ބޭހެއް ބޭނުން ކުރެވުނީތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.

ބަހުސް ނިމުނު ވަގުތު ޖިލް ބައިޑަން ވަނީ އާންމުންގެ ކުރިމަތީގައި ބައިޑަން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އެ ވަގުތު އޭނާ ވިދާޅުވީ ބައިޑަން ހުރިހާ ސުވާލަކަށް ވަރަށް ފުރިހަމަ އަށް ޖަވާބު ދެއްވި ކަމަށާއި، ހުރިހާ ހަގީގަތް ތަކެއް ސާފު ކޮށްދެއްވި ކަމަށެވެ.

ނަމަވެސް އައު ފޮތުގައި ލިޔުއްވާފައިވާ ގޮތުން، ބަހުސްގައި ކަންތައް ދިޔައީ ގޯސްކޮށްތޯ ބައިޑަން ސުވާލު ކުރެއްވުމުން، ކަންތައް ދިޔައީ ގޯސްކޮށް ކަމަށް ޖިލް ބައިޑަން އެއްބަސްވެ ވަޑައިގަތެވެ. މި ހާދިސާ ތަކަށް ފަހު ޖޯ ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެން، ނައިބު ރައީސް ކަމަލާ ހެރިސް އަށް ފުރުސަތު ދެއްވާފައި އެވެ. އެހެން ނަމަވެސް އިންތިޚާބުގައި ކަމަލާ ހެެރިސް ވަނީ ޓްރަމްޕްއާ ވާދަ ކުރައްވާ ބަަލިވެފަ އެވެ.

އެމެރިކާޖޯ ބައިޑަންިޖިލް ބައިޑަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

30 މެއި 2026

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި
30 މެއި 2026

އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި

30 މެއި 2026
އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި
28 މެއި 2026

ޖިލް ބައިޑަން: ބަހުސްގައި ޖޯއަށް ސްޓްރޯކެއް ޖެހެނީ ކަމަށް ހީވި

28 މެއި 2026
ޖިލް ބައިޑަން: ބަހުސްގައި ޖޯއަށް ސްޓްރޯކެއް ޖެހެނީ ކަމަށް ހީވި
28 މެއި 2026

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި
28 މެއި 2026

ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި

28 މެއި 2026
ޓްރަމްޕްގެ އިންޒާރަށް ފަހު، އެމެރިކާ އިން އީރާން އަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު