Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާ އިން ކުރިއަށް ގެންދިޔަ މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު މަރާލައިފި

އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި އޮޕަރޭޝަން ހިންގާފައި ވަނީ ކަނޑު މަގުން މަސްތުވާ ތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ކުރިއަށް ގެންދާ މަސައްކަތް ތަކުގެ ތެރެއިން ކަމަށް. އަދި ހަމަލާދިން އުޅަނދަކީ މަސްތުވާ ތަކެތީގެ ވަގުފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވަމުން ދިޔަ އުޅަނދެއްކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 05:47
އެމެރިކާގެ ކަނޑުގެ އަސްކަރީ އުޅަނދެއް.

އެމެރިކާގެ ކަނޑުގެ އަސްކަރީ އުޅަނދެއް. | ރޮއިޓާސް

އިރުމަތީ ޕެސިފިކް ކަނޑުގެ ސަރަހައްދުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ އޮޕަރޭޝަނެއްގައި ބައިވެރިވި އުޅަނދަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ހަމަލާދީ، އެ އުޅަނދުގައި ތިބި ތިން މީހަކު މަރާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ހާމަ ކޮށްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހު ކަމަށް ރޮއިޓާސް ނިއުސް އެޖެންސީ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި އޮޕަރޭޝަން ހިންގާފައި ވަނީ ކަނޑު މަގުން މަސްތުވާ ތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ކުރިއަށް ގެންދާ މަސައްކަތް ތަކުގެ ތެރެއިން ކަމަށެވެ. އަދި ހަމަލާދިން އުޅަނދަކީ މަސްތުވާ ތަކެތީގެ ވަގުފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވަމުން ދިޔަ އުޅަނދެއްކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައިވެ އެވެ.

މި ހާދިސާގައި މަރުވި ތިން މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން، ނުވަތަ އެއީ ކޮން ބައެއްކަން އެމެރިކާގެ އަސްކަރިއްޔާ އިން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. މީގެ އިތުރުން، އެ އުޅަނދުން އަތުލައި ގަނެވުނު މަސްތުވާ ތަކެތީގެ ބާވަތާއި އަދި މިންވަރާ ގުޅޭ އިތުރު ތަފްސީލެއް ވެސް މިހާތަނަށް އާންމު ކޮށްފައި ނުވެ އެވެ.

އިރުމަތީ ޕެސިފިކް ސަރަހައްދަކީ ދެކުނު އެމެރިކާގެ ގައުމު ތަކުން އުތުރު އެމެރިކާ އަށް މަސްތުވާ ތަކެތި އެތެރެ ކުރުމަށް ވަގުފާރިވެރިން އާންމުކޮށް ބޭނުން ކުރާ މަގަކަށް ވުމާއެކު، އެމެރިކާގެ ކޯސްޓުގާޑާއި އަސްކަރިއްޔާ އިން އެ ސަރަހައްދުގައި އަބަދު ވެސް ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދެ އެވެ. މިފަދަ އޮޕަރޭޝަން ތަކުގައި ބައެއް ފަހަރު ކުރިމަތިލުންތައް ހިނގައި މީހުން މަރުވުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ކުރަން ޖެހޭ އިތުރު ތަހުގީގުތައް އެމެރިކާގެ ކަމާ ބެހޭ އިދާރާ ތަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި މި އޮޕަރޭޝަންއާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަ ކުރާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާއިރުމަތީ ޕެސިފިކްޑްރަގް އޮޕަރޭޝަން

އިތުރަށް ކިޔާލަން

28 މެއި 2026

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި
27 މެއި 2026

އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް

27 މެއި 2026
އަހަރެންގެ ޞިއްޙީ ޗެކަޕް ވަރަށް "ފުރިހަމަ": ޓްރަމްޕް
27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
27 މެއި 2026

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

27 މެއި 2026
ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް
26 މެއި 2026

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

26 މެއި 2026
13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު